
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރާއްޖޭގެ އިގުތިސާދު މަޑުމަޑުން ހަމައަކަށް އެޅެމުން އަންނާތީ ފާއިތުވި މަސްތަކުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހުރީ 64.72 އެމެރިކާ ޑޮލަރުގަ އެވެ. ނަމަވެސް ބައިނަލްއަގުވާމީ ބާޒަރުގައި ރާއްޖޭގެ އިގުތިސާދަށް އިތުބާރު ހުރި މިންވަރު ދައްކުވައިދޭ، ސުކޫކްގެ އަގު މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ 87.44 އެމެރިކާ ޑޮލަރަށް އުފުލިފަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށް ވާ ފައިސާ މި ސަރުކާރުން އަންނަނީ ގަވާއިދުން ދައްކަމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސުކޫކުގެ ދަށުން ކޮންމެ އަހަރަކު ދެ ކޫޕަން ޕޭމެންޓު އިންވެސްޓަރުންނަށް ދައްކަން ޖެހޭއިރު، އެންމެ ފަހުން ކޫޕަން ޕޭމަންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދެއްކީ މިދިޔަ އޭޕްރީލް މަހު އެވެ. މި އަހަރުގެ ދެވަނަ ކޫޕަން ޕޭމަންޓު ދައްކަންޖެހޭނީ އަންނަ އޮކްޓޯބަރު މަހު އެވެ. ކުރީގެ ސަރުކާރުން 9.875 ޕަސެންޓު އިންޓްރެސްޓް ރޭޓުގައި ނެގި ސުކޫކު ލިސްޓުކޮށްފައި ވަނީ އަބޫ ދާބީގެ ސްޓޮކް މާކެޓުގަ އެވެ. ސްކޫކްގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިގުތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސުކޫކު މެޗުއާވެ، ޖުމްލަ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭނީ 2026 ގަ އެވެ. ބޭރުން ނަގާފައިވާ އެހެން ލޯނުތަކާ އެކު، އެ އަހަރު ދައުލަތުން އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭނެ އެވެ. އެ ބުރަ ކުޑަކުރުމަށްޓަކައި، ދަރަނިތައް ރީފައިނޭންސިން ޕެކޭޖެއް ހަމަޖެއްސުމުގައި ދޭދޭ ގައުމުތަކާ އެކު ކުރަމުން އަންނަ މަޝްވަރާތަކުން ކުރިއެރުންތައް ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
