
(ފޮޓޯ ކްރެޑިޓްސް: ގަލްފް ޓުޑޭ)
އާންމު ދަތުރުފަތުރަށް އުދުހޭ ޓެކްސީގެ ޚިދުމަތް ތަޢާރަފް ކުރުމަށް އުންމީދުކުރާ އަބޫ ދާބީއިން އުދުހޭ ޓެކްސީ ތަޖުރިބާކޮށްފިއެވެ. އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އާޗަރ އޭވިއޭޝަނުން އަބޫ ދާބީގައި ތަޖުރިބާކޮށްފައި ވަނީ އެ ކުންފުނިން އުފައްދާފައިވާ މިޑްނައިޓް ކިޔާ އުޅަނދެކެވެ. މި އުޅަނދަކީ ކަރަންޓު ބޭނުންކޮށްގެން ދުއްވާ އުޅަނދެކެވެ. މި އުޅަނދު ނައްޓާލަނީ އަދި ޖައްސަނީ މަތިންދާބޯޓު ވައިގެ ބަނދަރުން ނައްޓާލާ އަދި ޖައްސާ ގޮތާ ޚިލާފަށް ސީދާ މަތިން ތިރިއަށް ނުވަތަ ތިރިން މައްޗަށެވެ. މި އުޅަނދު ޖައްސާ އަދި ނައްޓާލާ ގޮތް އެންމެ ވައްތަރީ ހެލިކޮޕްޓަރު ދަތުރުކުރާ ގޮތާއެވެ.
2026ވަނަ އަހަރުގެ ތެރޭހގައި އަބޫ ދާބީގައި އުދުހޭ ޓެކްސީ ތަޢާރަފުކުރުމުގެ މަޤްސަދުގައި ތަޖުރިބާކޮށްފައިވާ މި ދަތުރު ފަށާފައި ވަނީ އަބޫ ދާބީގެ އަލްބަތީން އެކްސެކެޓިވް އެއަރޕޯޓުންނެވެ. މި ތަޖުރިބާ ދަތުރުތަކުގެ ބޭނުމަކީ ހޫނު މޫސުމުގައި އެކުވެރި ޢަރަބި އިމާރާތުން ތަޖުރިބާކުރާ ގަދަ ހޫނާއި ހިރަފުސްކަމުގައި އުދުހޭ ޓެކްސީއަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭތޯ ޔަޤީންކުރުމެވެ. ސަހަރާތައް އޮންނަ މި ޤައުމު ހޫނު މޫސުމާ ދިމާކޮށް އާދަޔާ ޚިލާފަށް ހޫނުގަދަވެ، ވައިގެ ތެތްކަން ދަށަށް ދެއެވެ. މި ތަޖުރިބާ ދަތުރުތަކުގައި އެއްކުރާ މަޢުލޫމާތުން އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެއެވެ. އަދި އުދުހޭ ޓެކްސީގެ ޚިދުމަތް ތަޢާރަފް ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް އެހީތެރިވެދޭނެއެވެ.
އާޗަރ އޭވިއޭޝަންގެ ސީއީއޯ، އެޑަމް ގޯލްޑްސްޓެއިން ވިދާޅުވީ އެ ކުންފުނިން އަބޫ ދާބީގައި މި ފަދަ ތަހުލީލުތައްކޮށް ތަޖުރިބާ ދަތުުރުތައް ބޭއްވުމުން، އުދުހޭ ޓެކްސީގެ ޚިދުމަތް ތަޢާރަފުކުރުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމަށެވެ. ތަޖުރިބާ ދަތުރުތަކުން ލިބޭ މަޢުލޫމާތު ބޭނުންކޮށްގެން ޔޫއޭއީގެ އިތުރުން އެމެރިކާގައި ވެސް މި ޚިދުމަތް ފެށުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަބޫ ދާބީގެ އިދާރާތައް ވެސް ވަނީ އުދުހޭ ޓެކްސީގެ ޚިދުމަތް ތައާރަފު ކުރުމަށް ކެތްމަދުވެފައެވެ. މި މަޝްރޫޢުއަށް އެއްބާރުލުންދޭ އެ ޤައުމުގެ މައި އިދާރާތަކަކީ އަބޫ ދާބީ އިންވެސްޓްމަންޓް އޮފިސް، އޭޑީއައިއޯގެ އިތުރުން އެ ޤައުމުގެ މަދަނީ އުދުހުންތަކާބެހޭ އިދާރާ، ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީއެވެ. އޭޑީއައިއޯގެ ބަދުރު އަލް ޢުލާމާ ވިދާޅުވީ މި ޚިދުމަތް ތަޢާރަފު ކުރެވިއްޖެ ނަމަ އަބޫ ދާބީ ވެގެންދާނީ އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ކުރާ ކުރު ދަތުރުތަކުގައި ވައިގެ މަގުން މީހުން އުފުލުމުގައި އެންމެ ކުރީގައި އުޅޭ ޤައުމަށެވެ.
އާޗަރ އޭވިއޭޝަނުން އުންމީދުކުރަނީ އަބޫ ދާބީއަކީ އުދުހޭ ޓެކްސީގެ ޚިދުމަތް ތަޢާރަފުކުރާ ފުރަތަމަ ޤައުމަށް ހެދުމަށެވެ. މި އުޅަނދުތައް ފުރާ ޖެއްސުމަށް “ވަރޓިޕޯޓު”ތައް ހަދާ ޕައިލެޓުން ތަމްރީންކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވެސް ދަނީ ކުރަމުންނެވެ. އުދުހޭ ޓެކްސީގެ ޚިދުމަތް ތަޢާރަފްކުރުމާއެކު، ތިމާވެއްޓާ ރައްޓެހި ގޮތަަކަށް ހަލުވިކަމާއެކު ދަތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. ޓްރެފިކުގައި ޖެހުން ފަދަ ދަތިތަކުން ދަތުރުވެރިން ސަލާމަތްކޮށްދޭނެއެވެ. ހެލިކޮޕްޓަރުފަދަ އުޅަނދުތަކަށްވުރެ ކަރަންޓުން ދުއްވާ މި އުޅަނދުގެ އަޑު ވެސް މަޑުވާނެއެވެ.
އަބޫ ދާބީގެ އިތުރުން ދުބާއީއިން ވެސް ދަނީ އެމެރިކާގެ ކުންފުންޏެެއް ކަމަށްވާ ޖޮބީ އޭވިއޭޝަނާއެކު މަސައްކަތްކޮށް، އުދުހޭ ޓެކްސީގެ ޚިދުމަތް ތަޢާރަފުކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އާޗަރ އޭވިއޭޝަނުން އަބޫ ދާބީގައި ކޮށްފައިވާ ތަޖުރިބާ ދަތުރުގެ ސަބަބުން މި ޚިދުމަތް ތަޢާރަފު ކުރުމަށް ޖަހަމުންދާ ވާދައިގައި މި ވަގުތު ކުރީގައި އޮތީ އަބޫ ދާބީއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
