
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު ޗެލްސީއަށް ކުޅެމުން އަންނަ ނޮނީ މަޑުއެކޭ އާސެނަލްއަށް ބަދަލުވާން އުޅޭ ވާހަކަ ފެންމަތިވުމާއެކު، އެ ޓީމުގެ ސަޕޯޓަރުން އެކަމާ ދެކޮޅަށް ކެމްޕޭނެއް ފަށައިފިއެވެ. އުމުރުން 23 އަހަރުގެ އިންގްލެންޑްގެ މިޑްފީލްޑަރ, މަޑުއެކޭ އާސެނަލް އަށް ގެންދިއުމަށް 50 މިލިއަން ޕައުންޑުގެ ފީއެއް އާސެނަލް އިން ހުށައަޅާފައިވާއިރު ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ފަހު އޭނާ އާސެނަލް އާއި ގުޅޭނެކަމަށް ވަނީ ރިޕޯޓްތައް ބުނެފަ އެވެ. ނަމަވެސް އެކަމާއި ދެކޮޅަށް އާސެނަލްގެ ސަޕޯޓަރުން ވަނީ ޕެޓިޝަނެއް ހަދާ ސޯޝަލް މީޑިޔާ ޕްލެޓް ފޯމެއް ކަމުގައިވާ އެކްސްގައި “ނޯޓުމަޑުއެކޭ” ގެ ނަމުގައި ކެމްޕޭނެއް ފަށާފަ އެވެ. އަދި މި ޕެޓިޝަނުގައި މިހާތަނަށް ހަތަރު ހާސް މީހުން ސޮއިކޮށްފައިވާކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
މަޑުއެކޭ ޗެލްސީ އަށް ކުޅުނު 92 މެޗުގައި ޖުމްލަ 20 ލަނޑު ޖަހާފައިވާއިރު އޭނާ ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށްވެސް ކުޅެފަ އެވެ. އާސެނަލްގެ ސަޕޯޓަރުން މަޑުއެކޭ އެ ކްލަބަށް ގެނައުމާއި ދެކޮޅަށް ކެމްޕޭނެއް ފަށާފައިވާއިރު ފާއިތުވެދިޔަ ދުވަސްތަކުގައި އާސެނަލް އިން ވަނީ ޗެލްސީގެ ހަ ކުޅުންތެރިއަކު ގެންގޮސްފަ އެވެ. އަދި މި ސީޒަނުގައި އެންމެ ފަހުން ގެންގޮސްފައިވަނީ ގޯލުކީޕަރު ކެޕާ އެވެ. އާސެނަލްގެ ބައެއް ސަޕޯޓަރުން ބުނެފައިވާ ގޮތުގައި މަޑުއެކޭ ގެނައުމީ އެ ކްލަބުން ކުރާ ބޭކާރު ޚަރަދެކެވެ. އަދި އާސެނަލްގައި މިހާރުވެސް އޭނާ ކުޅޭ މަގާމަށް ކުޅޭ ރަގަޅު ކުޅުންތެރިންތަކެއް އެބަތިއްބެވެ. އެހެންކަމުން އެ މަގާމަށް އިތުރު ކުޅުންތެރިން ހޯދާނަމަ ގެންނަންވާނީ އަގުހެޔޮ ކުޅުންތެރިންނެވެ.
މަޑުއެކޭ ހޯދުމަށް އާސެނަލް އިން މަސައްކަތް ކުރަމުންދާއިރު މީގެ ކުރިން އެ ކްލަބުން ވަނީ ރެއާލް މެޑްރިޑްގެ ރޮޑްރިގޯ ހޯދުމަށްވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ކަމުގައި އެ ކްލަބަށް ކުރި ލިބޭ ގޮތްވަނީ ނުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
