
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޚަރަދު ކުރާނޭ އިތުރު ފައިސާ ނުލިބޭނަމަ ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ރެފިއުޖީންނަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ދިނުން މުޅީން ހުއްޓުމަކަށް އައުމާ ގާތްވެފައިވާ ކަމަށް އދގެ ރެފިއުޖީންނާބެހޭ އިދާރާއިން ބުނެފިއެވެ. އދން ވަނީ ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ރެފިއުޖީންނަށް އެހީވުމަށް 255 މިލިޔަން އެމެރިކާ ޑޮލަރު އެއްކުރުމަށް އަމާޒު ހިފާފައެވެ. ނަމަވެސް މި ޢަދަދުގެ ތެރެއިން މިހާތަނަށް ލިބިފައި ވަނީ އެންމެ 35 އިންސައްތައެވެ. ދެކުނު ބަންގްލަދޭޝްގައި ހުންނަ ރެފިއުޖީ ކޭމްޕުތަކުގައި ރޮހިންޔާގެ އެއް މިލިޔަނަށް ވުރެ ގިނަ ރެފިއުޖީން ތޮއްޖެހިގެން ދިރިއުޅެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ 2017ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ ރެފިއުޖީންނަށް އިންތިހާ ދަރަޖައަށް އަނިޔާވެރިވުމުން މިޔަންމާއިން ފިލާފައިވާ މީހުންނެވެ. ނަމަވެސް އެއަށްވުރެ ކުރިންސުރެ ވެސް އެ ކޭމްޕުތަކުގައި ދިރިއުޅެމުން އައި ރެފިއުޖީން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އދގެ ރެފިއުޖީންނާ ބެހޭ ހައި ކޮމިޝަނަރުގެ ތަރުޖަމާނު، ބާބަރ ބަލޮޝް ވިދާޅުވީ ރޮހިންޔާ ރެފިއުޖީންނަށް ބޭނުންވާ ވަޞީލަތްތަކާއި ލިބެންހުރި ވަޞީލަތްތަކާ ދެމެދު ވަރަށް ބޮޑު ފަރަގެއް އޮތް ކަމަށެވެ. ބޭނުންވާ ވަޞީލަތްތައް ހޯދުމަށް ޚާރަދުކުރާނެ ފައިސާ ނުލިބޭނަމަ ރޮހިންޔާ ރެފިއުޖީންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރޮހިންޔާގެ ރެފިއުޖީން ކާބޯތަކެތި ހޯދުމަށާއި ޞިއްޙީ ބޭނުންތަކަށާއި ތަޢުލީމު ހޯދުމަށް ބަރޯސާ ވަނީ އިންސާނީ އެހީގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ދަށުން އެ ޤައުމުން ތަންފީޒު ކުރަމުންދާ އައު ސިޔާސަތުތަކުގެ ދަށުންނާއި ހުޅަނގުގެ ޤައުމުތަކުގެ ނިންމުންތަކުގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން އައި އެންމެ ބޮޑެތި ޤައުމުތަކުގެ ފަރާތުން ލިބެމުންދާ ފައިސާގެ ޢަދަދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ޗައިނާއާއި ރަޝިޔާއާމެދު ޖެހިލުންވާތީ، ހުޅަނގުގެ ޤައުމުތަކުން އިސްކަން ދެމުންދަނީ ދިފާޢީ ދާއިރާ ކުރިއެރުވުމަށެވެ.
ބަލޮޝް ވިދާޅުވީ ދުނިޔޭގެ ފައިސާ ދަތިކަމާއެކު، އަލަށް ބަންގްލަދޭޝަށް ހިޖުރަކުރާ ރެފިއުޖީންގެ އިތުރުން އެ ޤައުމުގައި މިހާރު ތިބި ރެފިއުޖީންގެ ބޭނުންތައް އެހީދޭ އިދާރާތަކަށް ފުއްދައިނުދެވޭ ކަމަށެވެ. އިތުރު ފައިސާ ނުލިބޭނަމަ ރޮހިންޔާ ރެފިއުޖީންގެ މުޅި އާބާދީއަށް އޭގެ ނޭދެވޭ އަސަރުކޮށް، އެ މީހުންނަށް ދޭންޖެހޭ މުހިންމު ޚިދުމަތްތައް ދިނުން ހުއްޓުމަކަށް އަންނާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އދގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާ، ޔޫއެންއެޗްސީއާރުން ވެސް ވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަސް އައުމުގެ ކުރިން ރޮހިންޔާ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމަށް ވަރަށް ބޮޑަށް ބުރޫއަރާނެ ކަމަށް ބުނެފައެވެ. އަދި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުން ޑިސެމްބަރު މަހުގެ ތެރޭގައި ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިޔަންމާގެ މީސްމަދު ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ކުރާ އަނިޔާއާއި ގޯނާތަކުގެ ސަބަބުން މިޔަންމާއާއި ބަންގްލަދޭޝުން ޙިއްޞާ ކުރާ ސަރަޙައްދީ ރޮނގު ހުރަސްކޮށް، ބަންގްލަދޭޝްގެ ހިމާޔަތް ހޯދުމަށް ގިނަ ޢަދަދެއްގެ މީހުން އެ ޤައުމަށް އެތެރެވެއެވެ. ޔޫއެންއެޗްސީއާރުން ބުނީ ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ ކޮކްސް ބާޒާރަށް މުޅިން އަލަށް 150،000އަށްވުރެ ގިނަ ރޮހިންޔާ ރެފިއުޖީން ހިޖުރަކޮށްފައިވާ ކަމަށެވެ. ބަލޮޝް ވިދާޅުވީ މި ޢަދަދަކީ 2017ވަނަ އަހަރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް 750،000އަށްވުރެ ގިނަ މީހުން މިޔަންމާ ދޫކޮށް ދިޔަ ފަހުން ބަންގްލަދޭޝަށް އެތެރެވެފައިވާ އެންމެ ގިނަ ޢަދަދުގެ ރެފިއުޖީން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
