
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ފަށާފައިވާ ނުރަސްމީ މަޝްވަރާތައް އަނެއްކާ ވެސް މަޑުޖެހިއްޖެއެވެ. ޖުލައި 6ވަނަ ދުވަހު ފެށި މަޝްވަރާތައް ކުރިއަށް ދަނީ ޤަޠަރުގެ ވެރިރަށް ދަވްޙާގައެވެ. ފަލަސްޠީނުގެ މަޞްދަރުތަކުން ބުނީ، މަޝްވަރާތައް މަޑުޖެހިފައި ވަނީ، ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ޔަހޫދީން އިންކާރު ކުރަމުންދާތީ ކަމުގައެވެ. މަޝްވަރާތަކުގެ މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުނީ، އެއްބަސްވުމެއް އެކުލަވައިލުމަށް މި ވަގުތު އޮތް ހަމައެކަނި ހުރަހަކީ، ޣައްޒާއަށް ރައްކާތެރިކަމާ އެކު އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީން ދެކޮޅު ހެދުން ކަމުގައެވެ. މި ކަމާ ގުޅިގެން މަޝްވަރާތައް މަޑުޖެހިފައި އޮތް ނަމަވެސް، ދެބަސްވުންތަކާ މެދު މަޝްވަރާ ކުރުމަށް އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ތާވަލު ކޮށްފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ ނުރަސްމީ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރުންނެވެ. މި ވަގުތު މަޝްވަރާ ކުރަމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުއްވުމަކަށެވެ. މިއީ، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސަށް ދޭނެ އެންމެ ފަހު ފުރުޞަތު ކަމުގައި ވިދާޅުވެ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ. ޓްރަމްޕްގެ އެންމެ ފަހުގެ ހުށަހެޅުއްވުމުގެ އޮތީ ޙަމަލާ ބަދަލު ކުރުން 60 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށެވެ. އަދި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިނިވަން ކުރުމަށެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. އަދި، ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން އެ ސަހަރުން ފޭބުމާ އެކު، ޤަތުލުޢާންމު ހިންގުމަށް ދާއިމަށް މެދުކަނޑައިލުމުގެ މަޝްވަރާތައް ފަށަން ޖެހޭނެއެވެ.
އެ ހުށަހެޅުމަށް ޔަހޫދީން އެއްބަސްވެފައިވާ ކަމުގައި ޓްރަމްޕް ކުރިން ވިދާޅުވެފައިވެއެވެ. އަދި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމުގެ އުންމީދު އޮތް ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، މިހާރު ފެންނަމުން މި ދަނީ އެ ކަމާ ދެކޮޅަށް ޔަހޫދީން މަސައްކަތް ކުރަމުންދާ މަންޒަރެވެ. އަދި، މަޝްވަރާތައް ފޭލު ކޮށްލުމަށް ބަހަނާ ދައްކަމުންދާ ކުރަމުންދާ މަންޒަރެވެ. މަޝްވަރާތަކާ އެކުއެެކީގައި ވެސް ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ފުޅާ ކުރަމުންނެވެ. ޖުލައި 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61އަށް އަރައެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާއިރު، ޝަހީދުންގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.
ޖުލައި 7ވަނަ ދުވަހު ޓްރަމްޕް ވަނީ ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ ވޮޝިންގްޓަނުގައި ބައްދަލު ކުރައްވާފައެވެ. ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ ރައްޔިތުން އަވައްޓެރި ޤައުމުތަކަށް ބަދަލުކޮށް، ޣައްޒާ ފަޅުކޮށްލުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ނަތަންޔާހޫއާ ޓްރަމްޕް މަޝްވަރާ ކުރައްވާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
