
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރެކޯޑު ޢަދަދެއްގެ ޑްރޯނާ އެކު ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. 2022ވަނަ އަހަރު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން ޔޫކްރެއިނަށް މިހާތަަނަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާ ދީފައި މި ވަނީ ރަޝިޔާގެ ރައީސް ވްލަޑްމީރު ޕޫޓިންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ޔޫކްރެއިނަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ބޭނުންކޮށްފައި ވަނީ 728 ޑްރޯނާއި 13 މިސައިލެވެ. މިއީ އެއް ޙަމަލާއެއްގައި ރަޝިޔާއިން މިހާ ގިނަ ޢަދަދެއްގެ ޑްރޯން ބޭނުންކުރި ފުރަތަމަ ފަހަރެވެ. އެ ޙަމަލާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ހުޅަނގުގެ ދިފާޢީ އިއްތިޙާދު, ނޭޓޯގެ މެންބަރު ޤައުމެއް ކަަމަށްވާ ޕޯލެންޑާއި ޔޫކްރެއިނާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ލޫސްކަށެެވެ. ނޭޓޯގެ މެންބަރު ޤައުމެއްގެ ސަރަޙައްދީ ރޮނގަށް ދޭ ޙަމަލާއަކީ ނޭޓޯއަށް ދެވޭ ޙަމަލާއެއްގެ ގޮތުގައި އެ އިއްތިޙާދުން ދެކެއެވެ.
ރަޝިޔާގެ ޙަމަލާގައި ލޫސްކަށް 50 ޑްރޯނާއި 5 މިސައިލް ޙަމަލާ ދީފައިވެއެވެ. އެ ޙަމަލާގެ ސަބަބުން ލޫސްކުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އެއީ މިހާތަނަށް ލޫސްކަށް ވެސް އަމާޒުކޮށްފައިވާ އެންމެ ވަރުގަދަ ޙަމަލާއެވެ. އެ ޙަމަލާ ދިނުމާއެކު ޕޯލެންޑްގެ އިތުރުން ނޭޓޯއަށް ނިޞްބަތްވާ ޤައުމުތަކުން ވަނީ އެ ސަރަޙައްދު ދިފާޢު ކުރުމަށް އަސްކަރީ ޖެޓުތައް ފޮނުވާފައެވެ. އެ ޙަމަލާގައި އެއްވެސް މީހަކު މަރުވި ކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. ލޫސްކުގެ އިތުރުން ޔޫކްރެއިންގެ އިތުރު ދިހަ ޕްރޮވިންސަކަށް ޙަމަލާތައް އަމާޒުވެފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އެ ޙަމަލާގެ ސަބަބުން ހުޅަނގު ޔޫކްރެއިންގަައި އެކަކު މަރުވެފައިވެެއެވެ. އޭގެ އިތުރުން ރަޝިޔާގެ ފައުޖާއި ޔޫކްރެއިންގެ ފައުޖުން ހަނގުރާމަ ކުރަމުންދާ ސަރަޙައްދާ ކައިރީގައި ވެސް ޑްރޯނާއި ބޮމުގެ ޙަމަލާއެއްގެ ސަބަބުން އަށް މީހުން މަރުވެފައިވެއެވެ.
ޒެލެންސްކި ވަނީ ރަޝިޔާއިން ދިން ޙަމަލާއިން ދައްކުވައިދެނީ ރަޝިޔާގެ އިޤްތިޞާދާއި އާމްދަނީއަށް އެނގުންވާފަދަ ވަރުގަދަ ފިޔަވަޅުތަކެއް އެ ޤައުމާ ދެކޮޅަށް އެޅުމުގެ މުހިންމުކަން ކަމަށެވެ. ރަޝިޔާއިން ބޭރުކުރާ ތެޔޮ ގަންނަ ޤައުމުތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ އަންގާރަ ދުވަހު ޓްރަމްޕް ވަނީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވާ ބިލަކަށް ތަޢީދުކުރުމާމެދު ވިސްނަވަމުންދާ ކަމަށް ވިދާޅުވެފައެވެ. ރަޝިޔާއިން ވިއްކާ ތެލާއި ގޭހާއި ޔުރޭނިއަމްއާއި އެހެނިހެން ތަކެތި ގަންނަ ޤައުމުތަކުން 500 އިންސައްތައިގެ ޓެރިފެއް ނެގުމަށް އެ ބިލުގައި ހުށަހަޅާފައިވެއެވެ.
ޔޫކްރެއިނަށް ފޯރުކޮށްދޭ އަސްކަރީ ހަތިޔާރު އިތުރުކުރުމަށް އެމެރިކާއިން ނިންމާފައިވާ ނިންމުމަކީ އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓެގަނުން މީގެ ދުވަސްކޮޅެއް ނިންމާފައިވާ ނިންމުމަކާ ފުށުއަރާ ނިންމުމެކެވެ. ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދެމުން ދަނިކޮށް ޕެންޓެގަނުން އޭރު ވަނީ ޔޫކްރެއިނަށް ފޯރުކޮށްދޭ ބައެެއް ހަތިޔާރު އެ ޤައުމަށް ފޮނުވުން މަޑުޖައްސައިލުމަށް ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
