
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ހިންގަމުންދާ އަސްކަރީ ކެމްޕޭނާ ގުޅިގެން ރަތް ކަނޑުން މުދާ އުފުލުމުގައި އިންޝުއަރެންސަށް ކުރަން ޖެހޭ ޚަރަދުތައް ދެގުނައަށް ވުރެ މައްޗަށް އުފުލިފައިވާ ކަން، ސިނާޢަތުގެ ތަޖުރިބާކާރުން ހާމަކޮށްފިއެވެ. އިންޝުއަރެންސަށް ކުރަން ޖެހޭ ޚަރަދު އުފުލިފައި މި ވަނީ، ދާދިފަހުން ޙޫޘީން ދިން ޙަމަލާތަކެއްގައި ދެ އާގުބޯޓު ފައްތައިލުމާ ގުޅިގެންނެވެ. ޙޫޘީންގެ އަސްކަރީ އޮޕަރޭޝަންގެ ދަށުން ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޒަޔަނިސްޓު އިސްރާއީލަށް މުދާ ގެންދާ އާގުބޯޓުފަހަރަށެވެ.
ޙޫޘީންގެ އަސްކަރީ އޮޕަރޭޝަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ފެށުމާ ގުޅިގެންނެވެ. ރަތް ކަނޑަކީ، ތެލާއި އެހެނިހެން މުދާ އުފުލުމަށް ބޭނުން ކުރާ މައި މަގެކެވެ. ނަމަވެސް، ފަލަސްޠީނުގެ މުސްލިމުންނަށް ވާގިވެރިވުމަށް ޙޫޘީން ފެށި ކެމްޕޭނާ ގުޅިގެން ރަތް ކަނޑު މެދުވެރިކޮށް މުދާ އުފުލުމުގެ ޚިދުމަތަށް ވަނީ ބުރޫއަރާފައެވެ. އަދި، އެ ސަރަޙައްދުން ދަތުރު ކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ މަދުވެފައެވެ. އިންޝުއަރެންސް ދާއިރާގެ މާހިރުން ބުނީ، ޙޫޘީންގެ އެންމެ ފަހުގެ ޙަމަލާތަކާ އެކު ޕްރިމިޔަމްގެ އަގު %0.7އިން އުފުލިފައިވާ ކަމުގައެވެ. ޕްރިމިިޔަމްގެ އަގުތައް މީގެ ހަފުތާއެއްހާ ދުވަހުގެ ކުރިން ހުރީ %0.3ގައެެވެ. އިންޝުއަރެންސްގެ ޚިދުމަތްދޭ ބައެއް ކުންފުނިތަކުން، ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ޚިދުމަތް ދިނުން މެދުކަނޑައިލާފައިވާ ކަމުގައި ވެސް ތަޖުރިބާކާރުން ހާމަކުރިއެވެ.
ބައެއް މާހިރުން ބުނީ، ހަތް ދުވަހުގެ ދަތުރަކަށް ބައެއް ކުންފުނިތަކުން ނަގާ އިންޝުއަރެންސް ފީ %1އަށް ވެސް އުފުލިފައިވާ ކަމުގައެވެ. މިއީ، 2024ވަނަ އަހަރު ޙޫޘީންގެ ޙަމަލާތައް އެންމެ ބޮޑަށް ވަރުގަދަ ކޮށްފައިވާ ދުވަސްވަރުގެ އަގުތަކާއި އެއްހަމަ އަގުތަކެކެވެ. މިއާ އެކު، ކޮންމެ އުޅަނދަކުން އިންޝުއަރެންސަށް ކުރަން ޖެހޭ ހޭދަ އެތަކެއް ހާސް އެމެރިކާ ޑޮލަރަކަށް އުފުލިގެން ގޮސްފައިވާ ކަމުގައި ތަޖުރިބާކާރުން ބުންޏެވެ. ޙޫޘީންގެ ޙަމަލާތައް އެންމެ ފަހުން އަމާޒު ކޮށްފައި ވަނީ ‘އެޓަރނިޓީ ސީ’ގެ ނަން ދީފައިވާ އުޅަނދަކަށެވެ. އެ ޙަމަލާތަކުގައި އެ އުޅަނދުގައި ތިބި 25 ފަޅުވެރިންގެ ތެރެއިން ހަތަރު މީހުން ވަނީ މަރުވެފައެވެ. އެ އުޅަނދުން ކަނޑަށް ފޭބި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާއިރު، އޭގެ ތެރެއިން ހަތަރު މީހަކު ފެނިގެން ސަލާމަތް ކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރެއިން ބައެއް މީހުން ޙޫޘީންގެ ބެލުމުގެ ދަށުގައި ތިބި ކަމުގައި އެ ޖަމާޢަތުން ބުންޏެވެ.
ޖުލައި 7ވަނަ ދުވަހު ވެސް ޙޫޘީން ވަނީ އެހެން އާގުބޯޓަކަށް ޙަމަލާދީ، އެ އުޅަނދު ފައްތައިލާފައެވެ. އެއީ، ގްރީސްގެ ކުންފުންޏަކުން އޮޕަރޭޓު ކުރާ އުޅަނދެކެވެ. އެ ކުންފުނީގެ އެހެން އުޅަނދުތައް ޒަޔަނިސްޓު އިސްރާއީލަށް މުދާ އުފުލުގައި ހަރަކާތްތެރިވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ޙޫޘީންގެ އަސްކަރީ އޮޕަރޭޝަންގައި މިހާތަނަށް 100އެއްހާ އުޅަނދަށް ވަނީ ޙަމަަލާ ދީފައެވެ. އަދި، އޭގެ ތެރެއިން ހަތަރު އުޅަނދު މި ވަނީ ފައްތައިލާފައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
