
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ ހަތިޔާރު އެޅި ޖަމާޢަތް، ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ)ން ހަތިޔާރު ބަހައްޓަން ފެށުމުގެ ގޮތުން، އިރާޤުގެ އުތުރުގައި ހުރި ހޮހޮޅައެއްގެ ކައިރީގައި ހަތިޔާރުތަކެއްގައި ރޯކޮށްލައިފިއެވެ. ކުރުދީންގެ ހަނގުރާމަވެރިންގެ ވަނީ އޭކޭ-47 ފަދަ ބަޑިތައް ބޮޑު ފީފާއެއް ކަހަލަ އެއްޗަކަށްއަޅައި، ކުރުދީންނާއި، އިރާޤު އަދި ތުރުކީވިލާތުގެ އޮފިޝަލުންގެ ހާޒިރުގައި، ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފައެވެ. ކުރުދީ ދަރިކޮޅުގެ މީހުންނަށް މިިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމުގެ ނަމުގައި ތުރުކީވިލާތުގެ ދައުލަތާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ޕީކޭކޭން ހަތިޔާރު ބަހައްޓަން ނިންމާފައި ވަނީ އެ ޖަމާޢަތުގެ ބާނީ ޢަބްދުالله އޮޖަލާންގެ ގޮވައިލުމަކަށް އިޖާބަ ދިނުމުގެ ގޮތުންނެވެ. ޕީކޭކޭން ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލައި ހަނގުރާމަ ފަށާފައި ވަނީ މީގެ ހަތަރު ދަހަރެއްހާ ދުވަސް ކުރިންނެވެ.
ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އޮޖަލާން ޕީކޭކޭގެ ސެނެޓާއި މެންބަރުންނަށް ގޮވައިލައްވާފައި ވަނީ އޭނާ ފޮނުވި ސިޓީއެއްގައެވެ. 1999ވަނަ އަހަރުން ފެށިގެން އޮޖަލާން ހުރީ ތުރުކީވިލާތުގެ އިސްތަންބޫލުގެ ރަށްބޭރުގައި އޮތް ކުޑަ ރަށެއްގައި ބިނާ ކޮށްފައިވާ ޖަލެއްގައި ބަންދު ކޮށްފައެވެ. އޮޖަލާންގެ ގޮވައިލުމަށް އިޖާބަދީ، ހަތިޔާރު ބަހައްޓައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ޕީކޭކޭން ނިންމުމަކީ ތުރުކީވިލާތުގެ ދައުލަތާ ދެކޮޅަށް މީގެ 40 އަހަރު ކުރިން ފެށި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ހަތިޔާރު ބަހައްޓައި ސުލްޙަވުމަށް އޮޖަލާން ޕީކޭކޭއަށް ގޮވައިލުމާ އެކު ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ސަރުކާރުގެ އިތުރުން ޕީކޭކޭއާ ގާތް ގުޅުމެއް އޮތް ޑީއީއެމް ޕާޓީން ވަނީ އެ ކަމަށް މަރުޙަބާ ކިޔާފައެވެ.
ޕީކޭކޭން ތުރުކީވިލާތުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ 1984ވަނަ އަހަރުއެވެ. އެ ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ އަދަދު 40,000 އަރާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. ތުރުކީވިލާތުގެ އަސްކަރިއްޔާއިން ފަހަތަށް ޖައްސާފައިވާ ޕީކޭކޭގެ ހަނގުރާމަވެރިންގެ ބޮޑު އިންސައްތައެއް މި ވަގުތު ހަރަކާތްތެރިވަމުން ދަނީ ޢިރާޤުގެ އުތުރުގެ ފަރުބަދަމަތީ ސަރަޙައްދުތަކުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
