
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) އިން ނިރުބަވެރި އެއްވެސް ޖަމަޢާތަކާ އެކު ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އެއްވެސް ގުޅުމެއް ބާއްވާފައިނުވާކަމަށް، އދ. ގެ ރިޕޯޓެއްގައި ބުނެފިއެވެ. އެޗްޓީއެސަކީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރި ނިރުބަވެރި ޖަމާޢަތެކެވެ. ބަޣާވާތެއްކޮށް، އެޗްޓީއެސުން އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެއަށް ފަހު، ސޫރިޔާގައި އެޗްޓީއެސުން ޤާއިމު ކޮށްފައިވާ އައު ސަރުކާރުގެ ރައީސް ކަމުގެ މަޤާމު ފުރަނީ، އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ. އެޗްޓީއެސަކީ ކުރިން އަލް-ނުޞްރާ ފްރަންޓުގެ ނަމުގައި ހަނގުރާމަ ކުރަމުން ދިޔަ ޖަމާޢަތެކެވެ. އެއީ، ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އަލް-ޤާޢިދާއާ ގުޅުން އޮތް ގުރޫޕެކެވެ. ނަމަވެސް، 2016ވަނަ އަހަރު އަލް-ނުޞްރާ ފްރަންޓުން ވަނީ އަލް-ޤާޢިދާއާ ފެޔަށް ޖެހި، ގުޅުން ކަނޑައިލާފައެވެ.
މި މަހުގެ ފަހުކޮޅު ޝާއިއުކުރަން ތައްޔާރުކޮށްފައިވާ އދ. ގެ ރިޕޯޓާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، ޝަރާޢު ފަދަ މަދު ބޭފުޅުން ފިޔަވައި، އެޗްޓީއެސްގެ އިސް ސަފުގައި ތިބީ، އަލް-ޤާޢިދާގެ ފިކުރަށް ތާޢީދުކުރާ މީހުން ކަމަށެވެ. ނަމަވެސް، މި އަހަރުގެ ތެރޭގައި އެޗްޓީއެސުން ނިރުބަވެރި އެއްވެސް ޖަމާޢަތަކާ ގުޅުން ބާއްވާފައިނުވާކަމަށް އެ ރިޕޯޓުގެ ހޯދުންތަކުން ދައްކާކަމަށް ބުނެފައިވެއެވެ. ނިރުބަވެރި ޖަމާޢަތްތަކާ އެޗްޓީއެސުން މިހާރު ގުޅުން ނުބާއްވާކަމަށް ހާމަވެފައިމިވަނީ، ނިރުބަވެރި ޖަމާޢަތްތަކުގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައިވާ ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފައިވަނިކޮށެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނީ، ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފައި ވަނީ، ސޫރިޔާގެ އަހުލީހަނގުރާމައަށް ފަހު އެ ޤައުމު އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މަގުކޮށައިދިނުމުގެ ގޮތުން ކަމުގައެވެ. މި ގޮތުން، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް ވެސް އެމެރިކާއިން ވަނީ އުވައިލާފައެވެ. އެއާ އެކު، ބައިނަލްއަޤްވާމީ މާލީ ނިޒާމުގައި އަލުން ބައިވެރިވުމުގެ ފުރުޞަތު ސޫރިޔާއަށް މި ވަނީ ހުޅުވިފައެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުން ސޫރިޔާ އެކަހެރިކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށް މި ވަނީ މަގުފަހިވެގެން ގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
