
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ގައުމުގެ ކުރިމަތި އާރާސްތުކުރުމަށް ޒުވާނުންނަށް ފުރުސަތުތައް ހޯއްދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބާގައި އެމަނިކުފާނު “އެކްސްގައި” ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކުޑަކުދިންގެ ފަރުވާ ހަރުދަނާކޮށް، ތައުލީމާއި ސިއްހީ ފުރުސަތުތައް ފަހިވެފައިވާ މާހައުލެއް ޒުވާނުންނަށް ގާއިމްކޮށްދިނުމަށް ކަމަށެވެ.
“ކައުންސެލިންނާއި ދަރިމައިވުމުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމުގައި ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ.” ރައީސް ވިދާޅުވިއެވެ.
As we commemorate #WorldPopulationDay, let us reflect on the importance of ensuring equal opportunity and well-being for all. By 2062, one-fifth of the Maldivian population is projected to be over the age of 65. In light of this, this administration remains dedicated to shaping a…
— Dr Mohamed Muizzu (@MMuizzu) July 11, 2025
ދިވެހި އާބާދީއާ ގުޅޭ ހަރުދަނާ ސިޔާސަތުތައް އެކުލަވާލަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ދޮށީ އުމުރުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް ޒުވާނުން ތައްޔާރުކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.
ދުނިޔޭގެ އާބާދީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 11 ވަނަ ދުވަހުގައެވެ. މިއަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ “އިންސާފުވެރި އުންމީދީ މާހައުލެއްގައި އާއިލާތައް ބިނާކުރުމުގެ ފުރުސަތު ޒުވާނުންނަށް ހޯދައިދިނުން” މި ޝިއާރެވެ. މި ދުވަސް ވާހަކަވަނީ ބަވަނަވަމުންދާ ދުނިޔޭގައި ދިމާވަމުންދާ ގިންޖެހުންތަކާއި ބޮޑެތި އާބާދީތަކުން ކުރިމަތިލާނެ މަގުތައް ފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
