
ނޮޓިންހަމް ފޮރެސްޓަށް ކުޅެމުން އައި އެންތޮނީ އެލަންގާ، 55 މިލިޔަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގެ ދަށުން ނިއުކާސަލް ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. ސްވިޑަން އަށް އުފަން އުމުރުން 23 އަހަރުގެ އެލަންގާ ނޮޓިންހަމް ފޮރެސްޓް އާއި ގުޅިފައިވަނީ 2023 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑް އިންނެވެ. އަދި ނިމިގެންދިޔަ ސީޒަނުގައި އެލަންގާ ވަނީ ނޮޓިންހަމް ފޮރެސްޓްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ފަސްވަނަ މަގާމް މިދިޔަ ސީޒަނުގައި ހޯދުމަށްފަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފައިވާ ނިއު ކާސަލް ޔުނައިޓެޑް އިން ދަނީ އެ ކްލަބް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ ސީޒަނުގައި އެލަންގާ ވަނީ ނޮޓިންހަމް ފޮރެސްޓަށް ހަ ލަނޑު ޖަހައިދީ އިތުރު 11 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެލަންގާ ނިއު ކާސަލް އަށް ގެންދިއުމަށްފަހު އެ ޓީމުގެ ކޯޗު އެޑީ ހޯވޭ ބުނެފައިވަނީ އެލަންގާ އަކީ އެ ޓީމަށް ގެންނަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކުޅުންތެރިއެއް ކަމަށާއި އަދި އޭނާ އެ ކްލަބަށް ސޮއި ކުރުމުން އެކަމާ އުފާ ކުރާ ކަމަށެވެ.
އެލަންގާ ނޮޓިންހަމް ފޮރެސްޓްގައި ބަހައްޓަން އެ ކްލަބުން ބޭނުންވި ނަމަވެސް 15 މިލިއަން ޕައުންޑަށް މީގެ ދެ އަހަރު ކުރިން ގަތް ކުޅުންތެރިއަކު ހޯދުމަށް 50 މިލިއަން ޕައުންޑުގެ ހުށައެޅުމެއް ލިބުމުން އެ ހުށައެޅުން ދޫކޮށްލުމަކީ އުނދަގޫ ކަމަކަށް އެ ކްލަބަށް ވަނީ ވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
