
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ފީފާ ރޭންކިންގައި ދިވެހިރާއްޖެ ހަތް ދަރަޖަ ފަހަތަށް ވެއްޓުނުއިރު، ވާދަވެރި ސްރީ ލަންކާ ހަތަރު ދަރަޖައިގެ ކުރިއެރުމެއް ހޯދައިފިއެވެ. ބުރާސްފަތި ދުވަހު ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ފީފާ) އިން ނެރުނު ޖުލައި މަހުގެ ރޭންކިންގައި ވާ ގޮތުން ސާކުގެ ހަތް ގައުމުގެ ތެރެއިން ކުރިއެރުން ހޯދި ހަމައެކަނި ގައުމަކީވެސް ލަންކާ އެވެ. އެ ގައުމު މިހާރު އޮތީ ދުނިޔޭގެ 196 ވަނާގަ އެވެ. ލަންކާ ވަނީ އޭޝިއަން ކަޕް ކޮލިފައިންފައި ޗައިނީސް ޓައިޕޭ އާއި ބުރޫނާއީ ބަލިކޮށްފައެވެ.
ރާއްޖެ ހަތް ދަރަޖަ ފަހަތަށް ވެއްޓުމުން މިހާރު އޮތީ ދުނިޔޭގެ 172 ވަނާގަ އެވެ. އިންޑިޔާއިން ވެސް ވަނީ ހަ ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. އެ ގައުމުގެ މިހާރުގެ ވަނަ އަކީ ދުނިޔޭގެ 133 އެވެ. ސާކް ސަރަހައްދުގެ ތިން ވަނަ ލިބެނީ ނެޕާލަށެވެ. އެ ގައުމު ދުނިޔޭގެ 176 ވަނާގައު އޮތީ އެއް ދަރަޖައިގެ ވެއްޓުމަކާއެކުގަ އެވެ. ބަނގްލަދޭޝް ވެސް ވަނީ އެއް ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. މިހާރުގެ ވަނަ އަކީ 184 ވަނަ އެވެ. ބޫޓާން ހަތަރު ދަރަޖައިގެ ވެއްޓުމަކާއެކު 186 ވަނާގައި އޮތްއިރު ފުލުގައި އޮތީ ޕާކިސްތާނެވެ. އެއީ ތިން ދަރަޖަ ފަހަތަށް ޖެހި 201 ވަނާގަ އެވެ.
ރާއްޖެ ހަ ދަރަޖަ ފަހަތަށް ޖެހުނު މައިގަނޑު ސަބަބަކީ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެ މެޗުން ވެސް ބަލިވުމެވެ. ފިލިޕީންސް އަތުން ބަލިވިއިރު ރާއްޖެ އަށް ވުރެ އެތައް ތަނަތަކުން ފަހަތުގައި އޮތް އީސްޓީމޯރު އަތުން ވެސްވީ ބައްޔެވެ. ކޯޗުކަމުން އަލީ ސުޒޭން އިސްތިއުފާ ދިނީ ވެސް މި ބައްޔާއެކުގަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
