
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މީޑިއާތަކުން މައުލޫމާތު ފަތުރާއިރު އެހެން ގައުމުތަކާ އެކު އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެއީ ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސިފަކުރައްވައިފި އެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ “މިނިވަން ދިވެހިރާއްޖެ” ޑޮކިއުމަންޓްރީ ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މީޑިއާތަކުން ވާހަކަތައް ގެނެސްދޭއިރު ވަރަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން އެބަ ހުރި ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މައުލޫމާތެއް ފޯރުކޮށްދޭއިރު އެ މައުލޫމާތެއްގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ކަންކަމަށް ބުރޫއަރާނެ ފަދަ ހާލަތެއް އޮތް ނަމަ، އެ ވާހަކައެއް ނުދައްކާ ބާއްވަން ޖެހޭ ކަމަށެވެ.
އެކަމަކު ރާއްޖޭގެ ހިންގުމުގައި އެކުރާ ދަތުރުގައި ފެނިވަޑައިގަތީ ގައުމުތަކާ އެކު އޮންނަ ގުޅުންތައް ހީނަރުވާ ފަދަ މައުލޫމާތު ވެސް މީޑިއާތަކުން ފޯރުކޮށްދިން މަންޒަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. “އަޅުގަނޑުމެންގެ ސިޔާދަތީ ކަންތައްތަކަށް ނުފޫޒު ނޫނިއްޔާ ސިޔާދަތީ ކަންތައްތަކަށް ބުރޫއަރާ ޒާތުގެ ވާހަކައެއް ވިއްޔާ އެ ވާހަކައެއް ޖެހޭނެ އަޅުގަނޑުމެންގެ އަމިއްލަ ގައުމަށްޓަކާ އަޅުގަނޑުމެންގެ ނަފްސަށްޓަކާ ބާއްވާލަން،” އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވި އެވެ. ހަލީލް ވިދާޅުވީ އެފަދަ ވާހަކަތައް މީޑިއާތަކުން ގެނެސްދޭ ނަމަ، އެ ދެވެނީ ގައުމަށް ހަމަލާއެއް ކަމަށާއި އެއީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި ހަލީލް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމާ ގުޅޭ ގޮތުން ބޭރުގެ ގައުމަކާ ގުޅުވާފައި ޖަހާފައި އޮތް ހެޑްލައިނެއްގެ ވާހަކަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ހެޑްލައިންތަކުގެ ސަބަބުން ރާއްޖެއާ މެދު އެހެން ގައުމުތަކުން އޮންނަ ޝައުގުވެރިކަމަށް ބުރޫއަރަ އެވެ. އެފަދަ އަމަލުތަކަކީ އަމިއްލަ އަތުގައި އޮންނަ ފުރޮއަކުން އަމިއްލަ ފައިގައި ޖެހުން ކަހަލަ ކަމެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވި އެވެ. “މި ޒާތުގެ ކަންކަން ކުރާ ނަމަ، ރާއްޖެއާ ދޭތެރޭގައި އެކިއެކި ފަރާތްތަކުން އޮންނަ ޝައުގުވެރިކަމަށް އެބަ ބުރޫއަރާ. ކޮށްގެން ނުވާނެ އެކަމެއް. އެއީ އަމިއްލަ އަތުގައި އޮންނަ ފުރޮއިން ފައިގައި ޖެހުން ކަހަލަ ކަމެއް މިކުރަނީ،” އޭނާ ވިދާޅުވި އެވެ. މައުލޫމާތު ފޯރުކޮށްދޭއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވަމުން ހަލީލް ވިދާޅުވީ ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަންވާނީ ބޭރު ގައުމުތަކަށް ގޮސް ރާއްޖެ ތަމްސީލުކުރާ ވަގުތުގައި ވެސް ޕޮޒިޓިވް ކަންކަން ފެތުރުމަށް ކަމަށެެވެ. އެފަދަ ދަތުރުތަކުގައި އެ ގައުމުތަކަށް ދައުވަތުދީ ރާއްޖެ އައިސް ކަންކަން ދިރާސާ ކުރުމާއި ކަންކަން ރަނގަޅުކުރުމަށް އެހީވުމަށް ކަމަށް ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ ބައެއް ގައުމުތަކަށް ދިވެހިން ގޮސް، ރާއްޖެއާ ގުޅޭ ސައްހަ ނޫން މައުލޫމާތު ފޯރުކޮށްދިނުމުގެ ސަބަބުން ވެސް ރާއްޖެއަށް ގެއްލުންވަމުންދާ ކަމަށެވެ. އެހެންވެ ހަލީލް ސުވާލު އުފެއްދެވީ ގައުމު ހިންގުމުގައި ނެތް ވަގުތެއްގައި އެފަދަ ކަންކަން ކުރާ ނަމަ، އެ ފަރާތްތަކުން ކުރާ ނަމަ، އެމީހުންގެ ހިތުގައި ރާއްޖެއާ މެދު ހަމަ ހަގީގަތުގައި ވެސް ލޯބި އޮތްތޯ އެވެ. ހަލީލް ވިދާޅުވީ ގައުމިއްޔަތު ފެށިގެން އަންނަނީ އެ މީހަކާ ހިސާބުން ކަމަށް ވިސްނައި، ގައުމިއްޔަތު ދިރުވުމުގައި މަސައްކަތްކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
