
(ފޮޓޯ ކްރެޑިޓްސް: ރިޒްޓް ކާލްޓަން)
އައު ޤަވާއިދާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ރަޖިސްޓްރީކުރުން ލާޒިމްވާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު މުންސިފް ރުޝްދީ ވިދާޅުވެއްޖެއެވެ. މުންސިފް މިހެން ވިދާޅުވީ، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލާ ޤަވާއިދާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ފަތުރުވެރިންނަށް މޫދު ކުޅިވަރުތަކާއި އެކްސްކާޝަން ޚިދުމަތްތައް ރައްކާތެރި މާހައުލެއްގައި ފޯރުކޮށްދިނުމާއި ގުޅޭ ޤަވާއިދެއް އެކުލަވާލުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ޤަވާއިދުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، މޫދާއި ގުޅުންހުރި ކުޅިވަރުތަކާއި އެކްސްކާޝަން ޚިދުމަތްތައް ރައްކާތެރި މާޙައުލެއްގައި ފޯރުކޮށްދިނުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ކިހާ ހޮލިޑޭ މޯލްޑިވްސް)
މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު މުންޞިފް ރުޝްދީ ވިދާޅުވީ، މާޒީގައި ފަތުރުވެރިންނަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުގެ މައިގަނޑު ސަބަބަކީ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ރަޖިސްޓަރީ ނުކޮށް ޚިދުމަތް ފޯރުކޮށްދެމުން ގެންދިއުންކަމަށެވެ. “އަސްލު ގިނަފަހަރަށް ހާދިސާތައް ހިންގާފައި މިވަނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ރަޖިސްޓްރީ ކުރަން ނުޖެހޭތީކަމަށް އަޅުގަނޑަށް ބެލެވެނީ. ނަމަވެސް މިހާރު އަޅުގަނޑުމެން މި ޑްރާފްޓުކުރެވޭ ގަވާއިދުގައި މިފަދަ ފަރާތްތަކުން ރަޖިސްޓަރީ ކުރަން އެބަ ލާޒިމް ކުރެވޭ.” ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު މުންސިފް ރުޝްދީ ވިދާޅުވިއެވެ.
ޤަވާއިދު ކޮމިޓީގައި ވާހަކަދައްކަވަމުން، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާއިޝަތު ޢަލީ ވިދާޅުވީ، މި އައު ޤަވާއިދުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރުދަނާ ނިޒާމެއް ޤާއިމުވެ، ފަތުރުވެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށެވެ. “މި ފަހަރު އަޅުގަނޑުމެން އިސްކަމެއް ދިނީ އެއްވެސް ހާލެއްގައި އެކްސިޑެންޓެއް ނުހިނގާނެ ފަދަ ގޮތަކަށް ޤަވާއިދު އެކުލަވާލުމަށް. ވަކި ސަރަޙައްދުތަކެއްގައި އެކްސިޑެންޓްތައް ހިނގުމުގެ ފުރުޞަތު އޮތްކަމުގައި ވިޔަސް، މިހާރު މި އެކުލަވާލެވޭ ޤަވާއިދުގެ ސަބަބުން، ފަރުވާކުޑަކުރުމުގެ ސަބަބުން ނުވަތަ އެކަށީގެންވާ ވަރަށް ނުބެލެހެއްޓުމުގެ ސަބަބުން ނުވަތަ ހަރުދަނާ ޤަވާއިދެއް ނެތުމުގެ ސަބަބުން މިހާތަނަށް ދިމާވަމުން އައި ހިތާމަވެރި ހާދިސާތައް ތަކުރާރުވުން ހުއްޓުވޭނެ” ޑިރެކްޓަރ ޖެނެރަލް އާއިޝަތު ޢަލީ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޓްރެވެލް ޓްރޭޑް މޯލްޑިވްސް)
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އައު ޤަވާއިދުގައި ވޯޓަރ ސްޕޯޓްސް ސެންޓަރުތަކުން ޢަމަލުކުރަންޖެހޭ ވަކި ގައިޑްލައިންތަކެއް ކަނޑައެޅިފައިވާކަމަށެވެ. މީގެ ތެރޭގައި އެފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކާއި، ބޭނުންކުރާ އުޅަނދުފަހަރު ފުރިހަމަވާންޖެހޭ މިންގަނޑުތައް ހުންނާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، މި ޤަވާއިދުގެ ސަބަބުން ވޯޓަރ ސްޕޯޓްސްގެ ޚިދުމަތްތައް އިތުރަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވިގެންދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
