
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
މިދިޔަ މަހުގެ ތެރޭގައި ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދިނުމުން ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަުރަށް ބޮޑެތި އަސަރުކޮށްފައިވާ އިރު، އެ ސަރަހައްދުތަކަށް ގިނަ އެއަރލައިންތަކަކުން ކުރަމުންދިޔަ ދަތުރުތަކަށް އަދިވެސް އޮތީ ބުރޫ އަރަައިފައެވެ. ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން އީރާނުގެ މައި ވައިގެ ބަނދަރުކަމުގައިވާ ޚާމަނާއީ ވައިގެ ބަނދަރު 20 ދުވަހަށް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 4ވަނަ ދުވަހުއެވެ. ނަމަވެސް ބައެއް ވައިގެ ސަރަޙައްދުތައް އަދިވެސް ބަންދުކޮށްފައި އޮތުމުންނާއި ސަލާމަތީ ކަންބޮޑުވުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ޓްރެފިކް އަދިވެސް ހަމައަކަށް ނޭޅެއެވެ.
ގްރީސްގެ އީޖިއަން އެއަރލައިނުން ލުބުނާނުގެ ބައިރޫތަށް ކުރާ ޝެޑިއުލް ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު ބައެއް ދަތުރުތައް އަލުން ފަށާފައި ވަނީ ޖުލައި މަހުގެ 10ވަނަ ދުވަހުއެވެ. ޖުލައި މަހުގެ 16ވަނަ ދުވަހު ޢިރާޤުގެ އަރބިލްއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު އުރުދުންގެ ޢައްމާންއަށް ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 19ވަނަ ދުަވަހުއެވެ. ޔަހޫދީ ދައުލަތުގެ ތެލް އަވީވަށް ކުރާ ދަތުރުތައް ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހާ ހަމައަށް އޮތީ މެދުކަނޑާލައިފައެވެ. ލެޓްވިޔާގެ އެއާބަލްޓިކުން ބުނީ އެ އެއަރލައިނުން ތެލް އަވީވަށް ކުރާ ދަތުރުތައް ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ. އޭގެ އިތުރުން އެކުވެރި ޢަރަބި އިމާރާތުގެ ބަޖެޓު އެއަރލައިނެއް ކަމަށްވާ އެއަރ އަރާބިޔާއިން ސޫރިޔާގެ ދިމިޝްޤަށް ކުރާ ދަތުުރުތައް ވަނީ ޖުލައި މަހުގެ 10ވަނަ ދުވަހު އަލުން ފަށައިފައެވެ. ކެނެޑާގެ ޓޮރޮންޓޯއިން ދުބާއީއަށް އެއަރ ކެނެޑާއިން ކުރާ ދަތުރުތައް މެދުކަނޑާލާފައި ވަނީ އޮގަސްޓު މަހުގެ 4ވަނަ ދުވަހާ ހަމައަށެވެ. އަދި ކެނެޑާއާއި އިސްރާއީލާ ދެމެދު ކުރާ ދަތުރުތައް އޮތީ ސެޕްޓްބަރު މަހުގެ 8ވަނަ ދުވަހާ ހަމައަށް މެދުކަނޑާލައިފައެވެ.
އޭގެ އިތުރުން ސްޕެއިންގެ އެއަރ ޔޫރަޕާއިން ތެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި ވަނީ ޖުލައި މަހުގެ 13ވަނަ ދުވަހާ ހަމައަށެވެ. ޖުލައި މަހުގެ 14ވަނަ ދުވަހުން ފެށިގެން 31ވަނަ ދުވަހާ ހަމައަށް ދަތުރުތައް ބާއްވާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ، ހޯމަ، ބުދަ އަދި ބުރާސްފަތި ދުވަހު އެކަންޏެވެ. ނަމަވެސް އޮގަސްޓު މަހުގެ 1ވަނަ ދުވަހުން ފެށިގެން ހޮނިހިރު ފިޔަވައި ހުރިހާ ދުވަހެއްގައި ވެސް ފްލައިޓުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެއަރ ފްރާންސުގެ ނެދަލޭންޑްސްގެ ގޮފި، ކޭއެލްއެމުން ވެސް ވަނީ ތެލް އަވީވަށް ކުރާ ދަތުރުތައް އޮގަސްޓު މަހުގެ 30ވަނަ ދުވަހާ ހަމައަށް މެދުކަނޑާލައިފައެވެ. އަދި އެމެރިކާގެ ޑެލްޓާ އެއަރލައިންސުން ތެލް އަވީވަށް ކުރާ ދަތުރުތަކަށް ޖޫން މަހުގެ 12އިން ފެށިގެން އޮގަސްޓު 31އާ ދެމެދު ބުރޫ އަރާނެ ކަމަށް އެ އެއަރލައިނުން ބުނެފައިވެއެވެ. އެމިރޭޓްސުން ވެސް ވަނީ އީރާނުގެ ތެހްރާނަށް ކުރާ ދަތުުރުތައް ޖުލައި މަހުގެ 17ވަނަ ދުވަހާ ހަމައަށް މެދުކަނޑާލައިފައެވެ.
