
(ފޮޓޯ ކްރެޑިޓްސް: ޕީއެސްމް ނިއުސް)
ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ފައުންޑޭޝަން މަސައްކަތް ފަށްޓަވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ޢަރަބިއްޔާ ސްކޫލު އިމާރާތްކުރަން ކުރިން ހަވާލުކުރި ކޮންޓްރެކްޓަރު ހުށަހެޅި އަގަށްވުރެ 83 މިލިޔަން ރުފިޔާ ކުޑަކޮށް އެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ހަވާލުކޮށް އެ ސްކޫލްގެ ބިންގާ އެޅީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މިހާރު ވަނީ ފައުންޑޭޝަން އެޅުމަށްފަހު މަސައްކަތް ފަށާފައެވެ.
ޢަރަބިއްޔާ ސްކޫލްގެ ފައުންޑޭޝަން އަޅުއްވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އަރަބިއްޔާ ސްކޫލްއަކީ ވަރަށް ޒަމާނީ ސްކޫލްއަކަށް ވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މާލޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ އަންޑަރ ގްރައުންޑް ޕާކިންއާއެކު 200 އަށްވުރެ ގިނަ ސައިކަލާއި ކާރުވެސް އެތަނުގައި ޕާކްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ ގޯތިތެރެއަކީ ދަރުމަވަންތަ ސްކޫލްގައިވެސް އޮތް މިންވަރުގެ ގޯތިތެރެއެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސްކޫލް ތަރައްޤީކުރަނީ މާފަންނު ސްޓޭޑިއަމްގެ ކައިރީގައިކަމަށްވުމުން އެކަމުގެ ސަބަބުންވެސް ދަރިވަރުންނަށް ފަސޭހަވާނެކަމަށެވެ. “ސްކޫލްގެ ޓެރެސްގައިވެސް އެކަށީގެންވާވަރަށް ދަރިވަރުންނަށާއި މުދައްރިސުންނަށްވެސް އަދި ސިވިލް ސޮސައިޓީސްތަކަށް ބޭނުންކުރެވޭގޮތަށް އެކަށީގެންވާވަރަށް ޖާގަ އޮންނާނެ.” ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ. ޢަރަބިއްޔާ ސްކޫލް ތަރައްޤީކުރަނީ 10 ފަންގިފިލާއަށެވެ. ޢަރބިއްޔާ ސްކޫލްގެ އައު އިމާރާތެއް ތަރައްޤީކުރަނީ ކުރިން އެ ސްކޫލްގެ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އައި އިމާރާތް ވަރަށްބޮޑަށް ރެނދުލާ އެ އިމާރާތުގައި ދަރިވަރުން ކިޔަވަން އެކަށީގެން ނުވުމުންނެވެ. އެއަށްފަހު އެ ދަރިވަރުންގެ ކިޔެވުން ކުރިން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން އައި އިމާރާތަށް ބަދަލުކުރިއެވެ. ނަމަވެސް އެތަނުގެ ޖާގަ ކުޑަވުމާއި އެހެނިހެން މައްސަލަތަކާއި ހުރެ ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަނީ ކުރީގެ ދަރުމަވަންތަ ސްކޫލްގައެވެ.
ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް އައު އިމާރަތެއް ހޯދުމަށް މީގެ ކުރިން ކުރި މަސައްކަތުން އޭރުގެ ސަރުކާރުން ނިންމީ ކުރީގެ ބައު ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އެ ސްކޫލްގެ އިމާރާތް އެޅުމަށެވެ. ނަމަވެސް އެ ބިމުން ބައެއް ޖަމާލުއްދީން ސްކޫލަށް ދިނުމާއި އަނެއްކާވެސް ޖާގައިގެ މައްސަލަތައް ދިމާވެ، ދެ ސްކޫލް އެއް ސަރަޙައްދެއްގައި އަޅައިފިނަމަ އެ ސަރަޙައްދަށް ބާރު ބޮޑުވާނެތީވެ ޢަރަބއްިޔާ ސްކޫލްގެ އައު އިމާރާތް ޢިޔާޒުއްދީން ސްކޫލްގެ ބިތްދޮށުގައި އޮންނަ 381 ނަމްބަރުކޮށި އޮންނަ ބިމުގައި އެޅުމަށް މި ސަރުކާރުން ނިންމިއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
