
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ކުޅުންތެރިން ކުރިއެރުވުމަށްޓަކައި ބޭރުގެ ގައުމުތަކަށް ފޮނުވައިގެން ތަމްރީނުކުރުމަކީ ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. “ޕީއެސްއެމް ނިއުސް” އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ކުޅިވަރު ތަރައްޤީކުރުމަށް ގިނަ ދާއިރާތަކަކުން ވިސްނަވަމުންގެންދަވާކަމަށެވެ. މިގޮތުން ދިވެހި ކުޅުންތެރިންނަށް އެހެން ގައުމުތަކުގެ ކުޅުންތެރިންނާ ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމާއި އެހެން ގައުމުތަކަށް ގޮސް ބޭރުގެ ކުޅުންތެރިންނާއެކު ތަމްރީނުތައް ހަދާ އެކުޅުންތެރިންގެ ކުޅުން ވަޒަންކޮށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މިދިޔަ ޖޫންމަހު ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކޮށް މުބާރާތުގެ ފަޚުރުވެރި ދެވަނަ ހޯދި 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ ވަޒީރު ވިދާޅުވީ އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ނެޓްބޯޅަވެސް ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވިސްނުންފުޅު ގެންގުޅުއްވާކަމަށެވެ. “މިއަހަރު ކުރީކޮޅުގައިވެސް އަޅުގަނޑުމެން ނެޓްބޯޅަ ޓީމާ ވާހަކަދައްކާފަ އޮންނާނެ އިތުރަށް އެކްސްޕޯޝަރ ދިނުން. އަޅުގަނޑުމެންނަށްވުރެ މޮޅު ޓީމުތަކާ އެއްކޮށް ގިނައިން ކުޅުން. އެއީ ކަންނޭނގެ އެންމެ ބޮޑަށް މި އެކްސްޗޭންޖް ޕްރޮގްރާމު އަޅުގަނޑުމެން ކުރިއަށް ގެންދިއުން. އެހެން ގައުމުތަކުގެ ޓީމުތަކާ ކުޅެ، އަދި އަޅުގަނޑުމެންގެ ދުރުވިސްނުމަކީ އަޅުގަނޑުމެންގެ ޕްލެޔަރުން އެހެން ގައުމުތަކަށް ފޮނުވައިގެން ތަމްރީނުކުރުން. އެއީ ހަމަ ހުރިހާ ކުޅިވަރުތަކަކަށްވެސް އަޅުގަނޑުމެން އުންމީދުކުރާ އެއްކަމަކީ” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިދެންނެވި ދެގޮތަށްވެސް ހުނަރު ބަދަލުކުރުމުގެ ޕްރޮގްރާމުތައް އިތުރުކުރުމާ ކުޅިވަރު ކުޅޭ ކުދިން އެހެން ގައުމުތަކަށް ސްކޮލަރޝިޕުގެ ގޮތުގައި ނަމަވެސް ފޮނުވައިގެން އިތުރަށް ތަމްރީނުކުރުމަކީ ސަރުކާރުގެ ދުރުރާސްތާ ޕްލޭނެއްކަމަށެވެ. އަދި ކުޅިވަރުތައް ތަރައްގީކުރުމަށް ކޯޗުންގެ އެހީތެރިކަން ހޯދުމަކީ ކުޅިވަރު އިތުރަށް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާވާފައިވާ ޕްލޭނުގައި ހިމެނޭ ކަންކަންކަމަށް ކުޅިވަރު ވަޒީރު ހާމަކުރެއްވިއެވެ. “މި ދެގޮތަށްވެސް އަޅުގަނޑުމެން ޓެލެންޓު އެކްސްޗޭންޖު ޕްރޮގްރާމު އިތުރުކުރުމާ އަދި ކުޅިވަރުކުޅޭ ކުދިން، ނެޓްބޯލް ކުޅޭ ކުދިން އެހެން ގައުމުތަކަށް ފޮނުވައިގެން އެއީ ސްކޮލަރޝިޕްގެ ގޮތުގައި ނަމަވެސް ފޮނުވައިގެން އިތުރަށް ތަމްރީނުކުރުން. ދެންހަމަ އެއާއެކު ކޯޗުންގެ އެހީތެރިކަން އިތުރަށް ފުޅާކޮށްގެން ގެންދިއުން. އެހެންވީމާ މިކަހަލަ ބައިވަރު ކަންތައްތަކެއް ކުރަން އެވާހަކަ ދެކެވެމުން އެކަން ކުރަމުން އެބަދޭ” ކުޅިވަރުތައް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ދިގުރާސްތާ ޕްލޭނާ ގުޅޭގޮތުން ވަޒީރު ވިދާޅުވެފަވެއެވެ.
އެހެންކަމުން ސަރުކާރުގެ އަމާޒަކީ މިހާރު ކުރެވިފައިވާ ޕްލޭނާ އެއްގޮތަށް ކަންކަން ފަހިކޮށް، ކުޅިވަރުގެ ދާއިރާއިން ގިނަގުނަ ކާމިޔާބީތަކެއް ގައުމަށް ހޯދައިދިނުންކަމަށް ވަޒީރު ހާމަކުރެއްވިއެވެ. ސަރުކާރުގެ އުންމީދަކި ހުރިހާ ކުޅިވަރެއްވެސް ތަރައްޤީކޮށް އެތުލީޓުންނަށް ކުރިއެރުން ލިބޭނެ އެންމެހާ ދާއިރާތަކުން އެފުރުސަތުތައް ހޯދައިދިނުންކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
