
ދުނިޔޭގެ އެންމެ ގަދަ ފަސް ގައުމުގެ ރޭންކިންއަށް ބަދަލު ނައިސް، ޖުލައި މަހުގެ ފީފާ ރޭންކިންގައިވެސް އެއްވަނަ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއަށް ލިބިއްޖެއެވެ. ބުރާސްފަތި ދުވަހު ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ފީފާ) އިން ނެރުނު ޖުލައި މަހުގެ ރޭންކިންގައި ވާ ގޮތުން ދެ ވަނަ ލިބެނީ ޔޫރަޕުގެ ޗެމްޕިއަން ސްޕޭނަށެވެ. ތިން ވަނަ ފްރާންސަށް އަދި ހަތަރު ވަނަ އިނގިރޭސިވިލާތަށް ލިބޭއިރު ދުނިޔޭގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލް އޮތީ ފަސް ވަނާގަ އެވެ.
ގަދަ 10 ޓީމުގެ ތެރެއިން މި ފަހަރު ސޮއްސާލީ އިޓަލީ އެވެ. އެ ގައުމުގެ ވަނަ އަކީ 11 އެވެ.
ރޭންކިންގެ ހަ ވަނާގައި ވަނީ އެއް ދަރަޖައިގެ ކުރިއެރުމަކާއެކު ޕޯޗުގަލް އެވެ. ކުރިން ހަ ވަނާގައި އޮތް ނެދަލޭންޑްސް ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެވެ. އަށް ވަނާގައިވަނީ ބެލްޖިއަމެވެ. އޭގެ ފަހަތުން ޖަރުމަނު ވިލާތާއި ކްރޮއޭޝިޔާ އެވެ. ފީފާއިން ބުނާ ގޮތުގައި މި ފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ކޮސްޓަރިކާ އެވެ. އެ ގައުމުން ވަނީ 14 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ. އެންމެ ބޮޑަށް ފަހަތަށް ދިޔައީ ޖަމައިކާ އެވެ. އެއީ ހަތް ދަރަޖައިގެ ވެއްޓުމަކާއެކުގަ އެވެ. އެންމެ ގިނަ ޕޮއިންޓް ގެއްލުވާލި ގައުމަކީ ހައިޓީ އެވެ. އެ ގައުމަށް 30 ޕޮއިންޓް ވަނީ ކުރީ ރޭންކިން އަށް ފަހު ގެއްލިފަ އެވެ. އެންމެ ގިނަ ޕޮއިންޓް އެއް ކުރީ ހޮންޑިއުރަސް އެވެ. އެ ގައުމުން ކުރީ ރޭންކިން އަށް ފަހު 46.3 ޕޮއިންޓް ހޯދައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
