
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުމަށް ފަހު ވިސްނުން ހުރީ އެޑްވައިޒަރީއެއްގެ މަގާމުގައި މަސައްކަތް ކުރެއްވުމަށް ކަމަށް މައުރޫފް ޖަމީލް ރޭ ވިދާޅުވެއްޖެއެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރެއްވީ މީގެ ހަ މަސް ކުރިން މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހެވެ. މައުރޫފް ރިޓަޔާ ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 ގައެވެ. ދައުލަތުގެ މީޑިއާ އިން ގެނެސްދޭ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، މަގާމަކީ ވަރަށް ޕްރެޝަރު ބޮޑު މަގާމެއް ކަަމަށާއި، ސްކޭލް އޮފް އޮޕަރޭޝަން އެކަނިވެސް އެއީ ވަރަށް ބޮޑު ޕްރެޝަރެއް ކަމަށެވެ.
“މިކަހަލަ މަގާމެއްގައި ހުންނައިރު ހުންނާނެ ހުރިހާ ޕްރެޝަރެއްވެސް، އެއީ މަގާމާއެކު އަންނަ އެއްޗެއް، ހެނދުނު 8:00 ޖަހާއިރު ފަށާ ގޮތަށް ރޭގަނޑު ވަންދެން އުޅެން ޖެހެނީ މިކަމުގައި، ވަރަށް ހައި އިންޓެންސިޓީކޮށް، ސްޓްރެސްގައި އުޅޭނީ، އެއީ ދެން ޕާޓް އޮފް ދަ ޖޮބް،”. މައުރޫފް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ، ރިޓަޔާ ކުރެއްވުމަށް ފަހު އެޑްވައިޒަރީއެއްގެ ރޯލެއްގައި މަސައްކަތް ކުރުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށެވެ. “އެޑްވައިޒަރީގެ ރޯލެއްގައި ހުރީމަ ތަންކޮޅެއް ހައްޓަށް ލުއިވާނެ ނޫންތޯ، އެގޮތަށް ހުރުން އޭގެ ބޭނުމަކީ،” މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހުޅުމާލޭގެ ތަރައްގީ އާއި އެޗްޑީސީގެ ކަންކަމުގައި އާއި ރާއްޖޭގެ ތަރައްގީގެ ދާއިރާތަކުގެ ކަންކަމުގައިވެސް ބައިވެރިވާން ބޭނުންވާ ކަމަށެވެ. “މި މަގާމުން ރިޓަޔާކުރިޔަސް އެއިކީއެއް، އަޅުގަނޑު މުޅިން ހުރިހާ ކަމެއް ހުއްޓާލާ ވާހަކައެއްވެސް ނޫން،” މައުރޫފް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ، އޭނާ މި މަގާމަށް ވަޑައިގަތީ މިކަމުގެ މުހިންމު ކަމާއި، އެޗްޑީސީއަށް އިސްހާލުތަކެއް ގެންނަން ބޭނުންވެފައި ހުންނެވުމުންނާއި، ރައީސް ޑރ. މުހައްްމަދު މުއިއްޒު އެގޮތަށް ފުރުސަތު ދެއްވުމުން ބަލައިގަންނަން ބޭނުންވީމަ ކަމަށެވެ.
“ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ކޮށްދެވޭނެ ކަންތައްތަކެއް ހުރިކަން ޔަގީންވާތީ، ފުލް ރިޓަޔާމެންޓަކަށް ދިއުމެއް ނޫން، އަޅުގަނޑު ރިޓަޔާކޮށްފައި ބޭނުންވަނީ އެޗްޑީސީގެ އެޑްވައިޒަރެއް ނަމަވެސް މަގާމެއްގައި އެޗްޑީސީން އެއްގޮތަކަށްވެސް ދިއުމުގެ ވިސްނުމެއް ނޫން ނިޔަތަކީ، މަގްސަދަކީ ރިޓަޔާ ކުރުމުގެ އުމުރު ކައިރިވެފައި ހުއްޓަސް ހަ މަސް ދުވަސްވެފައި ތެރޭގައިވެސް ޓާގެޓް ކޮށްފައި ހުރި ކަންތައްތަކެއް ކުރެވޭ ކަމަަށް ވަންޏާ ކީއްވެތޯ ނުކުރަންވީ،”. މައުރޫފް ވިދާޅުވިއެވެ. މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ލޭންޑް ޔޫސް ޕްލޭން، އެޗްޑީސީގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ ކަންކަން ކުރެއްވިއެވެ. އޭގެ ނަތީޖާއާ މެދު އޭނާ ހިތްހަމަޖެހިވަޑައިގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
