
ސްޕެއިންގެ އައު ފުޓްބޯޅަ ސީޒަނުގައި ރެއާލް މެޑްރިޑް ކުޅޭ ފުރަތަމަ މެޗު ފަސްކޮށްދޭން އެ ކުލަބުން ސްޕެނިޝް ލީގުގައި އެދުނު ނަމަވެސް، އެކަން ކޮށްދެވެން ނެތް ކަމަށް އަންގައިފިއެވެ. ރެއާލްއިން މި ގޮތަށް އެދުނީ މިހާރު އެމެރިކާގައި ކުރިއަށް ދާ ކުލަބު ވޯލްޑް ކަޕުގައި ރެއާލް މެޑްރިޑް ކުޅުމުގެ ސަބަބުންނެވެ. މުބާރާތުގެ ސެމީ ފައިނަލާ ހިސާބުން އެ މުބާރާތް ނިންމާލި ރެއާލް އިން ބޭނުންވަނީ 21 ދުވަހު ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދީފައި އިތުރު 21 ދުވަހު ފަރިތަކުރުމަށް ފަހު ސީޒަން ފަށާނެވެ. ނަމަވެސް ލަލީލާގެ ރައީސް ހާވިއާ ޓެބާސް ވިދާޅުވީ ރެއާލް މެޑްރިޑަށްވުރެ ފަހުން ކުލަބު ވޯލްޑްކަޕު ނިންމާ ކުލަބުތަކުގެ ލީގު ވެސް ފަސް ނުކުރާ ކަމަށެވެ.
“(ފައިނަލަށް ގޮސްފައިވާ ދެ ޓީމު) ޗެލްސީ އާއި ޕީއެސްޖީގެ މެޗުތައް ވެސް ފަހެއް ނުކުރޭ. ދެން އަނެއްކާ މި ކަމަކީ (ކުލަބު ވޯލްޑް ކަޕުގައި ކުޅުމަކީ) ސްޕެނިޝް ލީގާ ބެހޭ ކަމެއް ނޫން. ރެއާލްއިން ރާވައިވާ ޕްލޭނަށް ބަލާއިރު އެ މީހުންނަށް ލީގު ފަށާ ދުވަސް މިހާރު އޮތް ގޮތުން މަދުވަނީ އެންމެ ދުވަހެއް. އަހަރެންނަކަށް ހިޔެއް ނުވޭ އެންމެ ދުވަހެއް މަދުވެގެން އެ މީހުން އޮސަސޫނާ އަތުން ބަލިވެދާނެހެން،” ޓެބާސް ބުންޏެވެ. ޓެބާސް އަލީ ކުލަބު ވޯލްޑް ކަޕުގެ ފޯމެޓާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އޭނާގެ އިތުރުން ވަރަށް ގިނަ ކޯޗުންނާއި ކުޅުންތެރިން ވެސް 32 ޓީމު ބައިވެރިކޮށްގެން އެއް މަސް ދުވަހަށް އޮފް ސީޒަނުގައި މި މުބާރާތް ކުޅުމާ ދެކޮޅެވެ. ސްޕޭނުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރެއާލް ކުޅެން ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އޮސަސޫނާއާ ދެކޮޅަށެވެ. ނަމަވެސް ރެއާލްއިން މެޑްރިޑުން ވިސްނަނީ އެ ތާރީހުގައި މެޗުތައް ފަށައިފިނަމަ އެ ކުލަބުގެ ކުޅުންތެރިންނަށް އަރާމު ކުރަން ލިބޭ ވަގުތު މަދުވާނެ ކަމަށެވެ.
ރެއާލްއިން ނިންމާފައިވަނީ ކުލަބު ވޯލްޑް ކަޕް ނިމުމަށް ފަހު ކުޅުންތެރިންނަށް އަރާމު ކުރަން ތިން ހަފުތާ ދިނުމަށެވެ. އަދި އާ ސީޒަނުގެ ފުރަތަމަ މެޗުގެ ކުރިން ތިން ހަފުތާގެ ޕްރީ ސީޒަނަށް ފުރިހަމަ ކުރުމަށެވެ. ޓެބާސް ވަނީ 32 ޓީމު ބައިވެރިކޮށްގެން އޮފް ސީޒަނުގައި ކުޅެމުންދާ ކުލަބު ވޯލްޑް ކަޕަށް މީގެ ކުރިން ވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އޭނާ ބުނެފައިވަނީ މި ފަދަ ގޮތަކަށް އިތުރު ކުލަބު ވޯލްޑްކަޕެއް ބޭއްވުނަ ނުދޭން މަސައްކަތް ކުރާނެ ކަމަށާއި މި މުބާރާތުގެ ސަބަބުން ކޮންމެ ގައުމެއްގެ ލީގަށް ވެސް ބުރޫ އަރަމުންދާ ކަމަށެވެ. އަދި ތާރީހުތައް ވަކި ގޮތަކަށް މާ ކުރިން ހަމަޖައްސާފައި އޮންނައިރު އެކަންކަން ބަދަލު ކުރުމަކީ ފޫ ނުބެދޭ ގެއްލުންތަކެއް ވަމުންދާ ކަމެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
