
(ފޮޓޯ ކްރެޑިޓްސް: އެސްޓީއޯ)
ހައްދުންމަތީ ފޮނަދޫގައި ތަރައްޤީކުރުމަށްހަމަޖެހިފައިވާ ވިޔަފާރި ބަނދަރާއި ބަންކަރިން ހިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމާ ގުޅޭ ކޮންސަލްޓޭޝަން މަރުހަލާގައި ބައިވެރިވުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހާހަމައަށެވެ. އިޤްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ ލ. ބަނދަރާއި ބަންކަރިން މަޝްރޫއަކީ، އިންޑިޔާ ކަނޑުގެ މެދު ސަރަހައްދުގައި ހިމެނޭ މުހިއްމު ބޮޑު ވިޔަފާރި ދަތުރުތަކުގެ މުހިއްމު މަގެއްކަމަށްވާ “ވަން އެންޑް ހާފް ޑިގްރީ ޗެނަލް”އާ އިންވެގެން އޮންނަ އަތޮޅެއް ކަމުގައިވާ ލ. އަތޮޅުގައި ހިންގަން ސަރުކާރުން ނިންމާފައިވާ އިސްތިރާޖީ މަޝްރޫއެއް ކަމަށެވެ.
އަދި މި މަޝްރޫއުގެ އަމާޒަކީ އެ ސަރަހައްދުން ދަތުރުކުރާ ކަނޑު ދަތުރުފަތުރުގެ މަންފާ ހޯދުމަށްޓަކައި މަލްޓި-ޕާޕަސް ނުވަތަ ގިނަ ބޭނުން ހިފޭ ބަނދަރެއް ތަރައްގީކުރުމާއެކު ބަންކަރިންނާ ގުޅުންހުރި ވަސީލަތްތަކާއި އެނޫންވެސް ކަނޑު ދަތުރުފަތުރާ ގުޅޭ ހިދުމަތްތަކަށް ބޭނުންވާ ބިނާރުތައް ގާއިމުކުރުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ކޮންސަލްޓޭޝަން މަރުހަލާގައި، ކޮންސެޕްޓާމެދު އަމިއްލަ ވިޔަފާރިތަކުގެ ޝައުގުވެރިކަން ހުރި ނެތްގޮތް ދެނެގަނެ، މި މަޝްރޫއުގެ މާލީ ފީސިބިލިޓީ ދެނެގަނެ އެ މަޝްރޫއިން އާމްދަނީ ހޯދިދާނެ މޮޑެލްތަކާމެދު ހިޔާލު ހޯދުމާއެކު، ވިޔަފާރި އެކުލަވައިލާ ފަރުމާކުރެވިދާނެ އޮނިގަނޑުތަކާމެދުވެސް މަޝްވަރާކުރާނެ ކަމަށް އިޤްތިސާދީ ވުޒާރާއިން ވިދާޅުވެއެވެ.
މިގޮތުން މި މަރުހަލާގައި، ބަނދަރާއި ބަންކަރިންގެ އިތުރަށް އެ ތަނުގައި ގާއިމުކުރެވިދާނެ އެހެނިހެން ވަސީލަތްތަކާ ގުޅޭ ހިޔާލުތައްވެސް ހޯދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ލޮޖިސްޓިކް ހަބްތަކާއި، އުޅަނދުފަހަރު މަރާމާތުކުރާނެ ވަސީލަތްތަކާއި ޔޮޓު ފަހަރަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ބޭނުންވާ ވަސީލަތްތައް ފަދަ ކަންކަން ގާއިމުކުރުމާމެދު ހިޔާލު ހޯދާނެއެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކާއެކު މަޝްވަރާކުރާ މަރުހަލާގައި މަޝްރޫއުގެ ބޮޑުމިނަށް ގެނެވިދާނެ ބަދަލުތަކާއި، މިހާރު ފަރުމާކޮށްފައިވާ ގޮތްތައް ނޫން ގޮތްތަކަށް މަޝްރޫއެއް ބައްޓަންކުރެވިދާނެ ގޮތްތަކާމެދުވެސް މަޝްރާކުރެވޭނެއެވެ. އެއަށްފަހު ރަސްމީކޮށް މަޝްރޫއު ހިންގުމަށް ޝައުގުވެރިކަން ހުރި އިންވެސްޓަރުންނާއި ވިޔަފާރި ބައިވެރިން ހޯދުމަށް އިއުލާނުކުރާނެ ކަމަށް އިޤްތިސާދީ ވުޒާރާއިން ވިދާޅުވެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެސްޓީއޯ)
އެސްޓީއޯއާއި ދުނިޔޭގެ ތެލުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ އެއް ކުންފުނި ކަމުގައިވާ ވިޓޯލް ގުޅިގެން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށާފައިވާއިރު، އެ ހިދުމަތް އިތުރަށް ފުޅާކުރުމަށް އެ ސަރަހައްދުގައި ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރުމުގެ މަޝްވަރާތައްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ސަރުކާރުން ފަށާފައިވާ މިފަދަ ހުރިހާ މަސައްކަތެއްގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އިގުތިސާދު ފަތުރުވެރިކަމުގެ މައްޗަށް އެކަނި ބަރޯސާވެފައި އޮންނަ އޮތުން ކުޑަކޮށް ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، އިގުތިސާދީ ލޮޅުންތަކުގެ އަސަރު ކުޑަވާނެހެން އިގުތިސާދުގެ ވިލުންތެރިކަން އިތުރުކުރުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
