
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނަށް ސިޔާދަތީ މިނިވަންކަން ދިނުމާއި، ދައުލަތެއް ޤާއިމު ކުރުމުގެ ފުރުޞަތު ދިނުމަކީ ޒަޔަނިސްޓު އިސްރާއީލުގެ ނެތިދިޔުމަށް ވެގެންދާނެ ކަމުގައި ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނެފިއެވެ. އޭނާ މި މޭރުމުން ބުނެފައި ވަނީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވޮޝިންގްޓަނުގައި ބައްދަލު ކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ނަތަންޔާހޫ ބުނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކު ސުލްޙަ ޤާއިމު ކުރުމަށް ޔަހޫދީން ބޭނުންވާ ކަމުގައެވެ. ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ޤާއިމު ކުރުމުގެ ފުުރުޞަތު ދީފި ނަމަ، ޔަހޫދީން ނައްތައިލުމަށް އެ ޤައުމު ބޭނުން ކުރާނެ ކަމުގައި އޭނާ ބުންޏެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންނާ އެކު ސުލްޙަ ޤާއިމު ކުރުމަށް ޔަހޫދީން އެއްބަސްވި ނަމަވެސް، ސިޔާދަތީ މިނިވަން ކަމާއި ސަލާމަތީ ބާރުތައް ފަލަސްޠީނުގެ ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލަން އިންކާރު ކުރާ ކަމުގައި ވެސް އޭނާ ބުންޏެވެ.
ފަލަސްޠީނުގެ ބިންތަކަށް ޔަހޫދީން ވެރިވެގަނެފައި ވަނީ 1948ވަނަ އަހަރު ޒަޔަނިސްޓުންގެ ދައުލަތް އުފެއްދުމާ އެކުގައެވެ. ޒަޔަނިސްޓުންގެ އިސްރާއީލު ޤާއިމު ކޮށްފައި ވަނީ ފަލަސްޠީނުގެ ބިމުގެ 78އަށްވުރެ ބޮޑު ސަރަޙައްދެއްގައެވެ. އެއަށް ފަހު، 1967ވަނަ އަހަރު ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާ ވެސް ޔަހޫދީން ވެރިގަތެވެ. އޭގެ ފަހުން 1980ވަނަ އަހަރު ޔަހޫދީން ވަނީ އިރުމަތީ ޤުދުސަށް ވެސް އަތްގަދަ ކޮށްފައެވެ. މިއަދާ ޖެހެންދެން ވެސް ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ޔަހޫދީން ހިންގަމުން ދަނީ އިސްތިޢުމާރީ ވެރިކަމެކެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށެވެ. ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކޮށް، މެދުއިރުމައްޗަށް ސުލްޙަ ގެނެވޭނީ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީންނާއި ފަލަސްޠީނުގެ މިނިވަން ދެ ދައުލަތް ޤާއިމު ކޮށްގެން ކަމަށް ޤަބޫލު ކުރައްވަންތޯ ޓްރަމްޕާ ނޫސްވެރިއަކު ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެ ކަމަށް ދޭނެ ޖަވާބެއް އެނގިވަޑައިނުގަންނަވާ ކަމުގައެވެ. އަދި، އެ ސުވާލުގެ ޖަވާބު ދިނުމަށް އޭނާ ނަތަންޔާހޫއަށް ފުރުޞަތު ދެއްވިއެވެ.
ނަތަންޔާހޫ ބުނީ، މިނިވަން ކަމާ އެކު ވެރިކަން ހިންގުމުގެ ފުރުޞަތު ފަލަސްޠީނުގެ ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ. ނަމަވެސް، ޔަހޫދީންނަށް އެއްވެސް ނުރައްކަލެއް ކުރިމަތި ކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށާއި، އެ ކަން ކަށަވަރު ކުރުމުގެ ގޮތުން ފަލަސްޠީނުގެ ރައްޔިތުންނަށް ސިޔާދަތީ މިނިވަން ކަން ކަށަވަރު ކުރުމުގެ ފުރުޞަތު ޔަހޫދީން ނުދޭނެ ކަމުގައި އޭނާ ބުންޏެވެ. “އޭގެ މާނައަކީ، ސިޔާދަތީ ބާރާއި، ސަލާމަތީ ބާރު، އަބަދުވެސް ދެމިއޮންނާނީ އަހަރުމެންގެ [ޔަހޫދީންގެ] އަތްމަތީގައޭ،” އޭނާ ބުންޏެވެ. ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ފަލަސްޠީނާއި ޔަހޫދީންގެ މިނިވަން ދެ ދައުލަތް ޤާއިމު ކޮށްދިނުމަކީ އެމެރިކާގެ ވެސް ސިޔާސަތެވެ. އަދި، އެމެރިކާއިން ވިލަރެސް ކުރަމުން ދިޔަ މަޝްވަރާތަކުގެ ތެރެއިން ފަލަސްޠީނުގެ ރައްޔިތުން ވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން އިރުމަތީ ޤުދުސްގައި މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ވަކާލާތު ކުރަމުންނެވެ. ނަމަވެސް، އެ ކަމަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީން ދަނީ ފަލަސްޠީނުގެ އިތުރު ބިންތައް ފޭރިގަނެ، އެ ބިންތަކުގައި ޔަހޫދީ ޢާއިލާތައް ވަޒަންވެރި ކުރުވަމުންނެވެ.
ފަލަސްޠީނުގެ މިނިވަން ކަމަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީން ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ވެސް ހިންގަން ފަށާފައެވެ. އެ ކަމުގައި ވެސް ޔަހޫދީންނަށް އެންމެ ބޮޑަށް އެއްބާރުލުން ދެނީ އެމެރިކާއިންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 57,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާ ޞިއްޙީ އިދާރާއިން ހާމަކޮށްފައިވާއިރު، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ ޝަހީދުންގެ އަދަދު 61,700އަށް އަރާނެ ކަމުގައެވެ. އެ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކަށް ވެސް ޖައްބާރު (ނުބައި ނުލަފާ) ނަތަންޔާހޫ ދަނީ ހުރަސް އަޅަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
