
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މިޞްރުގެ ޓެލެކޮމް އިމާރާތެއްގައި ރޯވެ ހަތަރު މީހުން މަރުވެ މުވާސަލާތީ ގުޅުމަށް ބުރޫއަރައިފިއެވެ. ޓެލެކޮމް އީޖިޕްޓުގެ ޑާޓާ މަރުކަޒެއްގައި ރޯވީ ޖުލައި މަހުގެ 7ވަނަ ދުވަހުއެވެ. އެ ހާދިޘާގައި އެ މަރުކަޒުގެ ހަތަރު މުވައްޒަފުން މަރުވެފައިވާއިރު، އިތުރު 22 މީހުން ޒަޚަމްވެފައިވާ ކަމަށް މިޞްރުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. މިޞްރުގެ ވެރިކަންކުރާ ރަށް ކަމަށްވާ ކައިރޯގެ ރަމަސީސް ޑިސްޓްރިކްޓުގައި ރޯވި މި އަލިފާންގަނޑު ހަމަ އެ ދުވަހުގެ ވަގުތެއްގައި ވަނީ ފެތުރުން ހުއްޓުވައިފައެވެ.
އެ ހުޅުގަނޑުގެ ސަބަބުން މުވާސަލާތީ ގުޅުމަށް ބުރޫއަރައި، ފޯނު ކޯލު ކުރުމާއި އިންޓަނެޓުގެ ޚިދުމަތަށް ވަނީ އަސަރުކޮށްފައެވެ. އަލިފާންގަނޑުގެ ސަބަބުން ނެޓްވޯކު ޚިދުމަތް ލިބެމުން ދިޔައީ އާންމުކޮށް އެ ޚިދުމަތް ލިބޭ މިންވަރުގެ 62 އިންސައްތައަށެވެ. އޭގެ އިތުރުން ޑިޖިޓަލް ބޭންކިންގ ނިޒާމުތަކަށް ވެސް ކޮންމެވެސް ވަރަކަށް ބުރޫއަރާފައިވެއެވެ. އެ ގޮތުން އޭޓީއެމުން ފައިސާ ނެގުމަށް ވެސް ދަތިތައް ކުރިމަތިވިއެވެ. މި ޙާލަތުގައި އެމްބިޔުލަންސުގެ ޚިދުމަތް ހޯދުމަށް ގުޅާ ނަންބަރާ ގުޅުމުގައި ވެސް ދަތިތައް ހުރުމުން، ޞިއްޙީ ވުޒާރާއިން ވަނީ އެހެން ނަންބަރެއް އެ ޚިދުމަތަށް ހަމަޖައްސައިފައެވެ.
މިޞްރުގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު، ހުސާމް އަބްދުލް ޣައްފާރު ވިދާޅުވީ ޒަޚަމްތައް ލިބުނު މީހުންނަށް މައިގަނޑުގޮތެއްގައި މައްސަލަތައް ކުރިމަތިވީ ދުމުގެ އަސަރުކޮށްގެން ކަމަށެވެ. މިޞްރުގެ ޤައުމީ ޓެލެކޮމް އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އަލިފާން ރޯވީ ރަމަސީސް ސްވިޗުބޯޑުގައި ރޯވެގެން ކަމަށެވެ. އިބްތިދާއީ ހޯދުންތަކުން އެނގޭ ގޮތުގައި ސްވިޗުބޯޑަށް މައްސަލަ ކުރިމަތިވީ ކަރަންޓު ޝޯޓެއްގެ ސަބަބުންނެވެ. 24 ގަޑިއިރުގެ ތެރޭގައި އަލުން ޚިދުމަތްތައް ދޭން ފެށޭނެ ކަމަށް އެ ޤައުމުގެ މުވާސަލާތީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
