
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް، އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ސްމާޓް މީޓަރަށް ބަދަލުކޮށް ނިމޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ. ސްޓެލްކޯއިން ކަރަންޓު ދެމުން އަންނަ 35 ރަށުގެ ތެރެއިން ސްމާޓް މީޓަރު ހަރުކޮށްފައި ހުންނަނީ މާލޭގައި ހަމައެކަނި ހިޔާ ފްލެޓްތަކުގަ އެވެ. އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ތަނެއްގައި ސްމާޓް މީޓަރު ހަރުކޮށް ތިން އަހަރު ތެރޭ ނިންމަން އިއުލާން ކުރީ މިދިޔަ އަހަރު އޮގަސްޓުގަ އެވެ.

(ފޮޓޯ ކްރެޑިޓްސް: ސްޓެލްކޯ)
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ހިޔާ ފްލެޓްގެ މީޓަރުތަކަށް ސްމާޓް އެޕްލިކޭޝަނެއް ތައާރަފް ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: ސްޓެލްކޯ)
“ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާ އެކު ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރާ މިންވަރު ވެސް ފެންނަމުންދާނެ،” ފަހުމީ ވިދާޅުވި އެވެ. ފަހުމީ ވިދާޅުވީ އެ ހިދުމަތާ އެކު ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިގްތިސާދު ކުރެވި، ކަރަންޓަށް ކުރާ މާލީ ހަރަދު ކުޑަކުރެވުމެވެ.

(ފޮޓޯ ކްރެޑިޓްސް: ސްޓެލްކޯ)
ސްމާޓް މީޓަރު އެޕްލިކޭޝަނުން އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ އިތުރުން ސްޓެލްކޯ ކެއާ މެދުވެރިކޮށް ކަސްޓަމާ ސާވިސް މުވައްޒަފުންނާ މުއާމަލާތު ވެސް ކުރެވޭނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
