
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޕީއެންސީ މެންބަރުން ބޭނުންވާނަމަ ގާނޫނުއަސާސީ އިސްލާހުކޮށް، ރައީސުލްޖުމްޙޫރިއްޔާގެ ދައުރު 50 އަހަރަށް ވެސް ބަދަލުކުރެވިދާނެ ކަމަށާއި، އެހެންނަމަވެސް މިއަދު އެ މެންބަރުން އެ ސާބިތުކޮށްދިނީ އެ ނާޖާއިޒު ފައިދާ ނުނަންގަވާނެކަން ކަމަށް މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮތީ ސަރުކާރުގެ ފަރާތުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލުގެ ބަހުސެވެ. އެ ބިލަށް ބަހުސްކުރައްވައި މެންބަރު ރިފާއު ވިދާޅުވީ މިއަދު ޕީއެންސީ މެންބަރުން ބޭނުންވެއްޖެނަމަ ރައީސުލްޖުމްޙޫރިއްޔާގެ ޓާމް ވެސް ‘ދުއްވާލެވިދާނެ’ ކަމަށެވެ. އަދި މިވަގުތު ގާނޫނުއަސާސީ އޮތް ގޮތުން ރައީސުލްޖުމްޙޫރިއްޔާގެ ޓާމަކީ 15 ނުވަތަ 50 އަހަރަށް ވެސް ހެދިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އެ އާ ޚިލާފަށް މިއަދު އެ މެންބަރުން ނިންމީ ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެފަދަ ނިންމުމެއް ނިންމުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ގާނޫނު އިސްލާހުކުރުން ކަމަށް ރިފާއު ވިދާޅުވިއެވެ. އެކަމުން ވެސް އަންގައިދެނީ ރައީސުލްޖުމްޙޫރިއްޔާއަށް މިއަދު ނެގެން ހުރި ނާޖާއިޒު ފައިދާތައް ވެސް އެމަނިކުފާނު ނުނަންގަވާނެ ކަމުގެ ސާބިތުކަން ކަމަށް ރިފާއު ވިދާޅުވިއެވެ.
މިއަދު މިތާ މި ތިއްބަވާ މެންބަރުން ބޭނުންކަމަށް ވާނަމަ 50 އަހަރަށް ވެސް ދައުރު ބަދަލުކޮށްލެވިދާނެ. ގާނޫނުއަސާސީން އެ ޖާގަ އެބަދޭ. އެހެންނަމަވެސް އަޅުގަނޑުމެން އެ ޖާގަތައް މި ދޫކޮށްލަނީ ރައްޔިތުންގެ ޚިޔާލަށް. މި ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ހުރި ހުރިހާ މާއްދާތައް ރައްޔިތުންގެ ޚިޔާލާއެކީ ނޫން ގޮތަކަށް ގާނޫނުއަސާސީ ބަދަލުނުކުރެވޭ ގޮތަށް އަޅުގަނޑުމެން މި ގާނޫނު މި ހަދަނީ. މިއަށްވުރެ އުފާވެރިކަމެއް ކޮބައިތޯ؟މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
ރިފާއު ވިދާޅުވީ މަޖިލިސް މެންބަރުންނަކީ ރައްޔިތުންގެ ބާރުވެރިކަން ހޯދުމުގެ ޒިންމާ މަތިކޮށްފައިވާ ބަޔަކަށްވިއިރު، އެ މެންބަރުން މިއަދު ކުރަނީ ސީދާ އެކަން ކަމަށެވެ. އަދި އެއީ ރައީސް މުއިއްޒު ފެށުނީއްސުރެ ވެސް އެދިވަޑައިގެންނެވި އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގައި ޖުމުލަ 93 މެންބަރުން ތިއްބަވާއިރު އޭގެ ތެރޭގައި ޕީއެންސީގެ 75 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން ފަސޭހަ ކަމާއެކު ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އެ ޕާޓީއަށް އެބައޮތެވެ. މީގެ ކުރިން އެކަން ވަނީ ކޮށްފަވެސްމެއެވެ.
މިހާރު އިލެކްޝަންސް ކޮމިޝަންގެ ގާނޫނު އޮތް ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގެން ނެތް ނަމަވެސް، މިހާރު ހުށަހަޅާފައި އޮތް ބިލަކީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް މަގުފަހިކުރާނެ ބިލެކެވެ.

(ފޮޓޯ ކްރެޑިޓްސް: ސަން)
މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފަލާހު ފާހަގަކުރައްވާފައި ވަނީ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އާންމު ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ.
އާންމު ވޯޓު ނެގޭނެ ކަންކަން
- ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަން
- ގައުމީ މުހިންމު މައްސަލަތައް
- ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ މާއްދާ
- ރައްޔިތުންގެ މަޖިލީހުގެ އުމުރު
- ރިޔާސަތުގެ ދައުރު
- ރައީސުލްޖުމްޙޫރިއްޔާ އިންތިޚާބުކުރާ ގޮތް
- ރައީސުލްޖުމްޙޫރިއްޔާ ބިލު ތަސްދީގުކުރުން
- ދިވެހިރާއްޖޭގެ ސަރަހައްދު
މިހާރު ހުށަހަޅާފައި އޮތް ބިލުގައި ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި، ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަ ވެގެން 90 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
