
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައެވެ. އަދި ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުން ދިވެހިން ވިޔަފާރިކުރާ 6 ވެބްސައިޓަކުން ކުރާ ވިޔަފާރިއަށް ފައިސާދައްކާއިރު %30 އާއި ހަމައަށް ފީއެއް ނަގާގޮތައް ވަނީ ހަމަޖައްސާފައެވެ. މިއާއެކު އާންމުންގެ ތެރެއިން ބައެއް މީހުން މިކަމުގެ ކަންބޮޑުވުން ފާޅުކުރިނަމަވެސް ބީއެމްއެލުން އެ ނިންމުން ނިންމި ސަބަބު އެއްވެސް ބަޔަކުނުބަލައެވެ. ރާއްޖެއިން ބޭރުގެ ވެބްސައިޓަކުން ވިޔަފާރިކުރާއިރު ޓްރާންސެކްޝަނެއް ހެދުމުން އެ ކަސްޓަމަރެއްގެ އެކައުންޓްގައި ހުރި ދިވެހި ރުފިޔާއިން ފައިސާ ކެނޑުނުނަމަވެސް ރާއްޖެއިން ބޭރުގައި ހުރި މާޗެންޓަށް ބީއެމްއެލުން އެފައިސާ ނުވަތ ޕޭމަންޓް ހަދަންޖެހެނީ ޑޮލަރުންނެވެ. ރާއްޖެއަށް ޑޮލަރު އާމްދަނީ ލިބެނީ ރިސޯޓްތަކާއި، ޑޮލަރުން ވިޔަފާރިކުރާ ކުންފުނިތަކާއި އަދި އެނޫންވެސް ބައެއް ގޮތްގޮތަށެވެ.
އަމިއްލަ ފަރުދުން ޑޮލަރު ބޭނުންނަމަ ޑޮލަރު ގަންނަންޖެހެނީ އެ ވިއްކާ ބައެއްގެ ފަރާތުންނެވެ. އެމަ އެގޮތަށް ބޭންކުން ޑޮލަރު ގަންނަން ޖެހެނީވެސް ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން ކޯޕަރޭޓް ވިޔަފާރިތަކާއި ރިސޯޓްތަކުންނެވެ. އަދި މަރުކަޒީ ބޭންކް އެމްއެމްއޭއިންވެސް ބީއެމްއެލަށް ޑޮލަރު ވިއްކައެވެ. މިގޮތައް ބޭންކަށް ލިބޭ ޑޮލަރު އެ ބޭންކުން ވިއްކަނީ ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށެވެ. އެހެންކަމުން އެ ބޭންކަށް ޑޮލަރު ލިބޭ މިންވަރަކުން ބޭނުންތަކަށް ޑޮލަރު ލިމިޓްކުރުން ލާޒިމްވެއެވެ.

މިދިޔަ މަހު 6 ވެބްސައިޓަކުން ވިޔަފާރިކުރި އަދަދު 2 ގުނަ އިތުރު
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ ބަދުރުއްދީން ހަސަން ވިދާޅުވީ، މިދިޔަ 2 އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ބީއެމްއެލުން ދޫކޮށްފައި ހުރި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ވެބްސައިޓްތަކުގެ މުއާމަލާތްތަކަށް ވިއްކާފައިވަނީ ގާތްގަނޑަކަށް 16 މިލިޔަންއާއި 20 މިލިޔަނާދޭތެރޭގެ ޑޮލަރުކަމަށެވެ. މިއީ ހަމައެކަނި ކާޑުތަކުން ކޮށްފައިވާ މުއާމަލާތްތަކަށް ދޫކޮށްފައިވާ ޑޮލަރުގެ އަދަދެވެ. މިއީ ޓީޓީ ހެދުންފަދަ ކަންތައްތައް ނުލައެވެ. ނަމަވެސް މިއަހަރު މި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މެއި މަހާއި ހަމައަށް އައިއިރު ކާޑުތަކުން ވިޔަފާރީގެ ބޭނުންތަކަށް މަހެއްގެ މައްޗަށް ކުރި ވިޔަފާރި 20 މިލިޔަން ޑޮލަރުން 45 މިލިޔަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. އެވަރުގެ އިތުރުވުމެއް އައުމުން ކޮންޓްރޯލެއް ގެންނަން ޖެހޭކަން ބަދުރުއްދީން ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން ބެލި ބެލުމުގެ ތެރެއިން އެ 45 މިލިޔަން ޑޮލަރުގެ ތެރެއިން މެއި މަހުގެ ތެރޭގައި %75 މިދަނީ އޮންލައިން އީ-ކޮމާސް ޕްލެޓްފޯމްތަކަށް. އީ-ކޮމާސް ޕްލެޓްފޯމްތަކޭ މި ފާހަގަކުރަނީ ފްލައިޓް ޓިކެޓްތަކާއި ހޮޓެލް ބުކިންތައް މި ބައިބައެއް ނޫން. އީ-ކޮމާސް ޕްލެޓްފޯމްތަކޭ މި ފާހަގަކުރެވެނީ އެއީ މުދާ ގަންނަން ނުވަތަ ތަކެތި ގަންނަން ހުންނަ ވެބްސައިޓްތައް. މިސާލަކަށް އީބޭ، އެމޭޒަން، ޝީން، ޓެމޫ އަލިއެކްސްޕްރެސް ފަދަ ތަކެތި ގަންނަން ހުންނަ ވެބްސައިޓްތައް. އީ-ކޮމާސް ޕްލެޓްފޯމްތަކަކީ ތަކެތި ގަންނަން ހުންނަ ވެބްސައިޓްތައް. %75 ގެ ތެރެއިން 3 ބައި ކޮށްފަ އެއްބަޔަކީ އަޅުގަނޑުމެން މި ފާހަގަކުރާ 6 ވެބްސައިޓް. އެ 6 ވެބްސައިޓަށް މިދަނީ ގާތްގަނޑަކަށް 8 ނުވަތަ 9 މިލިޔަން ޑޮލަރު.” ބަދުރުއްދީން ވިދާޅުވިއެވެ.

