
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިއްހީ ގިނަ ދިރާސާތަކެއް ހައްދަވައި، ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް، ޑރ. އިބްރާހިމް މުސްތަފާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް “އެކްސް”ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ތައުލީމީ ގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 2012 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ، އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައް ކުރެއްވުމުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުގައި ވެސް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. އިބްރާހީމް މުސްތަފާ އަވަހާރަވުމުގެ ހިތާމައިގައި، މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
ރައީސް ވަނީ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް، މާތްﷲ މިންވަރު ކޮށްދެއްވުން އެދި ދުއާ ދަންނަވައިފައެވެ. އައްޑޫ ސިޓީ، ހުޅުދޫއަށް އުފަން ޑރ. އިބްރާހިމް މުސްތަފާ އަވަހާރަވެފައިވަނީ ރޭގެ ވަގުތެއްގައި އިންޑިއާގެ ކޮޗިންގައެވެ. އޭނާ އަވަހާރަވިއިރު، އުމުރަފުޅަކީ 57 އަހަރެވެ. އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވެފައިވާ ޑރ. އިބްރާހިމް މުސްތަފާ ކޮޗިންއަށް ގެންދިޔައީ އިތުރު ފަރުވާއަށެވެ. ނަމަވެސް އޭނާ ފަރުވާ ހޯއްދަވަމުން ގެންދެވީ ކޮން ބައްޔަކަށް ކަމެއް އެނގިފައެއް ނުވެއެވެ.
އޭނާ އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ ހަޔާ ކޮލެޖް އޮފް ޓެކްނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ބަޔޯމެޑިކަލް ސައިންސްގެ މަގާމުގައެވެ. އޭނާ އަކީ ކެނެޑާގެ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާއިން ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ ތެލެސީމިއާގެ ގިނަ ދާއިރާތަކުން ވެސް ދިރާސާތަކެއް ހައްދަވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
