
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ފީފާ) ގެ އެފީހެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓަވަރުގައި ހުޅުވައިފިއެވެ. އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓްރޮފީ ދައްކާލަން ބަހައްޓާފައި ހުންނާނީ މި ޓަވަރުގަ އެވެ. އެއީ އާދިއްތަ ދުވަހު ކުޅޭ ފައިނަލް މެޗާ ހަމައަށްވެ. މިހެންވެ މިހާރު ގަބޫލު ކުރެވިފައިވަނީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ވެސް ދައްކާލަން ބަހައްޓާފައި ދެން ހުންނާނީ މި ޓަވރުގައި ކަމަށެވެ. ޓްރަމްޕް ޓަވަރުގައި އޮފީސް ހުޅުވިތާ އެއް ދުވަސް ފަހުން އިއްޔެ ބޭއްވި އެމެރިކާގެ ކެބިނެޓް މީޓިންގައި ޓްރަމަޕް ވަނީ އާދިއްތަ ދުވަހު ކުޅޭ ފައިނަލް މެޗު ބައްލަވާ ލައްވަން އޭނާ ވަޑައިގަންނަވާނެކަން އިއުލާނު ކުރައްވައިފަ އެވެ. މެޓް ލައިފް ސްޓޭޑިއަމުގައި ކުޅޭ ފައިނަލް މެޗުގައި އެއް ކޮޅުން ބައްދަލު ކުރާނީ އިނގިރޭސި ވިލާތުގެ ޗެލްސީ އެވެ. އަނެއް ކޮޅުން ޔޫރަޕުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ ނުވަތަ ޔޫރަޕުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ސްޕޭނުގެ ރެއާލް މެޑްރިޑެވެ.
ޓްރަމްޕް ޓަވަރުގައި އޮފީސް ހުޅުވުމަށް ފަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ކުލަބު ވޯލްޑް ކަޕާއި ވޯލްޑް ކަޕަށް ވެސް އެމެރިކާގެ ސަރުކާރާއި އެ ގައުމުގެ ރައީސާއި ވައިޓް ހައުސް ޓާސްކް ފޯސް އޮފީހުގެ ވަރަށް ބޮޑު އެއްބާރު ލުމެއް ލިބެމުންދާ ކަމަށެވެ. އެމެރިކާގައި ވޯލްޑް ކަޕް ބާއްވނަ ތައްޔާރުވާއިރު ޓްރަމަޕްގެ އިމިގްރޭޝަން ޕޮލިސީގެ ސަބަބުން ގިނަ ގައުމުތަކަށް އެމެރިކާ އަށް ދަތުރު ކުރުމުގައި މައްސަލަތަކެއް ދިމާވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި މިހާރު ވެސް އޭނާގެ ސަރުކާރުން ވަނީ 12 ގައުމަކާ ދެކޮޅަށް ދަތުރު ފަތުރު ކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ރޮއިޓާސްއިން ބުނާ ގޮތުގައި މިއަދަދު 36 އަށް އިތުރު ކުރަން އެމެރިކާގެ ސަރުކާރުން ވަނީ ނިންމާފައި ކަމަށެވެ. ނަމަވެސް އިންފަންޓީނޯ ވިދާޅުވީ ވޯލްޑް ކަޕަށް އެމެރިކާއިން މުޅި ދުނިޔެ އަށް މަރުހަބާ ކިޔާނެ ކަމަށެވެ.
އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ 1994 ވަނަ އަހަރަށް ފަހު އެ ގައުމުގައި ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ މުބާރާތް ބާއްވަނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ވެސް ގުޅިގެންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
