
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ ފަޚުރުވެރި 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ވަނީ އަރިސްކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށެވެ. އަދި ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށް، އެފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް ވަނީ ޝުކުރު ދަންނަވާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ، ލޮބުވެތި ދިވެހިރައްޔިތުންނަށް އަރިސްކުރަން.
ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް.
ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި… pic.twitter.com/9XihA12pmX
— Dr Mohamed Muizzu (@MMuizzu) July 12, 2025
ޤައުމީ ކުތުބުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަރުޝީފެވެ. ތަފާތު ވައްތަރުގެ ފޮތްތަކާއި ދިވެހިންގެ ތާރީޚް އެނގިގެންދާނެ އެކި ފޮތްތައް މި ކުތުބުޚާނާއިން ލިބެން އެބަހުއްޓެވެ. ކުރިން ކުޑަތަނެއްގެ ގޮތުގައި ހިންގަމުން އައި މި ކުތުބުޚާނާގެ ޖާގަބޮޑުކޮށް ކުރިން ނުލިބޭ އެތައް ޚިދުމަތްތަކެއް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ. ޤައުމީ ކުތުބުޚާނާ އުފައްދާފައިވަނީ 1940 ގެ އަހަރުތަކުގެ ތެރޭގައެވެ. އެއީ ރާއްޖެ މިނިވަން ދައުލަތަކަށް ބަދަލުވުމުގެވެސް އެތައް އަހަރެއް ކުރިންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ ބިންގާ އެޅީ 12 ޖުލައި 1945 ގައެވެ. އޭރުގެ އެޑިއުކޭޝަން ޑިޕާޓްމަންޓް ގެ އިސްވެރިޔަކަށް ހުންނެވި މުޙައްމަދު އަމީން ދީދީ ބިންގާ އަޅުއްވައިދެއްވި މި ޢިމާރާތައް އޭރު ނަން ދީފައިވަނީ ސްޓޭޓް ލައިބްރަރީ ގެ ނަމުންނެވެ.
މިހާރު ބޭނުންކުރަމުންދާ ޤައުމީ ކުތުބުޚާނާގެ ނަމަށް ރަސްމީގޮތުން އެ ނަން ބަދަލުކުރީ 1982 ވަނަ އަހަރުއެވެ. އެހެންކަމުން މިއަދު ފާހަގަކުރަމުން މިދަނީ ޤައުމީ ކުތުބުޚާނާއަށް 80 އަހަރު ފުރޭ ދުވަހެވެ. ޤައުމީ ކުތުބުޚާނާ ވެފައިވަނީ ދިވެހިބަހުގެ ފޮތްތަކުގެ އެންމެ މުއްސަނދި އެއް އަރުޝީފަށެވެ. އެތަނުގައި 10،000 އަށްވުރެ ގިނަ ދިވެހިބަހުގެ ފޮތް އެބަހުއްޓެވެ. ކުތުބުޚާނާއެއްގެ ޚިދުމަތް އެންމެ ފުރަތަމަ ދިވެހިންނަށް ތަޢާރަފްވެގެން ދިޔައީ އައްޝައިޚް ޙުސެއިން ޞަލާޙުއްދީން، ފަނޑިޔާރެއްގެ ގޮތުގައި ހުންނެވިއިރު، ފަނޑިޔާރު ގޭގައި އެމަނިކުފާނު ބެހެއްޓެވި ފޮތްހަރުގަނޑެއްގެ ސަބަބުންނެވެ. އެފޮތްހަރުގަނޑުގައި ބޮޑަށް ހިމަނާފައިވަނީ ހުޞައިން ޞަލާޙުއްދީންގެ ދަރިވަރެއްކަމަށްވާ ފެލިދޫ، އައްޝައިޚް ޙުސައިން، ގެ ފިޤުހު ފޮތްތަކެވެ.

ޤައުމީ ކުތުބުޚާނާގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ޤައުމީ ކުތުބުޚާނާގެ ގޮފިތަކުން މީހުންނަށް މަޢުލޫމާތު އިތުރުކޮށްދީ، ޢިލްމީ އަދި ބިނާކުރަނިވި މުޖުތަމަޢެއް އުފެއްދުމެވެ. ފޮތްތަކުގެ އިތުރުން އެކިއެކި އިޖްތިމާޢީ މައްސަލަތަކާބެހޭ ފޮތްތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ބެހޭ ލިޔުންތަކާއި، ނޫސްމަޖައްލާތައް ޤައުމީ ކުތުބުޚާނާގައިވެއެވެ. މީގެ އިތުރުން، އިނގިރޭސިބަހާއި، ޢަރަބި ފޮތްތަކާއި، އުރުދޫ ބަހުން ލިޔެފައިވާ ފޮތްތައްވެސް ޤައުމީ ކުތުބުޚާނާއިން ކިޔާލަން ލިބޭނެއެވެ.
ޤައުމީ ކުތުބުޚާނާގައި ސްކޫލް ދަރިވަރުންނަށް ޢަމާޒުކޮށްގެން އެކި މާއްދާތަކަށް ޚާއްޞަ ފޮތްތަކެއްވެސް ލިބެން އެބަހުއްޓެވެ. މީގެ ތެރޭގައި ދިވެހިބަހާއި އަދަބިއްޔާތާއި، ތާރީޚާއި، ހިސާބު ޢިލްމާއި، ތިމާވެށީގެ ޢިލްމުގެ އިތުރުން ފިލޯސަފީއާއި އާޓްގެ ދާއިރާ ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
