
(ފޮޓޯ ކްރެޑިޓްްސް: ތިނަދޫ ސިޓީ ކައުންސިލް)
ތިނަދޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާއި ގާޑިޔާތަކުން ލިބެންޖެހޭ ފައިސާއާއި އާއި ކުނި ފީގެ ގޮތުގައި ކައުންސިލް އިދާރާއަށް ލިބެންޖެހޭ 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާ ކަމަށް ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮންޕްލަޔަންސް އޮޑިޓުން ހާމަވެއްޖެއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮންޕްލަޔަންސް އޮޑިޓުގައިވާ ގޮތުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާއި ގާޑިޔާތަކުން ލިބެންޖެހޭ ފައިސާއާއި އަދި ކުނި ފީގެ ގޮތުގައި ކައުންސިލުގެ އިދާރާއިން ތައްޔާރުކޮށްފައިވާ ނުލިބި ހުރި ފައިސާގެ ރިޕޯޓުގައި ހިމެނޭ ރުފިޔާއާއި ރިޕޯޓުގައި ހިމަނާފައި ނުވާ ރުފިޔާއާއެކު ޖުމްލަ 7،537،672 ރުފިޔާ 31 ޑިސެންބަރު 2023ގެ ނިއަލަށް ލިބިފައި ނުވެއެވެ.
މީގެ ތެރޭގައި ހިމެނެނީ ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާއި ގާޑިޔާތަކުން ލިބެންޖެހޭ ފައިސާއާއި އަދި ކުނި ފީގެ ގޮތުގައި ކައުންސިލުގެ އިދާރާއިން ތައްޔާރުކޮށްފައިވާ ނުލިބި ހުރި ފައިސާގެ ރިޕޯޓުގައި ހިމެނޭ 7،077،681 ރުފިޔާއާއި މިރިޕޯޓުގައި ހިމަނާފައި ނުވާ 459،991 ރުފިޔާއެވެ. މިފައިސާގެ ތެރޭގައި ނުލިބި ގިނަދުވަސްވެފައިވާ ފައިސާ ހުރިއިރު މިފައިސާތައް ހޯދުމަށް ބައެއް ފަރާތްތަކަށް ސިޓީ ފޮނުވާފައިވީނަމަވެސް މީގެތެރެއިން ގިނަ ފަރާތްތަކާމެދު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް، އެފިޔަވަޅުތައް އަޅަންޖެހޭ މަރުހަލާގައި އަޅާފައި ނުވާކަމަށް މިރިޕޯޓުގައިވަނީ ހާމަކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ތިނަދޫ ސިޓީ ކައުންސިލް)
މީގެ އިތުރުން ކައުންސިލްގެ އިދާރާއިން ކޮށްފައިވާ ދަތުރުތަކުގައި ހުރުމުގެ ޚަރަދުގެ ގޮތުގައި ދޭންޖެހޭ ވަރަށްވުރެ އިތުރަށް 49،800 ރުފިޔާ ދޫކޮށްފައިވުމާއި، މިދަތުރުތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ޚަރަދުތަކަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން 59،300 ރުފިޔާގެ ބިލުތައް ކައުންސިލްގެ އިދާރާއަށް ހުށަހަޅާފައި ނުވާކަމަށްވެސް ކޮންޕްލަޔަންސް އޮޑިޓްގައިވަނީ ހާމަކޮށްފައެވެ. އަދި ދައުލަތުގެ އާމްދަނީގެ ގޮތުގައި 2023ވަނަ އަހަރުގެ ނިއަލަށް ކައުންސިލްގެ އިދާރާއަށް ލިބިފައިވާ 175،859 ރުފިޔާ ކޮންޕްލަޔަންސް އޮޑިޓް ކުރި ތާރީޚް ކަމަށްވާ 27 ފެބުރުއަރީ 2024ގެ ނިއަލަށް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށްވެސްވަނީ ބަޔާންކޮށްފައެވެ.
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮންޕްލަޔަންސް އޮޑިޓުގައި ސިވިލް ސަރވިސް ކޮމިޝަންގެ ހުއްދަ ނުހޯދައި ބިޑް އިވެލުއޭޝަން ކޮމިޓީއާއި ބިޑް ކޮމިޓީގެ މެމްބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި 4 އެޕްރީލް 2022 އިން 31 ޑިސެންބަރު 2023ގެ ނިއަލަށް 148،750 ރުފިޔާ ދީފައިވާކަންވަނީ ހާމަވެފައެވެ.
ތިނަދޫ ކައުންސިލްގެ އިދާރާ ސިޓީ ކައުންސިލްގެ އިދާރާއަކަށް ބަދަލުވުމުގެ ކުރިން އޮކްޓޫބަރު 2023ގައި ތިނަދޫ ކައުންސިލްގެ 7 މެންބަރުންނަށް ސިޓީ ކައުންސިލް މެންބަރުންނަށް ކަނޑައަޅާފައިވާ ރޭޓުގައި އެމަހުގައި މުސާރަ ދިނުމުގެ ސަބަބުން އިތުރަށް 118،210 ރުފިޔާ ދީފައިވެއެވެ. އަދި މި ޖުލައިމަހުގެ 7ގެ ނިއަލަށް ކައުންސިލްގެ 7 މެންބަރުންގެ ތެރެއިން 4 މެންބަރަކަށްދީފައިވާ 70،024 ރުފިޔާ އަނބުރާ ކައުންސިލްގެ އިދާރާއަށް ދައްކާފައިނުވާކަން ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮންޕްލަޔަންސް އޮޑިޓުގައިވަނީ ހާމަކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
