
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ. ލީގު ޗެމްޕިއަންކަން ސިފައިންގެ ކުލަބަށް ކަށަވަރުވީ މިއަދު ހަވީރު ކުޅުނު މެޗުގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު އަތުން 3-1 ސެޓުން ހުރާ ކޮމިއުނިޓީ ކުލަބު ބަލިވުމުންނެވެ. އެއާއެކު މިރޭ ކުޅުނު ފަހު މެޗުގައި ސިފައިންގެ ކުލަބުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އެ މެޗުން ސިފައިން ވަނީ ސީދާ ތިން ސެޓުން ކުލަބު އެޗްޑީސީ އަތުން ބަލިވެފައެވެ.
މި އަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ސިފައިންގެ ކުލަބުން ހޯދާފައިވަނީ ކުޅުނު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ ދަނޑިމަގަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބުނުއިރު، ތިންވަނަ ހޯދި އެޗްޑީސީއަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި ނިންމި ހުރާއަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ފުލަށްދިޔަ ޕޮލިސް ކުލަބަށް ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. އެއާއެކު ޕޮލިސް ކުލަބު ވަނީ ކުރިއަށް އޮތް ގައުމީ މުބާރާތަށް ކޮލިފައިނުވެ ކަޓާފައެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުން ސީދާ ތިން ސެޓުން ސިފައިން ބަލިވިއިރު، މި މެޗުގެ ސެޓުތައް އެޗްޑީސީން ގެންގޮސްފައިވަނީ 25-22، 25-22 އަދި 28-26 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ބިދޭސީ ކުޅުންތެރިޔާ ސެބާސްޓިއަން ގިރާލްޑޯ ގޯމޭޒްއެވެ.
މި މެޗަށްފަހު “ޕީއެސްއެމް ނިއުސް” އަށް ދިން އިންޓަވިއުއެއްގައި ސިފައިންގެ ކުލަބުގެ ކޯޗު ޖުނައިދު އަބްދުﷲ ބުނީ މި ސީޒަނުގެ ފުރަތަމަ ދެ މުބާރާތް ސިފައިންގެ ކުލަބުން ކާމިޔާބުކުރުމުގައި ޓީމުގެ ކުޅުންތެރިންގެ ބުރަ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށެވެ. އެކޮތުން އެކަތިގަނޑެއްގެ ގޮތުގައި ސިފައިންގެ ކުލަބުގެ ކުޅުންތެރިން ދައްކާ ކުޅުން އޭނާ ވަނީ ފާހަގަކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މީގެ އިތުރުން ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ދަނޑިމަގު މޮޅުވިއިރު، މި މެޗުގެ ފުރަތަމަ ދެ ސެޓު ގެންގޮސްފައިވަނީ އެ ޓީމުންނެވެ. މި ދެ ސެޓު ދަނޑިމަގުން ގެންދިޔައީ 25-17 އަދި 25-20 އިންނެވެ. އެކަމަކު ހުރާއިން ވަނީ ޖެހިގެން އައި ސެޓު ވާދަވެރި ކުޅުމަކަށްފަހު 32-30 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ހަތަރުވަނަ ސެޓުގައި ދަނޑިމަގުން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން މި ސެޓު ގެންގޮސްފައިވަނީ 26-24 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަނޑިމަގުގެ އަލީ ހުޒާމް (ހުޒާންޓެ) އެވެ.
މި ފަހަރުގެ ގައުމީ ލީގުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުންނަނީ ދަނޑިމަގުގެ ހުޒާމް އާއި ސިފައިންގެ ކުލަބުގެ އާދަމް ނަސީމް (އެޑަމް) އެވެ. އަދި އެންމެ މޮޅު މިޑްލް ބްލޮކަރުންނަށް ހޮވިފައިވަނީ ސިފައިންގެ ކުލަބުގެ އާދަމް ފައިރޫޒް އާއި އެޗްޑީސީގެ މުޙައްމަދު އަހުސަންއެވެ. ލީގުގެ އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިއަކަށް އެޗްޑީސީގެ ޝަމާއީލް ހުސެއިން ހޮވުނުއިރު، އެންމެ މޮޅު ސެޓަރަކީ ސިފައިންގެ ކުލަބުގެ ކެޕްޓަން ހުސެއިން ޝާހިދު (ޝާޑު) އެވެ. ލީގުގެ އެންމެ މޮޅި ލިބަރޯއަކަށް ދަނޑިމަގުގެ އަޙްމަދު ނަބީލު ހޮވުނުއިރު، އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައިވަނީ ސިފައިންގެ ކުލަބުގެ ކޯޗު ޖުނައިދެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ސިފައިންގެ ކުލަބުގެ ލުއިޒް ފިލީޕޭ ފެރެއިރާ ހޮވުނުއިރު، ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ކުލަބުގެ ހުސައިން ރަޒާންއެވެ. މި ފަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ސިފައިންގެ ކުލަބުން ހޯދިއިރު، މިރޭ ކުޅުނު ލީގުގެ ފަހު މެޗާއި އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
