
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއާ އެކު މަޝްވަރާ ކޮށްގެން ދެބަސްވުންތަކަށް ޙައްލު ހޯދޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައި ވިދާޅުވެ، އެމެރިކާއާ އެކު މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތް ކަން އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާ ހާމަކުރައްވައިފިއެވެ. އެމެރިކާގެ މަޝްހޫރު ޕޮޑްކާސްޓް، ‘ދި ޓަކަރ ކާލްސަން ޝޯ’އަށް ދެއްވި ބަސްދީގަތުމެއްގައި ޕީޒިޝްކިޔާން ވަނީ އޭނާ ޝަހީދު ކޮށްލުމަށް ޔަހޫދީން މަސައްކަތް ކޮށްފައިވާ ކަން ވެސް ހާމަ ކުރައްވާފައެވެ. އޭޕްރިލް މަހުން ފެށިގެން އެމެރިކާއާއި އީރާނާ ދެމެދު ދިޔައީ މުހިންމު މަޝްވަރާތަކެއް ކުރަމުންނެވެ. ނަމަވެސް، އެ މަޝްވަރާތައް މެދުކެނޑުނީ، ޖޫން 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ޙަމަލާ ދިނުމާ ގުޅިގެންނެވެ. އަދި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވެސް ވަނީ އެ މީހުންނާ ބައިވެރިވުމުގެ ގޮތުން ޖޫން 22ވަނަ ދުވަހު އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކާ ގުޅިގެން އެމެރިކާގެ ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާ ކަމުގައި ޕީޒިޝްކިޔާން ވިދާޅުވިއެވެ.
“އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި، އަޅުގަނޑުމެންނާއި އެމެރިކާއާ ދެމެދު އުފެދިފައި އޮތް ދެބަސްވުންތަކާއި ހަމަނުޖެހުންތަކަށް މަޝްވަރާކޮށް ވަރަށް ފަސޭހަކަމާ އެކު ޙައްލު ހޯދޭނެ،” ޕީޒިޝްކިޔާން ވިދާޅުވިއެވެ. ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ހީލަތްތެރި ބަސްތަކަށް ހެއްލި، އަލުން އީރާނާ ދެކޮޅަށް ހަނގުރާމައެއް ނުފެށުމަށް ވެސް އޭނާ ވަނީ ޓްރަމްޕަށް އިލްތިމާސް ކުރައްވާފައެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނިކޮށް، ޓްރަމްޕް ވަނީ ޖުލައި 7ވަނަ ދުވަހު ވޮޝިންގްޓަނުގައި ހައްދުފަހަނަ އެޅި ނަތަންޔާހޫއާ ބައްދަލު ކުރައްވާފައެވެ.
“އެމެރިކާގެ ރައީސް، މިސްޓަރ ޓްރަމްޕަކީ، [މެދުއިރުމަތީގެ] މިސްރާބު ސުލްޙައާއި އުޖާލާ ކުރިމަގަކާ ދިމާލަށް ގެންދިޔުމުގެ، އަދި އިސްރާއީލު މައިތިރި ކުރުމުގެ، ޤާބިލު ކަން ހުރި ބޭފުޅެއް. އެހެން ނޫން ނަމަ ބޮޑު ވަޅުގަނޑަކަށް ވެއްޓޭނެ، އެއީ ނިމުމެއް ނެތް ފުން ވަޅެއް،” ޕީޒިޝްކިޔާން ވިދާޅުވިއެވެ. އެމެރިކާއިން ދަތުރު ކުރާނީ ކޮން މިސްރާބަކަށް ކަން ނިންމުމުގެ ބާރު އޮތީ ޓްރަމްޕްގެ އަތްޕުޅުގައި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ ޕޮޑްކާސްޓަކަށް ޕީޒިޝްކިޔާން ދެއްވި ބަސްދީގަތުން ޓްރަމްޕް އަޑުއައްސަވާފައިވާ ކަން ސާފު ނޫން ކަމުގައި ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވިދާޅުވިއެވެ. ނަމަވެސް، މެދުއިރުމައްޗަށް ސުލްޙައާއި ހަމަޖެހުން ގެނެސްދެވޭނެ ބޭފުޅަކީ ޓްރަމްޕް ކަމުގައި ޕީޒިޝްކިޔާން ވިދާޅުވެފައިވާ ވިދާޅުވުމާ އެއްބަސްވާ ކަމުގައި ލެވިޓް ވިދާޅުވިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ކުރަމުން ދިޔަ މަޝްވަރާތަކަށް ހުރަސް އެޅީ ޔަހޫދީން ކަމުގައި ޕީޒިޝްކިޔާން ވިދާޅުވިއެވެ. “އަޅުގަނޑުމެން ދެން އެމެރިކާއަށް އިތުބާރު ކުރާނީ ކޮން ގޮތަކުންތޯ؟” އޭނާ ސުވާލު އުފެއްދެވިއެވެ. “މަޝްވަރާތަކުގެ މެދުތެރެއިން އަލުން [އީރާނަށް] ޙަމަލާ ދިނުމުގެ ހުއްދަ އެމެރިކާއިން ނުދޭނެ ކަން ޔަގީން ކުރާނީ ކޮން ގޮތަކުންތޯ؟” އޭނާ ޝަހީދު ކޮށްލުމަށް ޔަހޫދީން މަސައްކަތް ކޮށްފައިވާ ކަން ވެސް ޕީޒިޝްކިޔާން ހާމަކުރެއްވިއެވެ. “އެ މީހުން މަސައްކަތް ކުރި، އާދެ، ނަމަވެސް އެ ކަން ވަނީ ފޭލުވެފައި،” އޭނާ ވިދާޅުވިއެވެ. ޖޫން 22ވަނަ ދުވަހު ބީ-2 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތަކާއި ޖީބީޔޫ-57 މަރުކާގެ ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން އެމެރިކާއިން އީރާނަށް ދީފައިވާ ޙަމަލާތަކުގައި އެ ޤައުމުގެ މައި ނިއުކްލިޔަރ މަރުކަޒުތަކުގެ ބިމުއަޑީގައި، ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ ވަސީލަތްތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެކުވެރި ދައުލަތްތައް (އދ)ގެ އެޓޮމިކް ހަކަތައާ ބެހޭ މައި އިދާރާ (އައިއޭއީއޭ)ން ބުނީ، އެ ކަން ކަށަވަރު ކުރެވޭނެ އެއްވެސް ހެއްކެއް ފެންނަން އަދި ނެތް ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
