
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
130 ދުވަހަށް ފަހު ފަލަސްޠީނުގެ ޣައްޒާއަށް ފުރަތަމަ ފަހަރަށް ތެޔޮ އެތެރެ ކޮށްފިއެވެ. މި ކަން ހާމަކުރައްވައި، އެކުވެރި ދައުލަތްތައް (އދ)ގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ، 75,000 ލީޓަރުގެ ތެޔޮ ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ދީފައިވާ ކަމުގައެވެ. 130 ދުވަހަށް ފަހު ޣައްޒާއަށް ތެޔޮ އެތެރެ ކޮށްފައި މި ވަނީ، ތެޔޮ ހުސްވުމުގެ ބިރު ހީވެ، ހަސްފަތާލުތަކުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުން ހުއްޓައިލަން މަޖުބޫރުވެދާނެ ކަމުގެ އިންޒާރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ތެލުގެ އިތުރުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުންނެވެ. މި ވަގުތު އެ ސަހަރަށް އެތެރެ ކުރަނީ މަދު އަދަދެއް ކާބޯތަކެއްޗާއި އެހީއެވެ. އަދި، ހަސްފަތާލުތަކުގެ ޖަނަރޭޓަރުތަކާއި އިންޖީނުގެތައް ހިންގުމަށް ބޭނުންވާ މަދު މިންވަރެއްގެ ތެލެވެ.
ގިނަ ދުވަސްތަކަކަށް ފަހު ޣައްޒާއަށް މަދު އަދަދެއްގެ ތެޔޮ އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ދީފައިވީ ނަމަވެސް، ދުޖަރީކް ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ސަހަރަށް އެތެރެ ކުރުމުގެ ހުއްދަ ދީފައި ވަނީ އެންމެ ދުވަހަކަށް ވެސް ނުފެދޭނެ މިންވަރުގެ ތެޔޮ ކަމުގައެވެ. “އިއްޔެ އެތެރެ ކޮށްފައިވާ އަދަދަކީ އެންމެ ދުވަހެއްގެ ހަކަތައިގެ ބޭނުންތައް ފުއްދޭނެ މިންވަރަށް ވުރެ ވެސް މަދު އަދަދެއް. ތެޔޮ އަދިވެސް ދަނީ ހުސްވަމުން އަދި ތެޔޮ އެތެރެ ކުރާ މިންވަރު އިތުރު ނުކޮށްފި ނަމަ ގިނަ ޚިދުމަތްތަކެއް ހުއްޓައިލަން މަޖުބޫރުވާނެ،” ދުޖަރީކް ވިދާޅުވިއެވެ.
ތެޔޮ ހުސްވަމުން ދިޔުމާ އެކު އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި އޮތީ ޣައްޒާގައި ޞިއްޙީ ފަރުވާ ދޭ ހަސްފަތާލުތަކަށެވެ. ތެޔޮ މުޅިން ހުސްވުމުގެ ކުރިން ކުއްލިހާލަތުގެ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް މެދުކެނޑުނަ ނުދިނުމަށް ގިނަ ހަސްފަތާލުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި، ބައެއް ޚިދުމަތްތައް މެދުކަނޑައިލުން ހިމެނޭއިރު، ޣައްޒާގައި މި ވަގުތު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުންދާ އެންމެ ބޮޑު އެއް ހަސްފަތާލު ކަމުގައިވާ އަލް-ޝިފާ ހަސްފަތާލުން ވަނީ ކިޑްނީ ބަލީގެ މީހުންނަށް ޑަޔަލިސިސްގެ ޚިދުމަތްތައް ފޯރުކޮށްދިނުން މެދުކަނޑައިލާފައެވެ.
ތެޔޮ ހުސްވެއްޖެ ނަމަ ހަސްފަތާލުތަކުގައި ބޭނުން ކުރާ ޖަނަރޭޓަރުތައް ހުއްޓި، އެ ތަންތަނުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެއެވެ. އަދި، ބަލިމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރާ މުހިންމު ސާމާނާއި އާލާތްތައް ހިންގޭނެ ގޮތެއް ނުވާނެއެވެ. އޭގެ ތެރޭގައި އައިސީޔޫތަކުގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރާ މުހިންމު ސާމާނާއި، ތުއްތު ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރާ އިންކިޔުބޭޓަރ ފަދަ އާލާތްތައް ހިމެނެއެވެ.
