
(ފޮޓޯ ކްރެޑިޓްސް: މާލީ ވުޒާރާ)
އިންވެސްޓަރުންނާއި އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖޭގެ އިގްތިސާދާއި މާލިއްޔަތާ ގުޅޭގޮތުން މުހިއްމު މައުލޫމާތު ދިނުމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާއްސަ މައުލޫމާތު ސެޝަނެއް މިއަދު ބާއްވައިފިއެވެ. މި ސެޝަން ބޭއްވުނީ ރާއްޖޭގެ މާލީ އަދި ފިސްކަލް ކަންކަމާ ބެހޭގޮތުން އިންވެސްޓަރުންނަށް މައުލޫމާތުދީ، އެފަރާތްތަކުގެ ހުރި ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުންނެވެ. މި ސެޝަންގައި އިންވެސްޓަރުންނަށް މައުލޫމާތު ދެއްވާފައިވަނީ މާލީ ވަޒީރު މޫސާ ޒަމީރާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރުއެވެ. މީގެއިތުރުން މި ދެ އޮފީހުގެ އިސްވެރިންވެސް މި ސެޝަންގައި ބައިވެރިވެ، އިންވެސްޓަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: މާލީ ވުޒާރާ)
ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވި މި ބައްދަލުވުމުގައި، ރާއްޖޭގެ މާލީ ހާލަތާއި، އިގްތިސާދީ ކުރިއެރުންތަކާއި، އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ތަފްސީލު ގޮތެއްގައި މައުލޫމާތު ދީފައިވެއެވެ. މިފަދަ ސެޝަންތަކަކީ ރައްޖޭގެ މާލީ ހާލަތާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ އިންވެސްޓަރުންގެ އިތުބާރު އިތުރުކޮށް، އެފަރާތްތަކައި އޮންނަ ގުޅުން ދެމެހެއްޓުމަށް ކުރެވޭ މުހިއްމު ކަމެކެވެ. މި ސެޝަން ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ މާލީ ސިޔާސަތުގެ ސޫރަ އިންވެސްޓަރުންނަށް ދައްކައި، ރާއްޖޭގައި އިންވެސްޓުކުރުމަށް ބާރުއެޅުމެވެ.
ރާއްޖޭގެ މާލީ ހާލަތު އިހުނަށް ވުރެން ރަނގަޅު ކުރުމަށް އަދުގެ ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ހަމަ އެއާއެކު މަޑުމަޑުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަން ވަނީ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުންނާއި، ސެންޓަރަލް ބޭންކުންވެސް ދަނީ ވިދާޅުވަމުންނެވެ. ހަމައެއާއެކު ރާއްޖެއަށް އިތުރު އިސްވެސްޓަރުން ގެނައުމަށް ވެސް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
