
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކުލަބު ވޯލްޑް ކަޕުގެ ފައިނަލްގެ ޖާގައެއް ޗެލްސީން ހޯދައިފިއެވެ. ޗެލްސީ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި ބްރެޒިލްގެ ފުލުމިނެންސޭ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. ނިއު ޔޯކުގެ މެޓްލައިފް ސްޓޭޑިއަމްގައި ހަތްދިހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ޗެލްސީ އިން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ދާދި ފަހުން އެ ޓީމާއި އަލަށް ގުޅުނު ބްރެޒިލްގެ ފޯވަޑް ޖޮއާއޯ ޕެޑްރޯ އެވެ.
ޗެލްސީ އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގެ 18 ވަނަ މިނިޓުގައި ޖޮއާއޯ ޕެޑްރޯ ވަނީ ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ. ޗެލްސީއަށް ދާދި ފަހުން ބަދަލުވެ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި ޖޮއާއޯ ޕެޑްރޯ އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޕެޑްރޯ ނެޓޯ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ފުލުމިނެންސޭ އަށް ރެފްރީ ޕެނަލްޓީ އެއް ދިން ނަމަވެސް ވީޑިއޯ ބެލުމަށްފަހު އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ. މި މެޗުގައި ޗެލްސީ އިން ޖެހި ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ޖޮއާއޯ ޕެޑްރޯ ކާމިޔާބުކޮށްދީފައިވަނީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަކުންނެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގެ ޖާގައެއް ޗެލްސީ އިން ހޯދުމާއިއެކު އެ ޓީމަށް މި މުބާރާތުން ލިބޭ ފައިސާގެ އަދަދު ވަނީ 82 މިލިއަނަށް އަރާފަ އެވެ. ސެމީ ފައިނަލާއި ހަމައަށް އައިއިރު އެ ޓީމަށް ވަނީ ޖުމްލަ 60 މިލިއަން ޕައުންޑު ލިބިފަ އެވެ. އަދި ފައިނަލަށް ދަތުރު ކުރުމާއިއެކު ވަނީ އިތުރު 22 މިލިއަން ލިބިފަ އެވެ. މި މެޗުގައި ޗެލްސީގެ ކްރިސްޓޮފަރ އެންކުންކޫ އަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައިވީ ނަމަވެސް އޭގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭ ގޮތް ވަނީ ނުވެފަ އެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ޗެލްސީ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ މިރޭ ރެއާލް މެޑްރިޑް އާއި ޕީއެސްޖީ ބައްދަލުކުރާ މެޗަށްފަހުގަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