މި ބަދަލު ގެންނަންޖެހުނީ ކީއްވެ؟
ބީއެމްއެލްއަށްވެސް ޑޮލަރު ހޯދުމަށް ދަތިތަކެއް ހުރިނަމަވެސް އާންމުންގެ ގިނަ ބޭނުންތަކަށް ދަނީ ދޫކުރަމުންނެވެ. އޭގެތެރޭގައި އެންމެ ބޮޑު ބައެއް ދޫކުރަނީ ރާއްޖެއަށް ކާބޯތަކެއްޗާއި ގޭސް އެތެރެކުރުމަށެވެ. ދެވަނަ ކަމަކަށް ދިވެހިރައްޔިތުންގެ ބޭސްފަރުވާއަށްވެސް ޑޮލަރުންދ ދޫކުރަންޖެހޭ ޢަދަދު މައްޗެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރުވެސް ދަނީ ދޫކުރަމުންނެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށްވެސް މަހެއްގެ މައްޗަށް އެތައް ސަތޭކަ ޑޮލަރެއް ދަނީ ދޫކުރަމުންނެވެ. އަދި ހައްޖާއި އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކަށްވެސް ޓީޓީ ހެދުމަށް ދަނީ ޑޮލަރު ދޫކުރަމުންނެވެ. މިއީ ހައްތާވެސް ބީއެމްއެލުން ޑޮލަރު ދޫކުރާ ޒަރޫރީ ކަންކަމެވެ. ބީއެމްއެލުން ވިއްކާ ޑޮލަރުގެ ބޮޑު އަދަދެއް އީ-ކޮމާސް ވެބްސައިޓްތަކާއި ޝޮޕިންއަށް ދޫކުރަންވެއްޖެނަމަ ޒަރޫރީ ބޭނުންތަކަށް ދޫކުރާނެ ޑޮލަރުގެ ތާށިކަން އިންތިހާއަށް ކުރިމަތިލާންޖެހޭނެއެވެ.

“އެހެންވީމަ އަޅުގަނޑުމެން އެބަ ބަލަންޖެހޭ ކޮންކަމެއްތޯ މިވަގުތައް އެންމެ މުހިންމީ. އެހެންވީމަ ކޮންޓްރޯލެއް ލުމުގެ ގޮތުން ޗާޖުތަކެއް އަޅުގަނޑުމެން މީގެތެރެއަށް ގެންނަންޖެހުނީ. އަޅުގަނޑުމެންގެވެސް އަމާޒަކީ އެއަށް އިތުރު ޗާޖުތަކެއް ލާފައި އިތުރު ފައިސާތަކެއް ހޯދުމެއް ނޫން. ބޭނުންވަނީ ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް މިކަމުގެ ތެރެއަށް ގެނައުން. އެހެންނޫންނަމަ އަޅުގަނޑުމެން މި ބޭނުންކުރާ ޒަރޫރީ ބޭނުންތަކަށް ޑޮލަރު އަޅުގަނޑުމެންގެ އަތުގައި ނުހުންނާނެ.” ބަދުރުއްދީން ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުން ދިވެހިން ވިޔަފާރިކުރާ 1،55،000 ވެބްސައިޓް އެބަހުރިކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މި ވެބްސައިޓްތަކުގެ ތެރެއިން ފީއެއް ނަގާގޮތައް ކަނޑައެޅީ ހަމައެކަނި 6 ވެބްސައިޓުންނެވެ. އެއީވެސް ހަމައެކަނި ޑެބިޓް ކާޑުން ކުރާ ވިޔަފާރިތަކަށެވެ. ކްރެޑިޓް އަދި ބިޒްނަސް ޑެބިޓްކާޑާއި ޑޮލަރ ކާޑުތަކުން ވިޔަފާރި ކޮށްފިނަމަ އިތުރު އެއްވެސް ފީއެއް ބޭންކުން ނުނަގާނެއެވެ. މި ނިންމުމަކީ ރާއްޖޭގެ އިޤްތިޞާދަށް ވިސްނުމަށްފަހު ބީއެމްއެލުން ނިންމި މުހިންމު ނިންމުމެކެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
