
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހުޅުމާލެއަކީ ރާއްޖޭގެ ފައިނޭންޝަލް ކެޕިޓަލަށްވުމުގެ ފުރުސަތު ވަރަށް ބޮޑު ތަނެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މޭސްތިރިޔާ މުހައްމަދު މައުރޫފް ޖަމީލް ރޭ ވިދާޅުވެއްޖެއެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ނަމުގައި ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި މާލީ ފްރީ ޒޯނެއް ގާއިމުކުރުމަށް މި ސަރުކާރުން ވަނީ ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ހަވާލުކޮށްފައެވެ. އެ ތަނުގެ ބިންގާ މިދިޔަ މެއި މަހުގެ 5 ވަނަ ދުވަހުގައި އެޅި އިރު، މިއީ 8.8 ބިލިއަން ޑޮލަރުގެ ވަރަށް ބިޔަ މަޝްރޫއެކެވެ.
ޕީއެސްއެމްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ހުޅުމާލެއަކީ ރާއްޖޭގެ ފައިނޭންޝަލް ކެޕިޓަލްއަށް ވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތް ތަނެއް ކަމަށެވެ. ހުޅުމާލެ ކޮޅުގައި މިހާރު އުފެދިގެން އެ ދަނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“އެ ޕްރޮޖެކްޓް ރަނގަޅަށް ދާ ކަމަށްވާ ނަމަ، ރާއްޖޭގެ ފައިނޭންޝަލް ކެޕިޓަލެއް އުފެދުމުގެ ފުރުސަތު އެބައޮތް. އެއީ ހުޅުމާލޭގެ މުސްތަގުބަލަކީ. އެ ކަންތައްތައް ރިއަލައިޒްވާނެ. ވީމަ ވަރަށް ބޮޑު ކަމެއް އެ ކުރެވުނީ. އެހެން ތަފާތު ލެވެލްއަކަށް އެ ގެންދެވުނީ،” މައުރޫފް ވިދާޅުވިއެވެ. “ކޮލިޓީ އޮފް ލައިފް އަދި ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކޮންޓްރިބިއުޓް ކުރެވޭނެ އެންމެ ބޮޑު އެއް ކަމަކަށް ވެގެން ދާނެ އެ ކަންތައް. ފައިނޭންޝަލްް ކެޕިޓަލެއްގެ ގޮތުގައި އުފެދިގެން ދިއުން،”

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ މާލީ ޒޯން ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ 78،000 އަކަފޫޓުގެ ބޮޑު ބިމެއްގައި 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށެވެ. އަދި ދުވާލެއްގެ މައްޗަށް އެ ސަރަހައްދަށް 35،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވެއެވެ.
މި ސެންޓަރު، 2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރާވާފައިވާއިރު، އެމްއައިއެފްސީގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ސެންޓަރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވަން ވަނީ ރާވައިފައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި ޕްލޭންގައި ހިމެނެނީ ބައިނަލްއަގުވާމީ މައި އޮފީސްތަކާއި ސަރަހައްދީ އޮފީސްތަކަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި މިސްކިތެއްގެ އިތުރުން އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތަކެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި މަޝްރޫއުގެ މަގްސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމާ އެކު، ފަސް ވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީ އާމްދަނީއެއް ހޯދަން މަސައްކަތް ކުރުމެވެ. އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބޭއިރު، ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނެ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފައިސާގެ އެކި ގޮތްގޮތުން މުއާމަލާތް ކުރެވޭ ބޭންކިން ހިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިން ހިދުމަތް ލިބޭނެއެވެ.
ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބޮޑު ބަދަލުތަކެއް ގެނެސް، ރިވައިޒް ކުރި ޕްލޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށް ދެއްވާފައި ވަނީ މިދިޔަ މެއި 26 ގައެވެ. މާސްޓާ ޕްލޭންގައި އެންމެ ބޮޑު އެއް ބަދަލަކީ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހައި ބިން ހިއްކައިގެން އެއްކޮށް ގުޅުވާލުމެވެ. ކުރިން ހުޅުމާލެ ތިން ވަނަ ފިޔަވައްސަށް ކަނޑައަޅާފައި ވަނީ އެންމެ ކަނެކްޝަނެކެވެ. މި ގެނައި ބަދަލާއެކު 11 މަގަކުން ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅޭނެއެވެ. މީގެއިތުރުން، ހުޅުމާލެ ބަނދަރު ސަރަހައްދު ވަރަށް ބޮޑަށް ބާރު ބޮޑުވެފައިވާތީ، އެކަމަށް ހައްލެއް ގެނައުމަށް ވެސް ޕްލޭންގައި ހިމަނާފައިވެއެވެ. އޭގެއިތުރުން އިސްލާމީ މަރުކަޒެއް ބިނާކުރުމާއި ފަރުކޮޅުފުށި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ސެންޓްރަލް ޕާކަށް ބަދަލުކުރުމާއި ދަރުބާރުގެއެއް އިމާރާތް ކުރުމާއި ހުޅުމާލެ ބަނދަރު ބޮޑުކޮށް، ޒާމާނީ ފެންވަރުގެ ފެރީ ޓާމިނަލެއް އެޅުމަށް ވެސް ޕްލޭންގައި ހިމަނާފައިވެއެވެ.
އަދި ސަފާރީ މެރީނާ އާއި ސްޕީޑް ބޯޓް މެރިނާއެއް ވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ތަފާތު 3 ވޯޓެއް، ކޮންމެ ވޯޓެއްގައިވެސް ރައްޔިތުންގެ އަޑު އިއްވުން މުހިންމު!
(ފޮޓޯ ކްރެޑިޓްސް: އިލެކްޝަންސް ކޮމިޝަން) ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އަދި ލޯކަލް ކައުންސިލް އިންތިޚާބަކީ ރައްޔިތުންގެ މަންދޫބުން ހޮވުމަށް ބާއްވާ...
“އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވަން ޚާއްސަ މަޖިލީހުގައި މަޝްވަރާކޮށްފައިވޭ”
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ކުރިން މަޝްވަރާކޮށްފައި ނުވާ ކަމަށް ދެކެވޭ ވާހަކަތައް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު...
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާޢީދު
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތަޢީދުކުރާކަން، މިދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ ޕާޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއިން ހާމަކޮށްފިއެވެ....
ގަލްފު ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ) އީސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ހާރިޖީ...
އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ؛ އީދު ހަވީރު 3 ދުވަހަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ ކަމަށާއި އަދި އީދު ހަވީރުގެ ހަރަކާތްތައް ތިން ދުވަހަށް ކުރިޔަށް ގެންދަން...
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން މި މަހުގެ 18ގައި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ) މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި މަހުގެ 18 ވާ ހޯމަ ދުވަހުގެ ރޭ...
