
ރެއާލް މެޑްރިޑުން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފަށާނީ ސުމަލުން ކަމަށާއި ފަށާނީ ޓީމެއް ބިނާ ކުރުމަށް ކަމަށް ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ. އޭނާ މިހެން ބުނީ ކުލަބު ވޯލްޑް ކަޕުގެ ސެމި ފައިނަލުގައި ރޭ ޔޫރަޕުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އަތުން 4-0އިން ބަލިވުމުންނެވެ. މި މެޗަށް ނުކުތްއިރު ވެސް ރެއާލް މެޑްރިޑުގެ ދިފާއަށް އޮތީ މައްސަލަ ކުރުމަތިވެފަ އެވެ. ޑީން ހުއިސެން އަށް ރަތްކާޑު ދައްކާފައިވުމާއި ކަނާތު ބެކް ޓްރެންޓް އެލެގްޒެންޑާ އާނޮލްޑަށް އަނިޔާވެފައިވުމުންނެވެ. މިހެންވެ ރެއާލް މެޗު ފެށީ ބަދަލުތަކަކާއެކުގަ އެވެ. ނަމަވެސް އަލޮންސޯގެ ޕްލޭން ފޭލްވީ ފުރަތަމަ މިނިޓް ތެރޭގައި ޕީއެސްޖީން ދެ ގޯލު ޖެހުމުންނެވެ.
“އަހަރުމެން ކޮޅަށް އެހާ އަވަހަށް ދެ ގޯލު ވަނުމުން އެނގެނީ މިއަދު އަހަރުމެން މި ތިބީ (ޕީއެސްޖީ)ގެ ފެންވަރުގައި ނޫން ކަން. އަހަރުމެންނަށް މިއީ ހިތްދަތި ބައްޔެއް. ހަގީގަތުގައި ޓީމުގެ ބަލިފައިތައް ދެނެގެންނަން މިއީ ލިބުނު ފުރުސަތެއް،” ކޯޗު ބުންޏެވެ. މިދިޔަ ސީޒަން ނިމުމާއެކު ޓީމާ ހަވާލުވި އަލޮންސޯ ބުނީ ރެއާލް މެޑްރިޑް އަންނަ ސީޒަން ފަށާނީ ޓީމެއް ބިނާ ކުރުމުގެ ވިސްނުމުގައި ކަމަށެވެ. “ސީޒަން ފަށާނީ ސުމަކުން. މިހާރު މި އޮތީ ޓީމެއް ބިނާ ކުރަން ޖެހިފައި. ބަލިވުމަކީ ހެދުނު މިސްޓޭކްތަކާ އެއްޗެހި ރަނގަޅު ކުރަން ލިބޭ ފުރުސަތެއް. އަހަރުމެން މަސައްކަތް ކުރާނީ އެ ގޮތުގެ މަތީން،” ކޯޗު ބުންޏެވެ.
ރެއާލްއިން ވަނީ ސްޕެނިޝް ލީގު ފެށުން ފަސްކޮށްދޭން އެދިފަ އެވެ. އެއީ ކުލަބު ވޯލްޑް ކަޕަށް ފަހު މަދުވެގެން ހަ ހަފުތާ ބޭނުންވާތީ އެވެ. އެ ކުލަބުން ނިންމާފައިވަނީ މި މުބާރާތަށް ފަހު ތިން ހަފުތާ ކުޅުންތެރިންނަށް އަރާމު ކުރަން ދިނުމަށެވެ. އަނެއް ތިން ހަފުތާ ޕްރެކްޓިސް ކޮށްފައި ސީޒަން ފަށަން ރެއާލް އެދުނީ މި ހަފުތާގެ ކުރީކޮޅުގަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