އެންމެ އިންކިޔުބޭޓަރެއްގައި އެއް ފަހަރާ ހަތަރު، ފަސް ކުދިން
އިންކިޔުބޭޓަރަކީ ދުވަސްނުފުރާ ވިހާ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރާ ޚާއްޞަ އާލާތެކެވެ. އަލް-ޝިފާ ހަސްފަތާލުގެ ޑޮކްޓަރުން ބުނީ، މިހާރު ވެސް އެއް އިންކިޔުބޭޓަރ ބޭނުން ކޮށްގެން އެއް ފަހަރާ ގިނަ އަދަދެއްގެ ތުއްތުކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. ދުވަސްނުފުރާ ވިހާ ތުއްތުކުދިންގެ ފުރާނަ ސަަލާމަތް ކުރުމަށް އިތުރު ގޮތެއް ނެތް ކަމުގައި ވެސް އެ ހަސްފަތާލުގެ ޑޮކްޓަރުން ހާމަކުރިއެވެ. “އެންމެ އިންކިޔުބޭޓަރަކަށް ހަތަރެއް ނުވަތަ ފަސް ތުއްތުކުދިން އެއް ފަހަރާ ލައިގެން ފަރުވާ ދޭން މަޖުބޫރުވެއްޖެ. ބައެއް ހާލަތްތަކުގެ އެއަށްވުރެ ވެސް ގިނަ ކުދިން. ދުވަސްނުފުރާ ވިހާފައި ތިބި ތުއްތުކުދިންގެ ފުރާނައަށް ދަނީ ނުރައްކާވަމުން،” އަލް-ޝިފާގެ ހަސްފަތާލުގެ ޑިކަރެޓަރ މުޙައްމަދު އަބޫ ސިލްމިއްޔާ ވިދާޅުވިއެވެ.
އެ ހަސްފަތާލުގައި ފަރުވާ ދެމުންދާ ބަލިމީހުންގެ ފުރާނައަށް ނުރައްކާވެފައި ވަނީ، “ޙަމަލާތަކާއި މިސައިލްތަކުގެ ސަބަބުންނެއް ނޫން، ނަމަވެސް ތެޔޮ އެތެރެ ކުރުން ހުއްޓައިލައި ފުރަބަންދު ހަރުކަށި ކުރުމުން” ކަމުގައި އަލް-ޝިފާ ހަސްފަތާލުގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ މުނީރް އަލް-ބަރްޝީ ވިދާޅުވިއެވެ. ޔަހޫދީންގެ ޤަތުލުޢާންމުގެ ސަބަބުން ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުން، ޞިއްޙީ ފަރުވާ ފަދަ އެންމެ އަސާސީ ޚިދުމަތްތަކުން މަޙްރޫމު ކުރުވާފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ޣައްޒާ ޢުދުވާނުގެ ދަށުން ޔަހޫދީން ވަނީ ޣައްޒާގެ ޞިއްޙީ ނިޒާމު ބަލިކަށި ކޮށްލާފައެވެ. ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި، ރޭޑު ޖަހައި، އެ ތަންތަން ބަންދު ކުރުމަށް މަޖުބޫރު ކުރުވާފައެވެ. އެއީ، ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް ގަސްދުގައި ދެމުންދާ ޙަމަލާތަކެއް ކަމުގައި އެ ސަހަރުގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ބުންޏެވެ. ޣައްޒާގެ 36 ހަސްފަތާލުގެ ތެރެއިން މި ވަގުތު މަދު އަދަދެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދެމުން ދަނީ ދެބައިކުޅަ އެއްބައި މަރުކަޒުތަކުގައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނީ، ޢުދުވާންތައް ފެށި ފަހުން ޣައްޒާގެ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް އަމާޒުކޮށް ތަފާތު 600 ޙަމަލާއެއް ދީފައިވާ ކަމުގައެވެ. އެއީ، ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތައް ކަމުގައި ސާފުކޮށް ބުނުމަށް ޑަބްލިޔުއެޗްއޯން ވަނީ އިންކާރު ކޮށްފައެވެ. ޣައްޒާގެ ނިޒާމު ފުނޑުފުނޑުވެ، ހުއްޓައިލަން މަޖުބޫރުވުމުގެ ބިރު ގާތް ކަމުގައި ވެސް އެ ޖަމުޢިއްޔާއިން އިންޒާރު ކުރިއެވެ. އެންމެ ބޮޑު ސަބަބަކީ، އެ ތަންތަން ހިންގުމަށް، އަދި ޞިއްޙީ ފަރުވާގެ ނިޒާމަށް ބޭނުންވާ ތެލާއި ބޭސްފަރުވާގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އެޅުމެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
