
އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރެޓު ގެއްލުނުކަން އެނގުނީ އެ ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު ކަސްޓަމްސް އަށް އަންގައި އޭގެ ފަހުން ސްޓޮކް ގުނުމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ. ނާޒިމް މިކަން ހާމަކުރެއްވީ ދެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލަ އާއި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ވަގަށް ބޭލި މައްސަލައިގައި މަޖިލީހުގެ 241 ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގަ އެވެ. އާއްމުކޮށް ހުޅުވާލައިގެން ބޭއްވި އެ ބައްދަލުވުމުގައި، ހޯކްސް މައްސަލައިގައި ތައްޔާރުކުރި ރިޕޯޓުގައި ކަސްޓަމްސްއާ ގުޅޭ ބައެއް ކަންކަން ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓްގައި، އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ރަޖިސްޓްރީގައިވާ ބޮންޑެޑް ވެއާ ހައުސްގައި ހުއްޓައި ގެއްލުނު 575 ސިނގިރޭޓް ކޭހުގެ މައްސަލަ ހިމެނެ އެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ ސިނގިރޭޓު ކޭސްތައް މަދުވިކަން އެނގުނީ ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު އެކަން ކަސްޓަމްސް އަށް އަންގައި، އަލުން ސިނގިރޭޓުތައް ގުނުމުން ކަމަށެވެ. މިއީ، އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ދުރާލައި ރާވައިގެން ހިންގި “ޖަރީމާ” އެކެވެ.
“ވަރަށް ސާފުކޮށް އެއް މެނޭޖްމަންޓުން އަނެއް މެނޭޖުމަންޓަށް ކުންފުނީގެ ވެރިކަން ބަދަލުވެފައި މި އޮތީ. ބަދަލުކުރުމަށް ފަހު ސިނގިރޭޓުތައް މި ވަނީ އެ ތަނުން ނެރެ، ވަގަށް ވިއްކާލާފައި،” ނާޒިމް ވިދާޅުވި އެވެ. ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުގައި އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުންނަށް ތިބީ މުހައްމަދު ޝަރީފާއި އަބްދުލް އަހަދު އަދުނާނެވެ. އެ މީހުން އެ ކުންފުނީގެ ޑިރެކްޓަރުންނަށް އައްޔަންކުރީ ޖެނުއަރީ 14، 2024 ގަ އެވެ. ބޮންޑެޑް ވެއާ ހައުސްއަށް އަށް އެ ކުންފުނީގެ ދަށުން ހުއްދަ ދީފައި އޮތީ ނޮވެމްބަރު 2023 ގަ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެގްޒޯޓިކްގެ ހިއްސާ ފަހުން ލިބުނީ މާލީ ގާބިލްކަމެއް ނެތް ބަޔަކަށެވެ. އެ މީހުންގެ އަތުން އެއްވެސް މަންފާއެއް ނުލިބި، ކުންފުނީގެ އަސްލު ވެރިން ހިއްސާ ދޫކޮށްލާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނާޒިމް ތުހުމަތުކުރެއްވި ގޮތުގައި އެގްޒޯޓިކްގެ ހިއްސާ ބަދަލުކުރީ ކަސްޓަމްސްގެ ބައިވެރިވުމާއެކުގަ އެވެ. “މި ހުންނަނީ ބޮޑެތި މައްސަލަތައް،” ނާޒިމް ވިދާޅުވި އެވެ. ސިނގިރޭޓު އެތެރެކުރިއިރު [އޭގެ އަގު] 30-40 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ތުހުމަތުކުރެއްވި ގޮތުގައި އެއީ ވިޔަފާރިވެރިއަކު އަޑީގައި ހުރެގެން ފަންޑުކޮށްގެން ހިންގާފައިވާ ބޮޑު ހިޔާނާތެކެވެ. އެކަމުގެ ސަބަބުން ދައުލަތަށް 67 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ކަސްޓަމްސް އިން ވަނީ ސިނގިރޭޓަށް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލާގައި 67 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްދިނުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ކުރިން ހުށަހަޅައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
