
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ ނިޔަލަށް، ވިލިމާލޭ ހޮސްޕިޓަލުގެ ވަގުތީ އިމާރާތުގެ ސެޓަޕްގެ މަސައްކަތް ނިމި ޚިދުމަތްތައް ބަދަލުކުރެވިގެންދާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. ވިލިމާލޭ ހޮސްޕިޓަލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ވަގުތީގޮތުން ހޮސްޕިޓަލުގެ ޚިދުމަތްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ ހިޔާ ހިންގި ޢިމާރާތުގައެވެ. ވިލިމާލޭ ހޮސްޕިޓަލުގައި 100 އެނދުގެ ހޮސްޕިޓަލެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެގޮތުން މިހޮސްޕިޓަލުގެ ޢިމާރާތާއި އަދި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުންނެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މި މަޝްރޫޢުގެ ފީސިބިލިޓީގެ މަސައްކަތް ނިމި މިހާރު އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި ހޮސްޕިޓަލް ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، ހޮސްޕިޓަލު ހުރި ބިމާއި ވަށައިގެންވާ ސަރަޙައްދުވެސް ހިމެނޭހެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“އަޅުގަނޑުމެން ކުރާ މަސައްކަތަކީ ވިލިމާލޭގައި މިހޮސްޕިޓަލު ހެދުމަށް މިހާރު ހުރި ހޮސްޕިޓަލް ތަޅާލުމަށްފަހުވެސް ވިލިމާލޭގައި ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން. މިގޮތުން ހޮސްޕިޓަލް ސެޓަޕް ޤާއިމުކުރުމަށް އަޅުގަނޑުމެނަށް ކުރީގެ ކުޑަކުދިންގެ ހިޔާ ހުރި ދެޢިމާރަތުގެ ތެރެއިން އެއް ޢިމާރާތާއި ވަށައިގެންވާ ބިންވަނީ ހަމަޖައްސަވާދެއްވާފައި.” ސީއީއޯ ވިދާޅުވިއެވެ. ވިލިމާލޭ ހޮސްޕިޓަލު ވަގުތީގޮތުން ކުރީގެ ކުޑަކުދިންގެ ހިޔާ ހުރި ޢިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. މިގޮތުން ސީއީއޯ ވިދާޅުވީ، މިކަމަށް ބޭނުންވާ ކުރެހުންތަކުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
އެގޮތުން އިންޓީރިއާއަށް ގެނަންޖެހެނީ ކޮންކަހަލަ ބަދަލުތަކެއްކަން ދެނެގަނެ އެތަނުގެ ފްލޯ ޕްލޭނާއި އީއާރް ޤައިމުކުރުމުގެ ޕްލޭނިންގ މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވިއެވެ. އަދި އުއްމީދަކީ ވިލިމާލޭ ހޮސްޕިޓަލް ޤާއިމުވުމާއި ހަމައަށް މަޑުނުކޮށް މިހާރު ދޭ ޚިދުމަތްތަކާއި އަދި އިތުރު ޚިދުމަތްތަކާއި، އެޑްމިޓްކޮށްގެން ފަރުވާދެވޭނެ ނިޒާމަކާއެކު ވިލިމާލޭގައި ވަގުތީ ހޮސްޕިޓަލެއް ޤާއިމުކުރުންކަމަށް ސީއީއޯ ވިދާޅުވިއެވެ. މިމަސައްކަތް ނިންމާ މިއަހަރު ނިމުމުގެ ކުރިން ޚިދުމަތް އެތަނުގައި ފެށުމަކީ އަމާޒެއްކަމަށްވެސް ވިދާޅުވިއެވެ.
ވިލިމާލޭ ހޮސްޕިޓަލު ތަރައްޤީކުރުމަށް މިހާރު ހުރި ހޮސްޕިޓަލް ތަޅާލާ އެތަނުގެ ޢަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
