
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސަރުކާރުން ނިންމަވާފައިވަނީ މިހާރު ސޮއިކޮށްފައިވާ ބިންވެރިޔާ ސްކީމްގެ އެއްބަސްވުން އެގޮތަށް ބާއްވާފައި ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ދެފަރާތުން ސޮއިކުރުމަށްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކާމާއި ބިނާރަބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކާމާއި ބިނާރަބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް މިހެން ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ގޯތިތައް ރަޖިސްޓްރީކުރުމާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެނެވެ. ސަރުކާރުން ނިންމަވާފައިވަނީ މިހާރު ސޮއިކޮށްފައިވާ ބިންވެރިޔާ ސްކީމްގެ އެއްބަސްވުން އެގޮތަށް ބާއްވާފައި ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ދެފަރާތުން ސޮއިކުރުމަށްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކާމާއި ބިނާރަބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން މިހާރު ސޮއިކޮށްފައިވާ އެއްބަސްވުން އެގޮތަށް ބޭއްވުމަށްފަހު ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ދެފަރާތުގެ ސޮއިކުރުމަށް ނިންމީ އިތުރު ލަސްވުމެއް ނެތި އައު ރަޖިސްޓްރީތައް ހަދައި ގޯތިތައް ހަވާލުކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމުގެ ގޮތުންކަމަށެވެ. ބިންވެރިޔާ ސްކީމާއި ގުޅިގެން އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް ޢިއުލާނުކޮށް ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާކަމަށެވެ. އަދި އެކި ސަބަބުތަކާއި ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓު ސަރަޙައްދު ބަދަލުވެފައިވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. އަދި އެފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލައި އެފަރާތްތަލަށް ލިބޭ ޕްލޮޓްވަނީ އަލުން ކަނޑައަޅާފައެވެ. މިގޮތަށް ކަނޑައަޅައި އެފަރާތްތަކުގެ މެދުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށްތަކައި މިހާރުވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ފުށުއަރާކަންކަން ވުޒާރާއަށް ފާހަގަކުރެވިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
އެގޮތުން ބިމާބެހޭ ޤާނޫނުގައި، ދިރިއުޅުމަށް ބަންޑާރަ ގޯތި ދެވޭނީ އެމީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށްކަމުގައި ބަޔާންކޮށްފައިވާކަމަށް ވުޒާރާގެ ނޫސްބަޔާނުގައިވަނީ ވިދާޅުވެފައެވެ. ނަމަވެސް ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި އެއުސޫލުގެ ދަށުން ބިން ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތުކޮށްފައިވަނީ ހަމައެކަނި މާލެ ސަރަޙައްދުގައި ހިމެނޭ މާލެ ހުޅުމާލެ އަދި ވިލިނގިލިން ބިން ލިބިފައިވާ 600 އަކަފޫޓަށްވުރެ ކުޑަ ގޯތިތައް އެކަނިމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ދޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް ހަވާލުކުރެވި މިހާރު އިމަރާތްކުރުމުގެ މަސައްކަތް ފެށިފައިވުމާއެކު ގުޅިފަޅުން ގޯތިލިބުނު ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާޙުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އެވުޒާރާއިން ނުދެކޭކަމަށް އެނޫސްބަޔާނުގައިވަނީ ބަޔާންކުރައްވާފައެވެ. އެހެންކަމުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މެއި މަހުގެ 30 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރއަތުން އެފަރާތްތަކަށް ލިބުނު ގޯތި ހަވާލުކުރުން އަވަސްކުރުމަށް އައު ގޯތީގެ ރަޖިސްޓްރީ ނަންބަރާއި ގޯތީގެ ނަންބަރާއި ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން މިހާރު އެފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މަޢުލޫމާތާއި ގުޅޭ މާއްދާ އިސްލާޙުކުރުމަށްޓަކައި އެވުޒާރާއިން ގޯތި ހަވާލުކުރެވޭ ފަރާތްތަކާމެދު އެމެންޑުމަންޓް އެއްބަސްވުމުގައި ސޮއިކުރުމަށް އެވުޒާރާއިން ނިންމާފައިވާކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކާއި ދެމެދުވެފައިވާ އެއްބަސްވުމާއި، ބިމާއި ބެހޭ ޤާނޫނުގައި ފުށުއަރާ ކަންކަން ހައްލުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާއި މަޝްވަރާކޮށް އެކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
