
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ހުރިހާ ރައްޔިތުން، އެ ސަހަރުގެ ދެކުނުގައި އޮންނަ ރަފަޙްއަށް ޖަމާކުރުމުގެ ޕްލޭނެއް ރާވަން ޔަހޫދީންގެ ނިރުބަވެރި ފައުޖަށް އަންގާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ޔަހޫދިންގެ ދިފާއީ ވަޒީރު އިސްރާއިލް ކަޓްޒް ބުނި ގޮތުގައި، ޔަހޫދީންގެ ހީލަތްތެރި ވިސްނުމަކީ ރަފަޙަށް ފުރަތަމަ ގާތްގަނޑަކަށް 600،000 އެއްހާ ފަލަސްޠީނުގެ ރައްޔިތުން ޖަމާކުރުމެވެ. އޭގަފަހުގައި ޣައްޒާގައި ދިރިއުޅޭ 2.1 މިލިއަންގެ ފަލަސްޠީނުގެ މުޅި އާބާދީ އެ ސަރަޙައްދަށް ބަދަލުކުރެވޭނެކަމަށް އޭނާ ބުންޏެވެ.
އަދި އެތަނަށް ޖަމާކުރާ ފަލަސްޠީނުގެ ރައްޔިތުންނަށް އެތަނުން އެއްވެސް ގޮތަކަށް ނުނުކުމެވޭނެ ކަމަށާއި، ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު 60 ދުވަހަށް ޙަމަލާތައް މެދުކަނޑައިލުމަށް ކުރެވެމުންދާ މަޝްވަރާތަކަށްވާ ގޮތަކުން، ޙަމަލާތައް މެދުކަނޑާލެވޭ މުއްދަތުގައި، ރަފަޙަށް ޖަމާކުރާ ރައްޔިތުންނަށް ބޭނުންވާ ގެދޮރު އިމާރާތް ކުރަން ފެށޭނެ ކަމަށް އޭނާ ބުންޏެވެ. ގަދަބާރުން ޣައްޒާގެ ރައްޔިތުން އެހެން ސަރަޙައްދަކަށް ޖަމާކުރުމަކީ، ފަލަސްޠީނުގެ ރައްޔިތުން ނަޞްލު ހޭދަކުރުމުގެ ޢަމަލެއް ކަމަށް، އދ.އިން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރަން، މިވަގުތު އެމެރިކާއަށް ގޮސްހުރި، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މުޅި ޣައްޒާ އެމެރިކާއިން އަތްދަށުކޮށް، ޣައްޒާގެ ރައްޔިތުން ބާލަން ޓްރަމްޕް މީގެކުރިން ހުށަހަޅުއްވާފައިވާ ޕްލޭނަށް އަނެއްކާވެސް ތަޢުރީފްކޮށްފައެވެ.
ޓްރަމްޕް ބޭނުން ވަނީ ފަތުރުވެރިކަމަށް ޣައްޒާ ތަރައްޤީކޮށް، އެ ތަނުން މާލީ ނަފާ ހޯދުމެވެ. އެ ކަން ކުރުމުގެ ކުރިން ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ މީހުންގެ ބިންތައް ފޭރިގަންނަން ޖެހޭނެއެވެ. އަދި، އެ ކަން ކުރުމަށް ޔަހޫދީ ފައުޖުން ދަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޣައްޒާގެ މިލިޔަނެއްހާ ރައްޔިތުން ލީބިޔާއަށް ބަދަލު ކުރުމަށް އެމެރިކާއިން ރާވާފައިވާ ކަން ވެސް ފަޅާއަރާފައިވެއެވެ. އެކަމާ ގުޅޭގޮތުން، ޓްރަމްޕް އިއްޔެ ވިދާޅުވީ، އޭނާގެ އެ ތަސައްވުރަށް ސަރަޙައްދުގެ އެކި ޤައުމުތަކުން އެއްބާރުލުން ލިބޭނެ ކަމަށާއި، އެހެންކަމުން ކައިރި މުސްތަޤުބަލެއްގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ. ޓްރަމްޕްގެ ޕްލޭނާ ދެކޮޅަށް، ޢަރަބި ލީގުން ވަނީ ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތުކޮށް، އަމިއްލަ ވަޒަނުގައި ދިރިއުޅެވޭނެ މަގު ހޯދަން 53 ބިލިއަން އެމެރިކާ ޑޮލަރުގެ ޕްލޭނެއް ފާސްކޮށްފައެވެ.
ނަމަވެސް، އެއްވެސް ޙާލަތެއްގައި ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނުބޭލޭނެކަމަށް ޢަރަބި ލީގުން މިދިޔަ މާޗް މަހު ވެސް ބުނެފައިވެއެވެ. ފަލަސްޠީނުގެ މިނިވަން ކަމަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީން ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ވެސް ހިންގަން ފަށާފައެވެ. އެ ކަމުގައި ވެސް ޔަހޫދީންނަށް އެންމެ ބޮޑަށް އެއްބާރުލުން ދެނީ އެމެރިކާއިންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 57,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާ ޞިއްޙީ އިދާރާއިން ހާމަކޮށްފައިވާއިރު، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ ޝަހީދުންގެ އަދަދު 61,700އަށް އަރާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
