
ޕީއެސްޖީއާ ދެކޮޅަށް ޖެއްސި މައްސަލަ ރެއާލް މެޑްރިޑުގެ ފޯވާޑް ކީލިއަން އެމްބާޕޭ ކޯޓުން ނަގައިފިއެވެ. މިކަން އެމްބާޕޭގެ ލޯޔަރުން ވަނީ ޔަގީންކޮށްދީފައެވެ. ޕީއެސްޖީގެ ކުރީގެ ކެޕްޓަންގެ ލޯޔަރުން މި މައްސަލަ އަނބުރާ ނެގި ނަމަވެސް ކުލަބާ ދެކޮޅަށް ހުށަހަޅާފައިވާ އެހެން މައްސަލަތައް އަދި ވެސް ކޯޓުގައި ކުރިއަށް ދެ އެވެ. އޭނާ މައްސަލަ ނަގާފައިވަނީ އެމެރިކާގައި މިހާރު ކުރިއަށް ދާ ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޕީއެސްޖީ އާއި ރެއާލް މާދަމާ ކުޅެން ހަމަޖެހިފައި އޮއްވަ އެވެ.
އެމްބާޕޭ ޕީއެސްޖީއާ ދެކޮޅަށް ހުށަހަޅައި ނެގި މައްސަލައަކީ 2023 ވަނަ އަހަރުގެ ސީޒަން ފެށުމުގެ ކުރިން އޭނާ ބާކީކޮށް، އެކަނި ޕްރެކްޓިސް ކުރަން ބެހެއްޓި މައްސަލަ އެވެ. ކުޅުންތެރިޔާގެ ފަރާތުން ގަބޫލު ކުރަނީ މިއީ އޭނާ އެކަހެރިކޮށް، މަލާމާތް ރައްދުވާ ގޮތަށް އަމަލު ކުރުން ކަމަށެވެ. އަދި މިއީ އޭނާ ރެއާލް މެޑްރިޑަށް ކުޅެން އެއްބަސްވާތީވެ ނިންމި ނިންމުމެއް ކަމަށެވެ.
މި މައްސަލަ ކޯޓުން ނެގިއިރު މިހާރު ހިނގަމުންދާ އެއް މައްސަލައަކީ ޕީއެސްޖީން އެމްބާޕޭ އަށް ކޮންޓްރެކްޓްގެ ފަހު ތިން މަސް ދުވަހުގެ މުސާރަ ނުދޭ މައްސަލަ އެވެ. އެއީ 55 މިލިއަން ޔޫރޯ އެވެ. ޕީއެސްޖީން ބުނަނީ މި ފައިސާ ދޭން ނުޖެހެނީ ކުލަބަށް ކުޅުންތެރިޔާ ވަފާތެރި ނުވުމުން ކަމަށެވެ. އަދި ރެއާލް އަށް ކުޅެން އެމްބާޕޭ އެއްބަސްވީ ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރެ ކަމަށާއި އެ ކުލަބަށް އެންމެ ރުފިޔާ އެއް ވެސް ނުލިބޭ ގޮތަށް ހިލޭ ޓްރާންސްފާއެއްގައި ރެއާލް އަށް ނުދާނެ ކަމަށް އަނގަބަހުން އޭނާ އެއްބަސްވި ކަމަށެވެ. ނަމަވެސް މި ވާހަކައާ މެދު ފްރާންސްގެ ކެޕްޓަން ވަކި އެއްޗެއް ނުބުނެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
