
އެމެރިކާއަށް ވެރިވެފައިވާ ހޫނުގައި މެޗުތައް ކުޅުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ޗެލްސީގެ ކެޕްޓަން އެންޒޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ މިހެން ބުނީ ފީފާ ކުލަބު ވޯލްޑް ކަޕް ފައިނަލުގައި އާދީއްތަ ދުވަހުގެރޭ ފްރާންސާއި ޔޫރަޕުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އުމުރުން 24 އަހަރުގެ ޒުވާން ކުޅުންތެރިޔާ ބުނީ ޗެލްސީ މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗު ކުޅުނީ އާދަޔާ ހިލާފު ގަދަ ހޫނެއްގައި ކަމަށެވެ. އަދި އެއީ މޫސުމާ ބެހޭ ފަރާތްތަކުން ނުރައްކާތެރިކަން އޮތް ވަރުން ބޭރަށް ނުކުމެ ނޫޅުމަށާއި އެ ހޫނުގައި މަސައްކަތް ނުކުރުމަށް އެދިފައިވާ ވަގުތެއް ކަމަށެވެ. އެމެރިކާގެ ނިއުޖާޒީގައި އާދިއްތަ ދުވަހު ފައިނަލް މެޗު ކުޅޭއިރު ހޫނުމިން ހުންނާނެ ކަމަށް ބެލެވެނީ 38 ޑިގްރީގަ އެވެ.
މި ސަބަބަކާ ހުރެ ޗެލްސީގެ ކޯޗު ވެސް ވަނީ ހޫނު ގަދަ ކަމުން ރަނގަޅަށް ޕްރެކްޓިސް ނުކުރެވޭ ކަމަށް ބުނެފަ އެވެ. “މި މުބާރާތުގައި ކުޅުމަކީ ވަރަށް ނުރައްކާ ކަމެއް. މެޗު ބަލަން އަންނަ ސަޕޯޓަރުންނަށް ވެސް އަދި އަހަރުމެން ކުޅޭ ކުޅުންތެރިންނަށް ވެސް މި ހޫނުގައި ކުޅުމަމީ ނުރައްކާތެރި ކަމެއް. މި ހޫނުގައި ގޭމުގެ ސްޕީޑް ވަރަށް ދަށް،” އެންޒޯ ބުންޏެވެ. އޭނާ އަދި ބުނީ ބައެއް މެޗުތަކުގައި ދަނޑުމަތީގައި އޭނާ ވެސް އޮށޯންނަނީ ގައިން ވަރު ހުސްވެގެން ކަމަށާއި ބައެއް ފަހަރު އެއީ ފެއިންޓްވުން ފަދަ ކަމެއް ކަމަށެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކުޅެނުން އަންނަ ކުޅުންތެރިޔާ ބުނީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކުޅޭ ގައުމުތަކުން ވެސް މި ކަމަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ފީފާއިން ވެސް މިއަށްވުރެ ފިނި ވަގުތުތަކަށް މެޗުތައް ބަދަލު ކުރަންޖެހޭ ކަމަށެވެ. ކުލަބު ވޯލްޑް ކަޕުގެ މެޗުތައް ރާވާފައިވަނީ ޔޫރަޕާއި އެފްރިކާގެ ގައުމުތަކަށް މެޗުތައް ފަސޭހައިން ބަލާލެވޭނެ ވަގުތުތަކަށް ވިސްނައިގެންނެވެ. ހޫނުގަދަ ވަގުތުތަކަށް ބައެއް މެޗުތައް ދިމާވެފައިވަނީ މި ސަބަބާ ހުރެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
