
ފަސޭހަ ކަމާއެކު ވަރުގަދަ ރެއާލް މެޑްރިޑް 4-0 އިން ބަލިކޮށް ފްރާންސްގެ ޕީއެސްޖީން ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ. ކްލަބް ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑާ ދެކޮޅަށް ޕީއެސްޖީ ވަނީ މެޗު ފެށިގެން ނުވަ މިނިޓުތެރޭ ދެ ގޯލު ޖަހައިފަ އެވެ. ހަ ވަނަ މިނިޓުގައި ފަބިއަން ރުއިޒް ފުރަތަމަ ލަނޑު ޖަހައިދިން އިރު އޭގެ ތިން މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ.
ޕީއެސްޖީ ފުރަތަމަ ހާފު ނިންމާލީ 24 ވަނަ މިނިޓުގައި ރުއިޒް ޖަހައިދިން ގޯލަކާ އެކު ތިން ގޯލުގެ ލީޑެއް ހޯދައިގެންނެވެ. މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ފަހު ލަނޑު ޖަހައިދިނީ ގޮންސާލޯ ރާމޯސް އެވެ.

ރޭގެ ސެމީ ފައިނަލް މެޗަކީ ރެއާލްގެ ކެޕްޓަން ލޫކާ މޮޑްރިޗް އެ ޓީމަށް ކުޅެދިން ފަހު މެޗެވެ. ރެއާލްގެ ކޯޗު ޒަބީ އޮލޮންސޯ ވަނީ އުމުރުން 39 އަހަރުގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު މިރޭގެ މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އަރުވައިފަ އެވެ. ރެއާލާ އެކު މޮޑްރިޗްގެ ކޮންޓްރެކްޓް ހަމަވެފައި ވާއިރު، އޭނާ ވަނީ ކްލަބް ވޯލްޑް ކަޕަށް ފަހު އޭސީ މިލާނާ ގުޅެން އެއްބަސް ވެފަ އެވެ. މި މެޗަށް ނުކުތް އިރު ރެއާލް މެޑްރިޑަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފަހު ވަގުތު ޓްރޭނިންގައި ޑިފެންޑަރު ޓްރެންޓް އެލެކްޒެންޑަ އާނޯލްޑަށް އަނިޔާވުމެވެ. މިއާ ގުޅިގެން އޭނާގެ މަގާމަށް މެޗުގައި ކުޅުނީ ފެޑެރިކޯ ވެލްވާޑޭ އެވެ.
އަންނަ އާދިއްތަ ދުވަހުގެ ރޭ މުބާރާތުގެ ފައިނަލުގައި ޕީއެސްޖީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީ ވަނީ ނިމިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ޗެލްސީ އަކީ މިދިޔަ ސީޒަނުގެ ކޮންފަރެންސް ލީގުގެ ޗެމްޕިއަނުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