ފިންލެންޑުގެ ފިން އެއަރއިން ބުނީ ޖުލައި މަހުގެ 10ވަނަ ދުވަހާއި ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހާ ދެމެދު ޤަޠަރުގެ ދައުޙާއަށް އެ އެއަރލައިނުން ކުރާ ދަތުރުތައް ކުރިން ހަމަޖެހިފައިވާ ގަޑިތަކަށްވުރެ 25 މިނެޓު ކުރިން ނައްޓާލުމަށް ޝެޑިއުލްއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ އެއަރލަައިނުން މި ވަގުތު ޢިރާޤާއި އީރާނާއި ސޫރިޔާއާއި އިސްރާއީލުގެ ވައިގެ ސަރަޙައްދުން ދަތުުރު ނުކުރާ ކަމަށް ވަނީ ބުނެފައެވެ. އައިއޭޖީން ހިންގާ އެއަރލައިނެއް ކަމަށްވާ ބްރިޓިޝް އެއަރވޭސުން ބުނީ އެ އެެއަރލައިނުން ތެލް އަވީވަށް ކުރާ ދަތުރުތައް ޖުލައި މަހުގެ 31ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އައިއޭޖީގެ ބަޖެޓު އެއަރލައިނެއް ކަމަށްވާ އައިބީރިޔާ އެކްސްޕްރެސުން ވަނީ ތެލް އަވީވަށް ކުރާ ދަތުރުތައް އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހާ ހަމައަށް މެދުކަނޑާލައިފައެވެ.
އިޓަލީވިލާތުގެ އައިޓީއޭ އެއަރވޭސުން ބުނީ ތެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން ޖުލައި މަހުގެ 31ވަނަ ދުވަހާ ހަމައަށް އިތުރުކުރާނެ ކަމަށެވެ. އޮގަސްޓު މަހުގެ 1ވަނަ ދުވަހު ކުރުމަށް ހަމަޖެހިފައިވާ ދެ ދަތުރު ވެސް ވަނީ ކެންސަލްކޮށްލައިފައެވެ. ހަމައެއާއެކު ލުފްތަންސާއިން ބުނީ ތެލް އަވީވަށް ކުރާ ދަތުރުތައް އޮގަސްޓު މަހުގެ 1ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ތެހްރާނަށް ކުރާ ދަތުރުތައް އޮގަސްޓު މަހުގެ 17ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ. ޢައްމާނަށް ކުރާ ދަތުރުތައް އޮތީ ޖުލައި މަހުގެ 12ވަނަ ދުވަހާ ހަމައަށް މެދުކަނޑާލައިފައެވެ.
މީގެ އިތުރުން ތުރުކީވިލާތުގެ ޕެގަސަސުން އީރާނަށް ކުރާ ދަތުރުތައް ވެސް ވަނީ ޖުލައި މަހުގެ ނިޔަލަށް މެދުކަނޑާލައިފައެވެ. އަދި ޤަޠަރު އެއަރވޭސް ބުނީ އެ އެއަރލައިނުން އިރާނަށް ކުރާ ދަތުރުތައް އަދި އޮތީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައި ކަމަށެވެ. ރަޔަންއެއަރއިން ވެސް ވަނީ ތެލް އަވީވަށާއި ޢައްމާނަށް ކުރާ ދަތުރުތައް އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައެވެ. އެމެރިކާގެ ޔުނައިޓެޑް އެއަރލައިންސުން ބުނީ އެ އެއަރލައިނުން ތެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު ޖުލައި މަހުގެ 21ވަނަ ދުވަހު އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހުންގޭރީގެ ވިޒް އެއަރއިން ވަނީ އެ އެއަރލައިނުން ތެލް އަވީވަށް ކުރާ ދަތުރުތައް ދެން ފަށާނީ އޮގަސްޓު މަހުގެ 8ވަނަ ދުވަހުގައި ކަމަށް އިޢުލާނުކޮށްފައެވެ. އަދި ޢައްމާނަށް ކުރާ ދަތުރުތައް އަދި އޮތީ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
