
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ބަންގްލަދޭޝްގައި ދަރިވަރުން އިސްވެ ކުރި މުޒާހަރާތައް ހުއްޓުވަން، ބަޑިޖަހައި، މުޒާހަރާގެ ބައިވެރިން މަރަން، އޭރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އެންގެވިކަން ހާމަވެއްޖެއެވެ. މިދިޔަ މާޗް މަހުގެ ތެރޭގައި ލީކުވި އޯޑިއޯގައި، ކޮންމެވެސް މީހަކަށް ފޯނުން ގުޅުއްވައި، ލައިވް ވަޒަން ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހަން ސިފައިންނަށް ހުއްދަ ދެއްވިކަމަށް ވިދާޅުވެއެވެ. އެ އޯޑިއޯގެ ސައްޙަކަން އިނގިރޭސިވިލާތުގެ ބީބީސީ ނޫހުން ވެސް ވަނީ ކަށަވަރުކޮށްފައެވެ.
ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ މުޒާހަރާ ކޮށްފައެވެ. މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުންކޮށް, ގިނަ ޢަދަދެއްގެ ދަރިވަރުން މަރައިލުމުން މުޒާހަރާތައް ހޫނުވެ އެންމެ ފަހުން ޙަސީނާ ބޮޑުވަޒީރު ކަމުން އިސްތިޢުފާ ދިނުމަށް މަޖުބޫރު ވިއެވެ. އޮގަސްޓު މަހުގެ 5ވަނަ ދުވަހު އިސްތިޢުފާ ދެއްވުމަށް ފަހު ޤައުމު ދޫކޮށް ވަޑައިގަންނަވައި ޙަސީނާ މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އަވަށްޓެރި އިންޑިޔާގައެވެ. ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި، 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ޙަސީނާ އިންޑިޔާއަށް ވަޑައިގެންނެވި ފަހުން ބަންގްލަދޭޝްގެ ކޯޓުތަކުގައި އޭނާއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ވަނީ ބަލަން ފަށައިފައެވެ. ޙަސީނާގެ ޣައިރު ހާޒިރުގައި ހިންގަމުންދާ އެ ޝަރީއަތްތަކުގައި، ހެކީގެ ގޮތުގައި ލީކުވެފައިވާ އޯޑިއޯ ބޭނުންކުރަން ޕްރޮސެކިޔުޓަރުން ވަނީ ނިންމައިފައެވެ. ނަމަވެސް، އެ އޯޑިއޯގެ ސައްޙަކަމާއި ޙަސީނާއަށް ކުރާ ތުހުމަތުތައް، އޭނާގެ ޕާޓީ، އަވާމީ ލީގުން ވަނީ ތަކުރާރުކޮށް ދޮގުކޮށްފައެވެ. ބީބީސީ ނޫހުން ބުނީ، 18 ޖުލައި 2024 ގައި އެ ފޯނު ކޯލު ކުރެއްވި ވަގުތު، ޙަސީނާ ހުންނެވީ ރަސްމީ ގެކޮޅުގައިކަން ޔަޤީންކުރެވިފައިވާ ކަމަށެވެ. އަދި ބަންގްލަދޭޝްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ވެސް ވަނީ، އެ އޯޑިއޯގައި އިވެނީ، ޙަސީނާގެ އަޑުފުޅުކަން ޔަޤީންކޮށްދީފައެވެ.
މީގެއިތުރުން، ބީބީސީ ނޫހުން ވަނީ، ‘އިޔަރޝޮޓް’ ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ވެސް އެ އޯޑިއޯގެ ސައްޙަކަން އިތުރަށް ޔަޤީންކޮށްފައެވެ. މިގޮތުން، އެ އޯޑިއޯގައި އޭއައި ބޭނުންކޮށްގެން ޙަސީނާގެ އަޑުފުޅަށް އެއްވެސް އުނި އިތުރެއް ގެނެސްފައިވާކަމުގެ ނިޝާނެއް ނެތް ކަމަށް ވެސް އެ ކުންފުންޏާ ޙަވާލާދީ، ބީބީސީ ނޫހުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
