
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން މިހާތަނަށް 250،000އަށްވުރެ ގިނަ ފަސެންޖަރުންނަށް ޚިދުމަތް ދީފައިވާކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވެއްޖެއެވެ. އިބްރާޙީމް އިޔާސް މިހެން ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާ، ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ޚިދުމަތް ރަސްމީކޮށް އިފްތިތާޙިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ބައިނަލްއަޤުވާމީ ފްލައިޓްތައް އޮޕަރޭޓްކުރަމުންދާ އެއަރޕޯޓް ކަމަށެވެ. އަދި މިއަދާ ހަމައަށް މި އެއަރޕޯޓުން 200،000އަށްވުރެ ގިނަ ފަސިންޖަރުން ޚިދުމަތް ހޯދާފައިވާކަމަށް އިޔާސް ވިދާޅުވިއެވެ.
“މިގޮތުން ޑިސެމްބަރު 2019އިން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 3000އަށްވުރެ ގިނަ އިންޓަރނޭޝަނަލް ފްލައިޓް މި އެއަރޕޯޓަށް ވަނީ އޮޕަރޭޓްކުރެވިފައި. އަދި ޖުމްލަ 9000އަށްވުރެ ގިނަ ފްލައިޓާއި، 250،000އަށްވުރެ ގިނަ ފަސެންޖަރުންނަށް މި އެއަރޕޯޓުން ވަނީ ޚިދުމަތް ދެވިފައި.” މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވިއެވެ.

މީގެތެރޭގައި އެތެރޭގެ އުދުހުންތަކުގެ އިތުރުން ޕްރައިވެޓް ޖެޓްތައް ހިމެނޭކަމަށް އިޔާސް ވިދާޅުވިއެވެ. އަދި މީގެއިތުރުން، މި އެއަރޕޯޓާއި އެކު މި ސަރަހައްދުގައި 70އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެވިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިޔާސް ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުމުގެ މަސްއޫލިއްޔަތާއި ހަވާލުވިފަހުން މި އެއަރޕޯޓަކީ ރާއްޖޭގެ ރީޖަނަލް ހަބަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން މާފަރު އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް ބައިނަލްއަޤުވާމީ ފެންވަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިގޮތުން 2022ވަނަ އަހަރު މާފަރު އެއަރޕޯޓުގެ ރަންވޭ އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް، އޭޑީއެފްޑީގެ އެހީތެރިކަމާއެކު ވަނީ ފެށިގެންގޮސްފައެވެ. އަދި މި މަސައްކަތުގެ ދަށުން 2200 މީޓަރުން 2850 މީޓަރަށް އެއަރޕޯޓުގެ ރަންވޭ ބޮޑުކޮށް މިހާރު ވަނީ ޚިދުތަށް ހުޅުވާލާފައެވެ. އަދި މި ރަންވޭ ތަރައްޤީކޮށްފައިވަނީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މާފަރު އެއަރޕޯޓު ހުޅުވާފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. މިއާއެކު، މާފަރު އެއަރޕޯޓަކީ ޕްރައިވެޓު ޖެޓުތަކުގެ ޖެއްސުމުގެ މަޤްބޫލު އެއަރޕޯޓެކެވެ. މަތީފަންތީގެ ގިނަ ރިސޯޓުތަކެއް ނ، ރ އަދި ބ އަތޮޅުގައި ހިންގަމުންދާއިރު، އެ ރިސޯޓުތަކަށް ޖެޓުތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން ބޭނުންކުރަނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
