
ޓްވިޓާގެ ކުރީގެ ސީއީއޯ އަދި ބްލޮކްގެ މިހާރުގެ ސީއީއޯ، ޖެކް ޑޯސީ، ‘ބިޓްޗެޓް’ގެ ނަމުގައި އާ މެސެޖިން އެޕެއް ތައާރަފްކޮށްފިއެވެ. މިއީ އިންޓަނެޓްގެ އެހީތެރިކަމެއް ނެތި، ހަމައެކަނި ބްލޫޓޫތު މެދުވެރިކޮށް މަސައްކަތްކުރާ ޕީއާ-ޓު-ޕީއާ އެޕެކެވެ. ޑޯސީ އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ “ބްލޫޓޫތު މެޝް ނެޓްވޯކް”ތަކާއި، މެސެޖް ރައްކާކޮށްފައި ފަހުން ފޮނުވުމުގެ ނިޒާމުތަކާއި، އަދި މެސެޖްތައް އެންކްރިޕްޓްކުރުމުގެ މޮޑެލްތަކާ ގުޅޭގޮތުން އޭނާ ކުރައްވަމުން ގެންދަވާ އަމިއްލަ ތަޖުރިބާއެއް ކަމަށެވެ.
މި އެޕް މަސައްކަތް ކުރަނީ ބްލޫޓޫތު މެޝް ނެޓްވޯކްތައް ބޭނުންކޮށްގެންނެވެ. މާނައަކީ، އެޕް ބޭނުންކުރާ ފޯނުތައް ކައިރިވުމުން އޭގެ އަމިއްލަ ނެޓްވޯކެއް އުފެދި، އެއް ފޯނުން އަނެއް ފޯނަށް މެސެޖްތައް ފޮނުވުމެވެ. މީގެ ސަބަބުން ވައިފައި ނުވަތަ ފޯނުގެ ޚިދުމަތް ނުލިބޭ ހާލަތެއްގައި ވެސް، އާދައިގެ ބްލޫޓޫތުގެ ރޭންޖަށް ވުރެ ދުރަށް މެސެޖް ފޮނުވިދާނެއެވެ. ބިޓްޗެޓްގެ އެންމެ މުހިންމު އެއް ސިފައަކީ ޕްރައިވެސީއަށް ދީފައިވާ އަހައްމިއްޔަތުކަމެވެ. މެސެޖްތައް ފޮނުވަނީ އެންކްރިޕްޓްކޮށްފައި ކަމުން، މެދުވެރިވާނެ މަރުކަޒީ ސާވާއެއް ނުހުންނާނެއެވެ. މެސެޖްތައް ރައްކާކުރެވިފައި ހުންނާނީ ހަމައެކަނި ބޭނުންކުރާ މީހާގެ ފޯނުގައެވެ. އަދި އާންމު ގޮތެއްގައި މެސެޖްތައް ވަގުތުކޮޅަކުން އަމިއްލައަށް ފިލައިގެންދާނެއެވެ.
މީގެ ސަބަބުން، އިންޓަނެޓް ކަނޑާލާފައިވާ ހާލަތްތަކުގަޔާއި، ސަރުކާރުތަކުން މުއާސަލާތީ ހިދުމަތްތައް ބްލޮކްކުރާ ވަގުތުތަކުގައި ވެސް މި އެޕް ބޭނުންކޮށްގެން މުއާސަލާތު ކުރެވިދާނެއެވެ. މިއީ 2019ވަނަ އަހަރު ހޮންކޮންގުގައި ކުރި މުޒާހަރާތަކުގައި ބޭނުންކުރި ބްލޫޓޫތު އެޕްތަކާ އެއްފަދަ ކޮންސެޕްޓެކެވެ. މި އެޕްގައި ގްރޫޕް ޗެޓް ނުވަތަ “ރޫމް”ތައް ހެދުމުގެ ފުރުސަތު ވެސް އޮވެއެވެ. މިފަދަ ރޫމްތަކަށް ހޭޝްޓެގް ބޭނުންކޮށްގެން ނަން ދެވި، ޕާސްވޯޑަކުން ރައްކާތެރި ކުރެވިދާނެއެވެ. އަދި ވަގުތީ ގޮތުން އޮފްލައިންގައި ހުންނަ މީހުންނަށް މެސެޖް ފޮނުވުމަށް “ސްޓޯ އެންޑް ފޯވާޑް” ގެ ފީޗާ ވެސް ހިމެނެއެވެ.
މިއީ ވަޓްސްއެޕް ނުވަތަ މެސެންޖާ ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން ހިންގާ އެޕްތަކާ މުޅިން ތަފާތު އެޕެކެވެ. ބިޓްޗެޓް ބޭނުންކުރުމަށް އެއްވެސް އެކައުންޓެއް، ފޯނު ނަންބަރެއް، ނުވަތަ އީމެއިލެއް ބޭނުމެއް ނުވެއެވެ. އަދި ބޭނުންކުރާ މީހުންގެ އެއްވެސް ޑޭޓާއެއް ވެސް ނުނަގައެވެ. ބިޓްޗެޓްގެ ބީޓާ ވާޝަން މިހާރު ޓެސްޓްފްލައިޓް އިން ލިބެން ހުރިއިރު، އެޕްގެ ޓެކްނިކަލް ތަފްސީލުތައް ހިމެނޭ ކަރުދާހެއް ގިޓްހަބް ގައި ވަނީ ޝާއިއުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
