
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއި ބެހޭ ވުޒާރާ)
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު، އެ ވުޒާރާގެ މަސައްކަތްތައް ރަށްރަށުގައި އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ރަށްރަށުގައި ތިއްބަވާ މުވައްޒަފުންނާއެކު މަޝްވަރާކުރައްވައިފިއެވެ. އަތޮޅުތެރޭގައި ތިއްބަވާ މުވައްޒަފުންނާއި އޮންލައިންކޮށް ބައްދަލުކުރައްވައި ވަޒީރުވަނީ ރަށްރަށުގައި ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ހިންގާ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިޔުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިހާރު ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ބައިވެރިންވަނީ ހިއްސާކުރެއްވިއެވެ.
ކުޅިވަރު ވުޒާރާއިން އަންނަނީ ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމަށް ހަށިހެޔޮ ރާއްޖެ މި ނަމުގައި ހާއްސަ ޕްރޮގްރާމުތަކެއްވެސް ހިންގަމުންނެވެ. ހަށިހެޔޮރާއްޖެ ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް މިދިޔަ އަހަރު ވަނީ މުޅިރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް، ހަ ޒޯނަކަށް ރަށްތައް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ. އަދި އެކި ކުޅިވަރުތަކަށް ހާއްސަ ކޯޗުންނާއި އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް އަންނީ ހިންގަމުންނެވެ.
މީގެ އިތުރުން ރަށްރަށުގައި އައުޓްޑޯ ޖިމްތަކާއި އެހެނިހެން ކުޅިވަތުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުންފުނިތަކާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާކަން ފާހަގަ ކުރެވެއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ރާފިޢު ގެންދަވަނީ ދާއިރާތަކުގެ މަޖިލީސް މެންބަރުންނާއި ކައުންސިލުތަކާއިވެސް ބައްދަލުކުރައްވަމުންނެވެ. މި ބައްދަލުކުރެއްވުންތަކުގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް ރަށްރަށުގައި ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން އަންނަނީ މަޝްވަރާކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
