
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް)
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ ކޮންމެ ކަމަކީ ވަރަށް ރަނގަޅަށް ތަރުތީބުކުރެވި، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެގޮތަށް ދިނުމަށް ތައްޔާރުވަމުން އަންނަ ޚިދުމަތްތަކެކެވެ. އައު ޓަރމިނަލްގެ ޚިދުމަތް ފެށުމަށް ދެ ހަފްތާއަށް ވެފަވާއިރު، ޕަސެންޖަރުންނަށް އެއްވެސް ދަތިކަމެއް ދިމާނުވާނެގޮތަށް، ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ގެންދެވޭނެގޮތަށް އެމްއޭސީއެލްއާއި، އައު ޓަރމިނަލުގައި ފުރަތަމަ ޚިދުމަތްދޭން ފަށާ އެއަރލައިން، މޯލްޑިވިއަންގެ ސްޓާފުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
ވަކި ތާވަލަކަށް ބަހާލައިގެން އައު ޓަރމިނަލްގެ ޚިދުމަތްތައް ތަޖުރިބާކުރުމުގެ ޓްރަޔަލްތަކެއް ވަނީ ފަށާފައެވެ. މި ޕްރޮސެސްގައި ފުރަތަމަ ކުރިއަށްގެންދިޔައީ އެކިއެކި ޚިދުމަތްދޭ މުވައްޒަފުން، އައު ޓަރމިނަލްގެ ޚިދުމަތް ރޭވިފައިވާގޮތާއި، އަދި ޚިދުމަތްތައް ޓަރމިނަލްގެ އެތެރޭގައި ބެހިފަވާގޮތަށް ފަރިތަކުރުމަށް ކުރިއަށްގެންދިޔަ މަޢުލޫމާތުދިނުމުގެ ސެޝަންތަކާ އަދި ތަމްރީންތަކެވެ. އެގޮތުން އެކި ޚިދުމަތްތައް ދޭ ސްޓާފުން ޓަރމިނަލްއަށް ގެންގޮސް، މި މަސައްކަތްތައް އެއަރޕޯޓްގެ އޮރާޓް ޓީމުން ކޮންމެ ދުވަހަކުވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ. މިހާރު މިވަނީ ޚިދުމަތްތަކުގެ ފައިނަލް ޓްރަޔަލްތައް ފަށާފައެވެ. މިއީ ޚިދުމަތްދޭ ރިއަލްޓައިމްގައި ނުވަތަ ޚިދުމަތުގެ ވަގުތުގައި ޓަރމިނަލްތެރޭގެ ކަންކަން ހިނގާނެ ގޮތް ތަޖުރިބާކުރުމުގެ ބައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ފުރަތަމަ ދުވަހު ކުރިއަށްގެންދިޔައީ، މޯލްޑިވިއަންގެ ކައުންޓަރުން ޗެކިންވުމާއި ޕެސެންޖަރުންނަށް ބޯޑިން ޕާސް ދޫކުރުމާއި، ލަގެޖު ލޭންޑްލިންއަށް ފޮނުވުމާ ގުޅޭ މަސައްކަތްތަކެވެ. ޓްރަޔަލްގެ ދެވަނަ ދުވަހު މިވަނީ، ބޯޑިން ގޭޓްތަކުގައި ޢަމަލުކުރާނެގޮތާ އަދި ބެގޭޖް ހޭންޑްލިންގައި މެޝިންތައް ބޭނުންކުރުމާ އަދި ސްޓާފުން މަސައްކަތްތައް ކުރިއަށްގެންދާނެގޮތް ތަޖުރިބާކޮށްފައެވެ. އެގޮތުން ގިނަ އަދަދެއްގެ ޕެސެންޖަރުންނަށް އެއްފަހަރާ ޚިދުމަތް ދިނުމާއި އަދި ފުރޮޅުލީ ގޮނޑީގައި ޚިދުމަތް ހޯދާ މީހުންނަށް އެހީތެރިކަން ދޭނެ ގޮތްވެސް ވަނީ ތަޖުރިބާކޮށްފައެވެ.
ޗެކިން ކައުންޓަރުން ފެށިގެން ބޯޑިން ގޭޓާ ހަމައިން ޚިދުމަތް ލިބުމުގެ ކަންކަން ވަނީ ޓްރަޔަލްގެ ބައިވެރިން ތަޖުރިބާކޮށްފައެވެ. އަދި އިމިގްރޭޝަންއާއި ކަސްޓަމްސްގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގެ ކަންކަންވެސް ވަނީ ތަޖުރިބާކޮށްފައެވެ. ވީއައިއޭގެ ބެގޭޖް ހޭންޑްލިން ސިސްޓަމަކީވެސް އެންމެ ޒަމާނީ ޚިދުމަތެކެވެ. އަދި ސެކިއުރިޓީގެ ގޮތުންވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދަ ސިސްޓަމެކެވެ.
Highlights of today’s Boarding Gates and Baggage Reconciliation System trial with @MaldivianAero.#VelanaNewTerminal#VIAone #TeamMACL pic.twitter.com/nn86WDHf3Z
— Maldives Airports Company Ltd (@MACLmedia) July 10, 2025
އައު ޓަރމިނަލަށް ޚިދުމަތްތައް ބަދަލުކުރަނީ 3 މަސްދުވަހެއްހާ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މަރުޚަލާތަކަކުންނެވެ. އެގޮތުން އެންމެ ފުރަތަމަ ޚިދުމަތް ފަށަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށެވެ. އެއަށްފަހު ދެން ޚިދުމަތްފަށާނީ ބައިނަލްއަޤްވާމީ އެހެން އެއަރލައިން އޮޕަރޭޓަރުންގެ ނެރޯ ބޮޑީ ބޯޓުފަހަރަށެވެ. އަލަށް ޚިދުމަތް ފަށާ ޓަރމިނަލަކަށްވާއިރު، ޚިދުމަތްތައް އާ ޓަރމިނަލަށް ބަދަލުކުރާނީ ފަހަރަކު މަރުޚަލާއެކެވެ. ވައިޑް ބޮޑީ މަތިންދާ ބޯޓުތަކަށް، މިއަހަރުގެ ފަތުރުވެރިކަމުގެ ސީޒަނަށް ހުޅުވާލުމަކީ ސަރުކާރުގެ ޢަމަޒެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު ވީއައިއޭގެ އާ ޓަމިނަލް ހުޅުވަނީ މިނިވަން 60ގެ މުނާސަބާގަ، މިމަހުގެ 26ވަނަ ދުވަހުއެވެ. އާ ޕެސެންޖަރ ޓަރމިނަލާއެކު، އަހަކު ޚިދުމަތް ދެވޭ ކެޕޭސިޓީ ގާތްގަނޑަކަށް 5ގުނަ އިތުރުވާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
