
ޗެލްސީއަށް ކުޅެން ބޭނުންނުވާ ކުޅުންތެރިއަކު އެ ކުލަބުގައި ނުބަހައްޓާނެ ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ. އޭނާ މިހެން ބުނީ އިނގިރޭސި ފޯވާޑް ނޯނީ މަޑުއެކޭ ވާދަވެރި އާސެނަލްއަށް ބަދަލުވާން ނިންމުމުންނެވެ. ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށް ތައްޔާރު ވަމުން އަންނަ ކޯޗު ބުނީ ޗެލްސީގައި އޮތީ ވަރަށް ޒުވާން ސްކޮޑެއް ކަމަށާއި ކުރީ ސީޒަނަށް ވުރެ ރަނގަޅު ކާމިޔާބީ އެއް މި ސީޒަނުގައި ހޯދަން ކުލަބުން ވިސްނާ ކަމަށެވެ. އަދި އެ ހިސާބަށް ދަތުރު ކުރެވިދާނެ ކަމުގެ ހެއްކަކީ ކުލަބު ވޯލްޑް ކަޕުގެ ފައިނަލުން ފުރުސަތު ލިބުން ކަމަށެވެ.
“އަހަރެން މި ކުލަބުގައި ހުނަނަން ބޭނުން ނުވާ މީހަކު ގަދަ ކަމުން ނުބަހައްޓާނަން. އެއީ ބޭނުމެއް ހުރި ކަމެއް ނޫން. އެއީ ތެދެއް. ނޯނީ ވަނީ ކުލަބުން ދާން ބޭނުންވާ ކަމަށް ބުނެފައި. އެއްވެސް މީހަކު އޭނާ ގާތުގައި ދާކަށް ނުބުނޭ. އެއީ އޭނާގެ އަމިއްލަ ނިންމުމެއް،” ކޯޗު ބުންޏެވެ. މަޑުއެކޭ އާސެނަލް އަށް ބަދަލުވަނީ 52 މިލިއަން ޕައުންޑްގެ ފީ އަކަށެވެ. މަރެސްކާ ބުނީ މި ބަދަލާމެދު ކުޅުންތެރިޔާ އުފާވާނަމަ ޗެލްސީ ވެސް އޮތީ އުފަލުން ކަމަށެވެ. “އޭނާ އުފާވާނަމަ އަހަރުމެން ވެސް އުފާވާނެ. މިކަމުގައި އެއްވެސް ބަޔަކަށް ދެރަ ގޮތެއް ވެގެން ނުވާނެ. އޭނާ ބޭނުންވި ގޮތަކަށް ދާން އޭނާ އަށް ފުރުސަތު އެބައޮތް. ތެދެއް. އޭނާ ވަނީ ކުލަބު ބަދަލު ކުރަން ނިންމާފައި،” ކޯޗު ބުންޏެވެ.
އާސެނަލް އަކީ މި ފަހަރުގެ ޓްރާންސް މާކެޓުގައި އެންމެ ހަރަކާތްތެރި އެއް ކުލަބެވެ. އެ މީހުން ތައްޔާރު ވަމުންދަނީ އިނގިރޭސި ޕްރެމިއާ ލީގުގެ ތަށި ހޯދުމަށެވެ. ހުސްވި ތިން ސީޒަނުގައި ވެސް އާސެނަލް އަކީ ލީގުގެ ދެ ވަނަ ޓީމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
